Roadha Mihaaru
ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ މުއްދަތު ކުރުކުރަން ހުށަޅައިފި

ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ކުރެވޭ މުއްދަތު ކުރުކުރަން ހުށަޅައިފި

07 ސެޕްޓެމްބަރ 2022

ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތް ހެދުމަށް މަތީ ތައުލީމުގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތް ހެދުމަށް މަތީ ތައުލީމުގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ.

ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް އިސްލާހު ހުށަހެޅުއްވި މަގުސަދު ކަމަށް ވިދާޅުވީ، ކޮލެޖުތައް، ޔުނިވާސިޓީއަކަށް ރަޖިސްޓަރީ ކުރަން ބޭނުންވާ މައިގަނޑު ޝަރުތަކީ އެ ތަންތަން ވަކި މުއްދަތަކަށް ހިންގުން ކަމަށް އޮތް އުސޫލު ބަދަލުކޮށް، އެކަށީގެންވާ ފެންވަރެއްގައި ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް ކޮލެޖުތަކަށް ބާރު އެޅުން ކަމަށެވެ.

މޭ 16، 2021 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ގާނޫނަށް ހުށަހެޅި ފުރަތަމަ އިސްލާހަކީ، ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއްޗނެތި 20 އަހަރު ހިންގުމުން ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމުގެ ބަދަލުގައި އެ މުއްދަތު 15 އަހަރަށް ކުރުކޮށްލުމެވެ. ނުވަތަ ރާއްޖެ އިން ބޭރުގެ ގައުމެއްގައި، އެ ގައުމެއްގެ ސަރުކާރަކުން ބަލައިގަންނަ ޔުނިވާސިޓީއެއްގެ ގޮތުގައި ހިންގާތާ 10 އަހަރުވެފައިވާ ނަމަ ޔުނިވާސީޓީއަކަށް ބަދަލުކުރެވޭނެ އެވެ.

ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ މުއްދަތު ކުރުކޮށްލުމުގެ އިތުރުން، ފަސް ދާއިރާއެއްގެ ތެރެއިން މަދުވެގެން ތިން ދާއިރާ އިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ޑިގްރީ ލެވެލް) އަދި ލެވެލް 9 (މާސްޓާސް ޑިގްރީ) ގެ ޕްރޮގްރާމްތައް، އެ ކޮލެޖަކުން ނުވަތަ ބޭރުގެ ޔުނިވާސިޓީއަކުން ހިންގަން ޖެހޭނެ ކަމަށް ވެސް ނަސީމް ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.

އެ ކޯސްތަކަކީ؛

- އާޓްސް އެންޑް ހިއުމަނިޓީޒް

- އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ

- ލައިފް ސައިންސް އެންޑް މެޑިސިން

- ނެޗުރަލް ސައިންސަސް

- ސޯޝަލް ސައިންސަސް

އެ އިސްލާހުގައި ބުނީ، އެ ކޮލެޖަކީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެ އަށް ވުރެ މަތީ ލެވެލްގެ ޕްރޮގްރާމްތައް ކިޔަވައިދޭ ތަނަކަށް ވުމާއެކު މަދުވެގެން 500 ދަރިވަރުން ތިބި ކޮލެޖަކަށް ވާން ޖެހެ އެވެ. ނުވަތަ ބައިނަލްއަގްވާމީ ޔުނިވާސިޓީ ރޭންކިންއެއްގައި ބައިވެރިވެފައިވާ ނުވަަތަ އެފަދަ ރޭންކިންއެއްގައި ދަރަޖަ ކޮށްފައިވާ ނުވަތަ ގިންތި ކޮށްފައިވާ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް އެ ކޮލެޖެއްގައި މަދުވެގެން ފަސް އަހަރު ހިންގާފައިވާ ކޮލެޖަކަށް ވާން ޖެހޭނެ ކަމަށް ވެ އެވެ.

އެ ކަންކަމުގެ އިތުރުން، ބޭރުގެ ޔުނިވާސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގަ އަދި ބައިނަލްއަގުވާމީ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވާ ކޮލެޖަކަށް ވުމެވެ.

ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކާއި ޖަމާއަތްތަކާއެކު ބައިނަލްއަގުވާމީ ފެންވަރުގެ ދިރާސާތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖަކަށްވުމާއި އެ ކޮލެޖެއްގެ އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ލެކްޗަރާއިންގެ މަދުވެގެން 10 ޕަސެންޓް މުވައްޒަފުން ޕީއެޗްޑީ ނުވަތަ ހަޔަ ޕްރޮފެޝަނަލް ޑިޕްލޮމާ ހާސިލްކޮށްފައި އޮންނަން ޖެހެ އެވެ.