ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ގެނައި ބަދަލާ އެކު ސިޔާދަތީ މިނިވަންކަމަށް ވަރަށް ބޮޑު ރައްކާތެރިކަމާއި ޔަގީންކަމެއް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
14 ސެޕްޓެމްބަރ 2022
ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ގެނައި ބަދަލާ އެކު ސިޔާދަތީ މިނިވަންކަމަށް ވަރަށް ބޮޑު ރައްކާތެރިކަމާއި ޔަގީންކަމެއް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ ރަހުމަތްތެރިކަމުގެ މައްޗަށް ކަމަށެވެ.
އެ ރަހުމަތްތެރިކަމުގެ ތަރަހައަކީ އިހުތިރާމާއި އިތުބާރާއި ޔަގީންކަން ކަމަށާއި ސިޔާސީ ގުޅުންތަކުން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަށް ލިބެނީ އިހުތިރާމާއި ގަދަރު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަން އިތުރަށް ކަށަވަރުވަނީ، ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދިނުމުގައި އެ ގައުމުތަކުން ވެސް ފުރިހަމަ އެއްބާރުލުން ދޭތީ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ހިންދު ކަނޑުގެ ތެރެއިން މަހަލްދީބުގެ ތާރީހު ލިޔަން ފެށީއްސުރެ މިއަދާ ހަމައަށް ވެސް ދިވެހިންގެ ކުރިމަތީގައި އެންމެ އަގުބޮޑު އެއްޗަކީ މި ރާއްޖޭގެ މިނިވަންކަމެވެ.
"ތިޔަ ހިތްވަރުގަދަ ސިފައިން ވެސް އެންމެ މުގައްދަސް ވާޖިބެއް ކަމުގައި ދެކޭނީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރި ކުރުންކަން އަޅުގަނޑަށް ޔަގީން. ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ސަރަހައްދީ ސުލްހައާ ހަމަޖެހުން ދެމިއޮތް މިންވަރެއްގެ މައްޗަށް،" ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
"އެހެންކަމުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަޅުގަނޑުމެން ދިވެހިން ވެސް އަދާކުރަންޖެހޭ ދައުރެއް އެބަވޭ. މިއަދުގެ ދިވެހި އަސްކަރިއްޔާއިން އެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރަމުން އަންނަކަން އަޅުގަނޑު ގަބޫލުކުރަން،"
— The President's Office (@presidencymv) September 13, 2022
ޒަމާނީ ޓެކްނޮލޮޖީ އާއި މުވާސަލާތީ ލުއިފަސޭހަތަކާ އެކު ޓެރަރިޒަމްގެ ނުރައްކާތައް ދަނީ ދުވަހުން ދުވަހަކަށް ފުޅާވެ އިތުރުވަމުން ކަމަށާއި އެކަމުގައި ގެންގުޅޭ އުކުޅުތައް ވެސް ދަނީ ބަދަލުވެ، ނުރައްކާވަމުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެ އާއި ބޭރުން ވެސް އެ ނުރައްކާތައް ކުރިމަތިވާއިރު، އެފަދަ ކޮންމެ ނުރައްކަލަކުން ރާއްޖެ ސަލާމަތްކޮށްދިނުމަށް ތައްޔާރުވެ ތިބެނީ ސިފައިން ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އެކަމަށްޓަކައި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެން ކަމަށް ވިދާޅުވި އެވެ.
"މިއަދު އެ މަތިވެރި ގާއުމީ ވާޖިބާ ހަވާލުވެ ތިބީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސިފައިން. ބަވަނަވަމުން މިދާ ދުނިޔޭގައި ނިރުބަވެރި އުދަބާނިތައް ދަނީ މުޅި ދުނިޔެއަށް ފެތުރެމުން. އަޅުގަނޑުމެންގެ މި ރާއްޖެއަށް ވެސް އެ ނުރައްކާ އެބައޮތް. އެފަދަ ކަންކަމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭ މިންވަރު ވެސް މިއަދު ވަނީ ކުރިއަށްވުރެ މާ ބޮޑުވެފައި،" ރައީސް ވިދާޅުވި އެވެ.
"ބައިނަލްއަގަވާމީ ޓެރަރިޒަމާ ދެކޮޅު މަސައްކަތްތަކާއި ދިވެހި ރައްޔިތުންނަށް މަދަނީ ހިދުމަތްތައް ދިނުމުގައި ދިވެހި ސިފައިން ބައިވެރިވަމުން އެ އަންނަނީ ޢަސްކަރިއްޔާއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތަކާއި އުފުލަންޖެހޭ ޒިންމާތައް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރަމުން. އޭގެ ތެރެއިން ވެސް އެންމެ މުހިންމު ކަމަކީ ގައުމުގެ އިސްތިގުލާލާއި ސިޔާދަތީ މިނިވަންކަން ރައްކާތެރިކުރުން،"
އެކަންކަމުގެ އިތުރުން ރައީސް ވަނީ ކޮވިޑާ ދެކޮޅަށް ސިފައިން ކުރި މަސައްކަތަށް ތައުރީފްކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ ކޮވިޑުގެ ތެރޭގައި ސިފައިން ކޮށްދީފަވަނީ ބަޔާން ނުކުރެވޭހާ ފުރިހަމަ އިންސާނީ ހިދުމަތެއް ކަމަށެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް، ސިފައިންނަށް "އިންސާނީ ހިދުމަތުގެ މެޑެލް-ކޮވިޑް19" ދިނުމަށް އެ މަނިކުފާނު ވަނީ ނިންމައިފަ އެވެ.
ޑިފެންސް ޗީފް ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް
ސިފައިންގެ މުސާރަ ބޮޑުކޮށް, އިތުރު ފްލެޓުތަކެއް ހަދަނީ
މާރިޔާގެ ތާއީދު ރައީސަށް، އެދުނީ ސިފައިން ސިޔާސީނުވާން
ސަސްޕެންޑްކުރި އަބްދުﷲ ބްރިގޭޑިއާ ޖެނަރަލަކަށް!
ރައީސްގެ ސެކިއުރިޓީގެ ކޮމާންޑިން އޮފިސަރު ސަސްޕެންޑް
މޮޓޯކޭޑް އަނބުރާލަން ޖެހުމަކީ ސެކިއުރީޓީ ފޭލްވުން!
ސެކިއުރިޓީ ބްރީޗުވުމުން ހުށަހެޅި ކުއްލި މައްސަލަ ބޭރު!
ރައީސްގެ ސެކިއުރިޓީ ފޭލްވި މައްސަލަ ކޮމިޓީން ބަލަނީ
ރައީސްގެ މޮޓޯކޭޑް ހުއްޓުވައިފި، ހަތަރު މީހަކު ހައްޔަރު
މުލީއާގޭގެ ވަށައިގެންވާ ސަރަހައްދުގެ ކާނުތައް މަދުކުރަނީ