ހަމަޖެހުން ގެނެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް އިންތިހާބު ކޮށްގެން ކަމަށާއި އެކަމަކު، ސިފައިން ސިޔާސީ ނުވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ އިލްތިމާސްކުރައްވައިފި އެވެ.
20 ޖޫން 2023
ހަމަޖެހުން ގެނެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް އިންތިހާބު ކޮށްގެން ކަމަށާއި އެކަމަކު، ސިފައިން ސިޔާސީ ނުވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ އިލްތިމާސްކުރައްވައިފި އެވެ.
ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި މާރިޔާ ވިދާޅުވީ މިއީ ރިޔާސީ އިންތިހާބު ބާއްވާ އަހަރަށް ވުމުން އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެގޮތަށް، ސިފައިން ވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ވެއްދުމަށް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރިޔަސް، އެ ކަމުގެ ތެރެއަށް ސިފައިން ނުވަމުނަށް އޭނާ އެދިވަޑައިގަތެވެ.
"އަޅުގަނޑަކީ ސިޔާސީ މީހަކަށް ވާއިރު، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖެއަށް ބޭނުންވާ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ލިބިވަޑައިގަންނަވަނައިގެން. އެހެން ނަމަވެސް، ސިފައިންނަކީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ގާނޫނުން މަނާކުރެވިފައިވާ ބައެއްކަން ހަނދާން ކޮށްދިނުމާ އެކު، އެއްވެސް ސިފައިންގެ މީހަކު ސިޔާސީ އޮއިވަރުގައި ޖެހި، ސިޔާސީ ކަންކަމުގައި ބައިވެރިނުވުމަށް ތި ހުރިހާ ސިފައިންނަށް އަޅުގަނޑު މިރޭ ނަސޭހަތްތެރިވަން،" ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަލްޓި ޕާޓީ ޑިމޮކްރަސީގައި، އެ އިރަކު ރައީސަކަށް ހުންނަވާ ބޭފުޅަކު ހިތްހަމަޖެހިވަޑައިނުގަންނަވާއިރަށް ޑިއު ޕްރޮސެސް އަކަށް ބެލުމެއް ނެތި ސިފައިން ވަޒީފާއިން ވަކިކޮށް، އަދަބުތައް ދިނުމަކީ ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށްދިނުމަށް ހުވާ ކޮށްގެން ތިބޭ ބަޔަކަށް ވެވޭ ބޮޑު ބޭ އިންސާފެކެވެ.
އެކަމަކު، އެ ހުރިހާ ކަމެއް ބަދަލުވެ، ސިޔާސީ ނުފޫޒާއި ތަފާތުތަކުން އެއްކިބާވެ، ރޭވި ތަރުތީބުވެފައިވާ އަދި ޕްރޮސީޖާތަކަށް އިހުތިރާމްކުރާ އަދުލުގެ ނިޒާމެއް ސިފައިންގޭގައި ގާއިމްވެ ހިނގާތާ ދެ އަހަރުވެއްޖެކަން މާރިޔާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ސިފައިންނަކީ ވަރުގަދަ ކޯ ވެލިއުތަކެއްގެ މައްޗަށް އެކުލެވޭ ދައުލަތުގެ މުހިއްމު ތަނަކަށް ވާއިރު، އެ ވެލިއުތައް ކޮންމެހެން ހިފަހައްޓަންޖެހޭ ކަމަށެވެ.
ނަމަވެސް، ސިޔާސީ ބޭނުން ފުއްދުމަށް އަސްކަރިއްޔާ ބޭނުން ގޮތަކަށް ކުރަމުން ދިއުމުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު އޮތީ ކޮމްޕްރޮމައިޒްވެފައިވާ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އުފައްދާފައިވާ އަސްކަރިއްޔާ ބޭނުންކޮށްގެން ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ވެރިވެގަނެ ނުގަންނާނެކަން އަބަދު ވެސް ރައްޔިތުންނަށް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިފެންސް ޗީފް ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް
"މަޖިލިސް މެމްބަރުން ފާރުމަތިން އުކުން މާޒީވެއްޖެ"
ސިފައިންގެ މުސާރަ ބޮޑުކޮށް, އިތުރު ފްލެޓުތަކެއް ހަދަނީ
ބްރިގޭޑިއާ މަތީން ސިފައިންގެއިން ރިޓަޔާކުރައްވައިފި
މާރިޔާ ވިދާޅުވީ ފާޑުކިޔަނީ އަންހެނެއް ވީމަ ކަމަށް
ބޯޑާ މެނޭޖްމަންޓް ސްޓްރެޓެޖީގެ ޑްރާފްޓް ނިމިއްޖެ
މިނިވަންކަމަށް ބޮޑު ރައްކާތެރިކަމެއް ލިބިއްޖެ: ރައީސް
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
އިންޑިއާގެ އެހީގެ ސާމާނު ސެނަހިޔާ ހޮސްޕިޓަލަށް
ނަޝީދު ފޮނުއްވި އިމްތިޔާޒާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި