އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުން ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.
21 ސެޕްޓެމްބަރ 2022
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުން ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.
ބިދޭސީ މުވައްޒަފުންގެ ބަދަލުގައި ދިވެހި މުވައްޒަފުން ހޯދުމަށް އިކުއަޓޯރިއަލް ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނީ 12 ދާއިރާއަކުން 27 ސްޕެޝަލިސްޓް ޑޮކްޓަރުން އެ ހޮސްޕިޓަލަށް ބޭނުންވާ ކަމަށެވެ. އެއީ އެތެރެހަށީގެ ހަތަރު ޑޮކްޓަރުންނާއި ހޭނައްތާ ދެ ޑޮކްޓަރުންނާއި އޮޕަރޭޝަން ދެ ޑޮކްޓަރުންނާއި ކަށީގެ ތިން ޑޮކްޓަރުންނާއި ކުޑަކުދިންގެ ތިން ޑޮކްޓަރުންނާއި އަންހެނުންގެ ތިން ޑޮކްޓަރުންނާއި ހަމުގެ ދެ ޑޮކްޓަރުންނާއި ދެ ސައިކޭޓްރިސްޓުންނާއި ލޮލުގެ ޑޮކްޓަރަކާއި ތިން ރޭޑިއޮލޮޖިސްޓުންނާއި ޔޫރޮލޮޖިސްޓެއްގެ އިތުރުން ޕެތޮލޮޖިސްޓެކެވެ.
އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން އަންނަ އަންގާރަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
ރ. އަތޮޅަށް ދިވެހި 23 ޑޮކްޓަރުންނާއި 72 ނަރުހުން ހޯދަނީ https://t.co/R1jtDH6UIg
— Mihaaru (@Mihaarunews) September 14, 2022
މި މަހު ވަނީ ރ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށާއި އެ އަތޮޅުގެ ރަށްތަކުގެ ސިއްހީ މަރުކަޒުތަކަށް ވެސް ގިނަ އަދަދެއް ދިވެހި ސިއްހީ ހިދުމަތްތެރިން ހޯދަން އިއުލާންކޮށްފަ އެވެ. މިދިޔަ މަހު ފުވައްމުލަކު ހޮސްޕިޓަލަށާއި ނ. އަތޮޅު ހޮސްޕިޓަލަށް އަދި ޅ. އަތޮޅު ހޮސްޕިޓަލަށް ވެސް ދިވެހި ޑޮކްޓަރުންނާއި ނަރުހުން އަދި މެޑިކަލް އޮފިސަރުން ހޯދަން އިއުލާންކޮށްފައިވެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި އަތޮޅު ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ބަދަލުގައި އެ މަގާމުތަކަށް ދިވެހިން ނެގުމަށް އިސްކަންދޭން ނިންމާފައިވެ އެވެެ.
ސްޕެޝަލިސްޓް ޑޮކްޓަރުން ލިބުން ދަތިވެ، ސަރުކާރުން މިދިޔަ ޖޫން މަހު ވަނީ ރާއްޖެ އަށް ކިއުބާ އިން 26 ޑޮކްޓަރުން ގެނެސްފަ އެވެ. އަދި އޭގެ ފަހުން ވެސް 100 އެއްހާ ބިދޭސީ ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުން ހޯދަން ވެސް ހެލްތު މިނިސްޓްރީން އިއުލާންކުރި އެވެ.
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
އައްޑޫ ހޮސްޕިޓަލަށް 29 ދިވެހި ޑޮކްޓަރުން ހޯދަނީ
ލޮލުން ކަރުނައާ އެކު ފޭބީ ލޭ؛ ހޮސްޕިޓަލަށް ތުހުމަތު
އައްޑޫ ކެތުލެބުން ފަރުވާ ދެވޭނެ ގޮތެއް ނެތް
އޭއީއެޗްގެ ޖާގަ އިތުރުކުރަން ހަތް ބުރީގެ އިމާރާތެއް
އައްޑޫ ހޮސްޕިޓަލްގެ ސީއީއޯއަކަށް ޑރ. ޔާސިރު
މީހެއްގެ ސައިނަސްގެ ތެރެއަށްދިޔަ ދަތުގެ ބައެއް ނަގައިފި
ހިމަބިހީގެ ކޭސްއާ ގުޅިގެން ކުރި ސާވޭ ނިންމާލައިފި
ހިމަބިހި ޖެހުނީ ވެކްސިން ފުރިހަމަކުރި ކުއްޖަކަށް
އައްޑޫ ހޮސްޕިޓަލް ބޮޑުކުރަން 100 މިލިއަން ހަރަދުވޭ