އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ބިދޭސީންގެ ބަދަލުގައި އެކި ދާއިރާތަކުން 29 ދިވެހި ޑޮކްޓަރުން ހޯދަން އިއުލާންކޮށްފި އެވެ.
01 މާޗް 2023
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ބިދޭސީންގެ ބަދަލުގައި އެކި ދާއިރާތަކުން 29 ދިވެހި ޑޮކްޓަރުން ހޯދަން އިއުލާންކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ، 15 ދާއިރާއާކުން 29 ޑޮކްޓަރުން ބޭނުންވާ ކަމަށެވެ. އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން މި މަހުގެ ހައެއްގެ ކުރިން ލިޔެކިޔުން ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
- އެތެރެހަށީގެ ތިން ޑޮކްޓަރުން.
- ހޭނައްތާ ތިން ޑޮކްޓަރުން.
- އޮޕަރޭޝަން އެއް ޑޮކްޓަރު.
- ކަށީގެ ތިން ޑޮކްޓަރުން.
- ކުޑަކުދިންގެ ތިން ޑޮކްޓަރުން.
- އަންހެނުންގެ ތިން ޑޮކްޓަރުން.
- ދެ ސައިކޭޓްރިސްޓުން.
- ތިން ރޭޑިއޮލޮޖިސްޓުން.
- ހަމުގެ ދެ ޑޮކްޓަރުން.
- ކަރުންމަތީގެ ދެ ޑޮކްޓަރުން.
- ލޮލުގެ ޑޮކްޓަރެއް.
- ޔޫރޮލޮޖިސްޓެއް.
- ޕެތޮލޮޖިސްޓެއް.
- ދަތުގެ ހާއްސަ ޑޮކްޓަރެއް.
- އިމަޖެންސީ ފިޒިޝަނެއް.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އެހެން ވަރަށް ގިނަ މަގާމުތަކަށް ވެސް މި ހަފުތާގައި ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ކޮމިއުނިޓީ ހެލްތު އޮފިސަރުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާ އަދި އެޗްއާރުގެ ބައެއް ވަޒީފާތައް ވެސް ހިމެނެ އެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، އަތޮޅު ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ބަދަލުގައި އެ މަގާމުތަކަށް ދިވެހިން ނެގުމަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅެ އެވެ. އެހެންވެ، ވަރަށް ގިނަ ހޮސްޕިޓަލުތަކުން މި ފަހުން ވަނީ ދިވެހިން ހޯދަން އިއުލާންކޮށްފަ އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިދިޔަ އަހަރުގެ މެދުތެރޭގައި ވެސް ދިވެހި ޑޮކްޓަރުން ހޯދަން އިއުލާންކުރި އެވެ.
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
އިކުއަޓޯރިއަލް ހޮސްޕިޓަލަށް 27 ޑޮކްޓަރުން ހޯދަނީ
ލޮލުން ކަރުނައާ އެކު ފޭބީ ލޭ؛ ހޮސްޕިޓަލަށް ތުހުމަތު
އައްޑޫ ކެތުލެބުން ފަރުވާ ދެވޭނެ ގޮތެއް ނެތް
އޭއީއެޗްގެ ޖާގަ އިތުރުކުރަން ހަތް ބުރީގެ އިމާރާތެއް
އައްޑޫ ހޮސްޕިޓަލްގެ ސީއީއޯއަކަށް ޑރ. ޔާސިރު
މީހެއްގެ ސައިނަސްގެ ތެރެއަށްދިޔަ ދަތުގެ ބައެއް ނަގައިފި
ހިމަބިހީގެ ކޭސްއާ ގުޅިގެން ކުރި ސާވޭ ނިންމާލައިފި
ހިމަބިހި ޖެހުނީ ވެކްސިން ފުރިހަމަކުރި ކުއްޖަކަށް
އައްޑޫ ހޮސްޕިޓަލް ބޮޑުކުރަން 100 މިލިއަން ހަރަދުވޭ