Roadha Mihaaru
ނަދީމްގެ މަރު: ހުކުމް އިއްވުން އަނެއްކާވެސް ފަސްކޮށްފި

ނަދީމްގެ މަރު: ހުކުމް އިއްވުން ތިން ވަނަ ފަހަރަށް ފަސްކޮށްފި

26 ސެޕްޓެމްބަރ 2022

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ނަދީމް އިބްރާހިމް މަރާލި މައްސަލައިގެ ހުކުމް އިއްވުން ތިން ވަނަ ފަހަރަށް ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ނަދީމް އިބްރާހިމް މަރާލި މައްސަލައިގެ ހުކުމް އިއްވުން ތިން ވަނަ ފަހަރަށް ފަސްކޮށްފި އެވެ.

ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒު ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒްގެ އިތުރުން ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިން އަދި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްްޗަށެވެ.

އެ މައްސަލާގެ ހުކުމް އިއްވުން ދެ ފަހަރަށް މީގެކުރިން ފަސްކުރުމަށްފަހު މިއަދު ހެނދުނު ހުކުމް އިއްވަން ކުރިން ތާވަލްކުރި އެވެ. ތިން ވަނަ ފަހަރަށް ހުކުމް ފަސްކުރި ސަބަބެއް ސާފެއް ނުވެ އެވެ.

މިކަމާ ބެހޭގޮތުން ކްރިމިނަލް ކޯޓުގެ ބަހެއް ނުލިބުނެވެ.

އެންމެ ފުރަތަމަ ކޯޓުން ނިންމީ މިދިޔަ މާޗް މަހު ހުކުމް އިއްވުމަށެވެ. އޭގެފަހުން އޮގަސްޓް މަހު ވެސް ހުކުމް އިއްވަން ތާވަލްކުރި އެވެ.