ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރުވައި ތަރައްގީކުރުމުގައި ދިރާގުން އަދާކޮށްފައިވާ ދައުރު ފާހަގަކޮށް، އެކަމުގެ އަގުވަޒަންކޮށްފި އެވެ.
05 އޮކްޓޯބަރ 2022
ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރުވައި ތަރައްގީކުރުމުގައި ދިރާގުން އަދާކޮށްފައިވާ ދައުރު ފާހަގަކޮށް، އެކަމުގެ އަގުވަޒަންކޮށްފި އެވެ.
ސަރުކާރުން ދިރާގުގެ އަގުވަޒަންކޮށްފައި ވަނީ ރާއްޖޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހު ކުރުނބާ މޯލްޑިވްސްްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
އެ ރަސްމިއްޔާތުގައި ދިރާގަށް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ "ޕްރެޒިޑެންޓްސް ގޯލްޑް އެވޯޑް ފޯ އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަންސް ޓު ދަ ޑިވެލޮޕްމަންޓް އޮފް ޓޫރިޒަމް އިން ދަ މޯލްޑިވްސް" އެވޯޑް ލިބިފަ އެވެ.
މަޓީގެ ފަރާތުން އަގުވަޒަންކުރުމުގެ "ފަތުރުވެރިކަމުގެ 50 އަހަރު" އެވޯޑް ވެސް ލިބިފައިވެ އެވެ.
އެ ދެ އެވޯޑު ވެސް ދިރާގަށް ލިބުނީ ރާއްޖޭގެ މުވާސަލާތީ ހިދުމަތް ތަރައްގީކޮށް، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފުޅާކުރުމުގައި އެ ކުންފުނިން އަދާކޮށްފައިވާ ދައުރު ފާހަގަކުރުމުގެ ގޮތުންނެވެ.
ދިރާގުން ބުނީ އެ ކުންފުންޏަށް އެ އެވޯޑުތައް ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި ޓޫރިޒަމް ކުރިއެރުވުމުގައި އެ ކުންފުނީގެ ހިއްސާގެ އަގުވަޒަންކޮށް އެވޯޑު ދެއްވީތީ ސަރުކާރާއި، ޓޫރިޒަމް ދާއިރާއަށް ވަނީ ޝުކުރުއަދާކޮށްފަ އެވެ.
ޓޫރިޒަމް ދާއިރާ ކުރިއަރުވާ، ތަރައްގީކޮށް، އަދި ޒަމާނީ އާ ބަދަލުތަކެއް އެ ދާއިރާއަށް ގެނެސްދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ދިރާގުން ބުންޏެވެ.
ރާއްޖޭގައި ފުރަތަމަށް ފަހަރަށް ފާހަގަކުރި ގައުމީ ޓޫރިޒަމް ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވަނީ "މޯލްޑިވް ޓްްރެވެލް އެވޯޑް" ވެސް ތައާރަފްކޮށްފަ އެވެ. އަދި ޓޫރިޒަމް ދާއިރާއަށް އެކި ގޮތްގޮތުން އެހީވެފައިވާ ގިނަ ބޭފުޅުންނަށް ވެސް އަގުވަޒަންކުރުމުގެ އެވޯޑު ދީފައިވެ އެވެ.
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
"ޓޫރިޒަމްގެ ގަވާއިދުތައް އުނދަގުލަކަށް ވެގެން ނުވާނެ"
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދެނީ
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިރޭ ހަމަވާނެ
އެމްއެމްއޭގެ ގަވާއިދާ މެދު މަޓީގެ ކަންބޮޑުވުން!
އެމްއެމްޕީއާރުސީ އާއި މަޓީގެ ގުޅުން ހަރުދަނާ ކުރަނީ
މުސްތަފާ: ޓެސްލާގެ ނަސީބާ އެކު އުފަލުން!