ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ދުވަސް މިއަދު ފާހަގަކުރާއިރު، މިދިޔަ ދުވަސްތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާ އަށް ދުނިޔެއަށް އައިސްފައިވާ ތަފާތު މުހިއްމު އަދި އިންގިލާބީ ބަދަލުތަކާ މެދު ވިސްނާލަން ޖެހެ އެވެ. އެކި ދާއިރާތައް ކުރިއެރުމުގައި މިހާރު މިވަނީ ޑިޖިޓަލް ވަސީލަތްތަކަށް ވަރަށް ބޮޑަށް ބަރޯސާވެފަ އެވެ. އެކަމަކު، އަދިވެސް އާ ޑިޖިޓަލް ވަސީލަތްތަކާއި ހިދުމަތްތައް ނުފޯރާ ނުވަތަ އެ ފުރުސަތު ނުލިބޭ އެތައް ބަޔަކު އަދިވެސް ދިރިއުޅެ އެވެ. އޭގެ ތެރެގައި ޑިޖިޓަލް ވަސީލަތްތައް ހަމަހަމަކަމާ އެކު ނުލިބޭ އަންހެނުންގެ އަދަދު ވަރަށް ގިނަ އެވެ.
ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ދުވަސް މިއަދު ފާހަގަކުރާއިރު، މިދިޔަ ދުވަސްތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާ އަށް ދުނިޔެއަށް އައިސްފައިވާ ތަފާތު މުހިއްމު އަދި އިންގިލާބީ ބަދަލުތަކާ މެދު ވިސްނާލަން ޖެހެ އެވެ. އެކި ދާއިރާތައް ކުރިއެރުމުގައި މިހާރު މިވަނީ ޑިޖިޓަލް ވަސީލަތްތަކަށް ވަރަށް ބޮޑަށް ބަރޯސާވެފަ އެވެ. އެކަމަކު، އަދިވެސް އާ ޑިޖިޓަލް ވަސީލަތްތަކާއި ހިދުމަތްތައް ނުފޯރާ ނުވަތަ އެ ފުރުސަތު ނުލިބޭ އެތައް ބަޔަކު އަދިވެސް ދިރިއުޅެ އެވެ. އޭގެ ތެރެގައި ޑިޖިޓަލް ވަސީލަތްތައް ހަމަހަމަކަމާ އެކު ނުލިބޭ އަންހެނުންގެ އަދަދު ވަރަށް ގިނަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ 2.6 ބިލިއަން އާބާދީގެ ތެރެއިން ޓެކްނޮލޮޖީ ވަސީލަތްތަކުގެ ބޭނުންކުރުމުގެ ފުރުސަތު އެންމެ މަދުން ލިބިފައިވަނީ އަންހެނުންނަށެވެ. އަންހެނުންނަށް އެ ހިދުމަތްތައް ނުލިބޭ ސަބަބުތަކުގެ ތެރޭގައި ޑިޖިޓަލް ލިޓްރަސީ ނެތުމާއި އެ ހިދުމަތްތައް ހޯދުމަށް ހަރަދު ބޮޑުވުމުގައި އެ ފަދަ ވަސީލަތްތައް ފަސޭހައިން ނުލިބުން ވެސް ހިމެނެ އެވެ.
ދިރާގުގެ މުވައްޒަފުންތަކެއް މަސައްކަތުގައި -- ފޮޓޯ: ދިރާގު
ހަމަހަމަ އިގްތިސާދީ ކުރިއެރުމާއި އީޖާބީ ބަދަލުތައް ގެނެސް ދެމެހެއްޓެނިވި ތަރައްގީ އަށް ވާސިލުވުމަށްޓަކައި އާބާދީގެ ވަކި ބަޔަކަށް އެފަދަ ހިދުމަތްތައް ނުލިބި އޮތް އޮތުން ހައްލު ކޮށް އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ.
ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ދިރާގުން އަންނަނީ ވަކި ޖިންސަކަށް ބެލުމެއް ނެތި، ހުރިހާ ފަރާތްތަކަށް ވެސް އެއް ހަމައެއްގައި އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. ދިރާގުން މިހާރު ވެސް ވަނީ ރާއްޖޭގެ ސަތޭކަ ޕަސެންޓް ރަށަށް ފައިބާ ބްރޯޑްބޭންޑް ހިދުމަތްދީފަ އެވެ.
ދިރާގުގައި މަސައްކަތް ކުރި އަންހެން މުވައްޒަފެއް -- ފޮޓޯ: ދިރާގު
ހުރިހާ ރަށަކަށް އެ ހިދުމަތް އެއް ހަމައެއްގައި ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، އެންމެންނަށް ވެސް ޑިޖިޓަލް ހިދުމަތްތަކެއް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. ހާއްސަކޮށް އަންހެނުންނަށް އެފަދަ ހިދުމަތްތައް ފަސޭހަކަމާ އެކު ލިބޭނެ ގޮތް ހެދުމަކީ އޭގެ އެއް ސަބަބެވެ. ހައި ސްޕީޑު އިންޓަނެޓާ އެކު އަންހެނުން ބާރުވެރިކޮށް، އީޖާދީ ހިދުމަތްތަކަށް ލޯހުޅުވި، އާ ކަންކަން ފެށުމަށް ފުރުސަތުތައް މިވަނީ ފަހިވެފަ އެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތުގެ އިތުރުން ދިރާގުން އަންނަނީ މޯބައިލް ނެޓްވޯކް ކަވަރޭޖު އިތުރަށް ފުޅާކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. މޯބައިލް ނެޓްވޯކް ކަވަރޭޖާ އެކު އަންހެނުންނަށް މިހާރަށް ވުރެ ވެސް ފަސޭހައިން އާ ކަންކަން ދަސްކުރުމާއި ހޭލުންތެރިކަން އިތުރު ކުރުމުގެ އިތުރުން ސިއްހީ ކަންކަމާއި ޑިޖިޓަލް ބޭންކިން އާއި ވިޔަފާރި ދާއިރާއަށް އިތުރަށް އަހުލުވެރިވާން ފަސޭހަވާނެ އެވެ.
ދިރާގުގެ ސަބްމެރިން ކޭބަލްގެ މަސައްކަތް ކުރަނީ -- ފޮޓޯ: ދިރާގު
ދިރާގުން ވަނީ އާ ޓެކްނޮލޮޖީތައް ތައާރަފްކުރުމުގައި ދުނިޔޭގެ މަޝްހޫރު އެވޯޑުތައް ވެސް ހާސިލުކޮށްފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ އޫކްލާއިން ދޭ "ފާސްޓެސްޓް ފައިވްޖީ ނެޓްވޯކް އިން ދަ މޯލްޑިވްސް" އެވޯޑު ލިބިފަ އެވެ. އެންމެ ހަލުވި ފައިވްޖީއާ އެކު، އަންހެނުންނަށް ވިޔަފާރީގެ އާ ދާއިރާތަކަށް ވަދެ، މާލީ ގޮތުން ބާރުވެރިވުމަށް އިތުރު ފުރުސަތުތައް ހުޅުވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ އާ ސަބްމެރިން ކޭބަލްގެ މަސައްކަތް ބަލާލައްވަނީ -- ފޮޓޯ: ދިރާގު
ކުރިއަށް އޮތްތަނުގައި ދިރާގުން މަސައްކަތް ކުރަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން "ފިއުޗާ ރެޑީ އިންފްރާސްޓްރަކްޗާ" އިތުރަށް ވަރުގަދަ ކުރުމަށެވެ. އާ ސަބްމެރިން ކޭބަލާ އެކު ރާއްޖެއާ ދުނިޔޭގެ ޑިޖިޓަލް ހިދުމަތްތަކާ މިހާރަށް ވުރެ ފަސޭހައިން ގުޅާ ލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ރާއްޖޭގެ ހުރިހާ ރަށެއް ގުޅާލުމުން އާންމުން ބާރުވެރިކުރެވޭނެކަން ދިރާގުން ގަބޫލުކުރާތީ، އެކަން އިތުރަށް ފުޅާކުރުމަށް މުހިއްމު މަސައްކަތްތަކެއް ވަނީ ރާވައިފަ އެވެ. މިހާރަށް ވުރެ ހަމަހަމަ، ޑިޖިޓަލް ހިދުމަތްތައް ފަސޭހައިން ބޭނުން ކުރެވޭ މުޖުތައެއް ބިނާކުރުމަށްޓަކައި "ޑިޖިޓަލް ރާއްޖެ" އެއް އުފެއްދުމަށް އެކުންފުނިން ފެށި ދަތުރުކުރެ ބޮޑުބައެއް ހާސިލުވެފައި އޮތުމުން ވެސް ދައްކުވާ ދެނީ އެ ކުންފުނިން ޑިޖިޓަލް ޓެކްނޮލޮޖީގެ ހަމަހަމަ ފުރުސަތުތައް ގެންނަން އިސްކަން ދޭ މިންވަރެވެ.
ދިރާގު: 31 އަހަރު، ތަރައްގީގެ މުހިންމު ބައިވެރިއެއް
ދިރާގު އެމްއެންއެސްޔޫ ފުޓްސަލް ފިއެސްޓާ މިރޭ ފަށަނީ
"ޔަންގް އޮންޓްރޮޕްރެނިއަ ފެއަ" އަށް ބޮޑު ތަރުހީބެއް
ދިރާގުން މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ދިރާގުން ސުވިޓްޒަލޭންޑް ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި
"ބުރުނު ބޮމަ" މަސް ރޭހުގެ ޕާޓްނަރަކަށް ދިރާގު
ދިރާގުން އީދަށް ސަޔާއި ހަދިޔާ ދީފި
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ