Roadha Mihaaru
ޖަލްބޫޓްގެ އުޅަނދުތަކުން އުރީދޫގެ ހިދުމަތްތައް ދެނީ

ޖަލްބޫޓްގެ އުޅަނދުތަކުން އުރީދޫގެ ހިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

06 އޮކްޓޯބަރ 2022

ރާއްޖޭގެ މެރިން ސާވިސަސްގައި ކުރިއަރަމުން އަންނަ ޖަލްބޫޓް މޯލްޑިވްސް އާއި އުރީދޫ މޯލްޑިވްސްއާ ދެމެދު ޕާޓްނާޝިޕް އެއްބަސްވުމެއް ހަދައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގެ މެރިން ސާވިސަސްގައި ކުރިއަރަމުން އަންނަ ޖަލްބޫޓް މޯލްޑިވްސް އާއި އުރީދޫ މޯލްޑިވްސްއާ ދެމެދު ޕާޓްނާޝިޕް އެއްބަސްވުމެއް ހަދައިފި އެވެ.

އުރީދޫއިން ބުނީ އެ ޕާޓްނާޝިޕްގެ ދަށުން ޖަލްބޫޓުގެ އުޅަނދުތަކުގައި ދަތުރުކުރާ ޓޫރިސްޓުންނަށް ފަސޭހަކަމާ އެކު މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދީ، ޑިޖިޓަލް ހައްލުތަކަކާ އެކު ޖަލްބޫޓުގެ ހިދުމަތްތައް އިތުރަށް ފުޅާާކުރެވޭނެ ކަމަށެވެ. އަދި އެ ޕާޓްނާޝިޕް އެކުލަވާލާފައިވަނީ ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތުގައި މުއާސަލާތީ ހިދުމަތްތައް ހޯދުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

އެ ޕާޓްނާޝިޕް އިއުލާނުކޮށް، ޕާޓްނާޝިޕް އެގްރިމެންޓުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖަލްބޫޓް މޯލްޑިވްސްގެ އެމްޑީ މުހައްމަދު ރޮއެސްޓާލީ ވިދާޅުވީ، ޖަލްބޫޓް މޯލްޑިވްސްގެ ކުރިއެރުމަށް ކޮމިއުނިކޭޝަންސް އަދި ޓެކްނޮލޮޖީ އަކީ ވަރަށް މުހިއްމު ހިދުމަތެއް ކަމަށެވެ. އަދި އެ ޕާޓްނާޝިޕްގެ ސަބަބުން ޓޫރިސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމަދީ ވިދާޅުވީ، އަމާޒަކީ އެ ޕާޓްނާޝިޕުގެ ދަށުން، ޓޫރިސްޓުންނަށް ސީދާ ބޯޓުތަކުން ސިމް ކާޑު ލިބޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖެހިގެން ދިއުން ކަމަށެވެ.

އުރީދޫއިން ބުނީ އެ ޕާޓްނާޝިޕުގެ ދަށުން ޖަލްބޫޓް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އެއްވެސް ކައުންޓަރަކަށް ނުވަތަ ފިހާރައަކަށް ނުގޮސް ސީދާ ބޯޓުތަކުން އުރީދޫެ ޓޫރިސްޓް ސިމް ކާޑު ލިބޭނެ ކަމަށެވެ.

ޖަލްބޫޓް މޯލްޑިވްސް އަކީ އިންޓަގްރޭޓެޑް މެރިން ސޮލިއުޝަންތައް ކަމަށްވާ ވޯޓާ ޓްރާންސްޕޯޓް، މެރީނާ މެނޭޖްމަންޓް، ކަސްޓަމް ބޯޓުތައް ޑިޒައިންކޮށް އުފެއްދުމާއި ވޯޓާ ސްޕޯޓްސް އަދި ލަގްޒަރީ ޗާޓަރު ދަތުރުތައް ކުރުން ފަދަ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ.