ގެސްޓް ހައުސް ވިޔަފާރި ރާއްޖޭގައި ނެތީސް، މީގެ 14 ވަރަކަށް އަހަރު ކުރިން، އުފަން ރަށް އދ. މާމިގިލީގައި އަބްދުލް ހަންނާނު އިބްރާހިމް އޭނާގެ އަމިއްލަ ގޭގައި ދެ މިލިއަން ރުފިޔާ ހަރަދު ކޮށްގެން ގެސްޓް ހައުސްއެއް ހެދި އެވެ. އޭނާ ބުނާ ގޮތުން އެއީ މި ވިޔަފާރިއަށް އޮތް ޝައުގެއްގެ ބޮޑުކަމުންނެވެ.
07 އޮކްޓޯބަރ 2022
ގެސްޓް ހައުސް ވިޔަފާރި ރާއްޖޭގައި ނެތީސް، މީގެ 14 ވަރަކަށް އަހަރު ކުރިން، އުފަން ރަށް އދ. މާމިގިލީގައި އަބްދުލް ހަންނާނު އިބްރާހިމް އޭނާގެ އަމިއްލަ ގޭގައި ދެ މިލިއަން ރުފިޔާ ހަރަދު ކޮށްގެން ގެސްޓް ހައުސްއެއް ހެދި އެވެ. އޭނާ ބުނާ ގޮތުން އެއީ މި ވިޔަފާރިއަށް އޮތް ޝައުގެއްގެ ބޮޑުކަމުންނެވެ.
އެކަމަކު ކަންތައް ވީ ދެރަކޮށެވެ. ގެސްޓް ހައުސްގެ މަސައްކަތް ނިންމައި ހުއްދަ އަށް އެދި ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުއްވުމުން ހުއްދައެއް ނުލިބުނެވެ. މާލެ ފިޔަވައި އެހެން ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ސިޓީ ހޮޓާ/ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ނުދޭ ސިޔާސަތެއް އޮންނާތީ ހަންނާނަށް މަގު ބަންދުވީ އެވެ.
އެކަމަކު އޭނާ ދުލެއް ނުދެއްވި އެވެ. ދެން މައްސަލަ ހުށަހެޅުއްވީ ޓޫރިޒަމް މިނިސްޓްރީއާ ދެކޮޅަށް އޭރުގެ މަދަނީ ކޯޓަށެވެ. އޮގަސްޓް 13، 2008 ގައި މަދަނީ ކޯޓުން ކުރި ހުކުމުން ކާމިޔާބު ލިބުނީ ހަންނާށެވެ. އަމިއްލަ ގެ ލިލީމާގައި ގެސްޓް ހައުސްއަކަށް ހެދި ތިން ކޮޓަރީގެ އިމާރާތް ޓޫރިޒަމް މިނިސްޓްރީގެ ގަވައިދަށް ފެތޭ ނަމަ ގެސްޓް ހައުސްއެއްގެ ގޮތުގައި ހިންގުމުގެ ހުއްދަ ދިނުމަށް ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ކޯޓުން އަމުރުކުރި އެވެ.
ނަމަވެސް އެ ހުއްދަ ލިބުނަސް ހަންނާނު އެ ކަން ކުރައްވާކަށް ބޭނުމެއް ނުވި އެވެ. އެެ ދުވަސްވަރަށް ބަލާއިރު، ދެ މިލިއަން ރުފިޔާގެ ބޮޑު ހަރަދެއް ކޮށްގެން ގެސްޓް ހައުސްގެ ގޮތުގައި ހެދި ތިން ކޮޓަރީގެ އިމާރާތް އެ ގޮތަށް ބޭނުންކުރުމުގެ ވިސްނުން ހުއްޓާލެއްވީ އެވެ.
"އޭރަށް ބަލާއިރު ދެ މިލިއަން ރުފިޔާއަކީ ވަރަށް ބޮޑު އެއްޗެއް. އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް ވީމަ ނޫންތޯ އެހާ ވަރުގެ އިންވެސްޓެއް ކުރާނީ. އެކަމަކު، ސަރުކާރުން ހުރަސް އެޅީމާ އަޅުގަނޑު ބޭނުންވީ ކޯޓަށް ވައްދައިގެން އެއީ ހުއްދަ ލިބޭނެ ކަމެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަން. އަޅުގަނޑު ފަހުން ބޭނުންވީ ރަށްރަށުގައި ގެސްޓް ހައުސް ހިންގުމަކީ ވެސް ކުރެވޭނެ ކަމެއް ކަން އެންމެންނަށް އަންގަން،" މާމިގިލި އެއާޕޯޓުގެ މެނޭޖަރެއްގެ ވަޒީފާގައި މިހާރު ހުންނެވި ހަންނާނު ވިދާޅުވި އެވެ.
"އެކަން އަޅުގަނޑަށް ކާމިޔާބުވި."
އަޅުގަނޑު ބޭނުންވި ކަންތައް ވެއްޖެ. ޔަގީނުން ވެސް ރަށްރަށުގައި ގެސްޓް ހައުސް ހިންގުމަށް އިސްނެގި މީހަކަށް އަޅުގަނޑު މިއަދު ވާނެ. ބަޔަކު އިނާމު ނުދިނަސް ތާރީހުން އެކަން އެނގޭނެ،"--- ހަންނާން
ވިލާގެ ޗެއާމަން ގާސިމް އިބްރާހިމަށް ބޮޑުބޭބެ ވިދާޅުވާ ހަންނާނަށް ގެސްޓް ހައުސް އަށް ބޮޑު ހޭދައެއް ކުރުމަށް ވުރެ ފަހުން މުހިންމުވީ ގެސްޓް ހައުސް ހިންގައިގެން އާމްދަނީ ހޯދޭނެކަން ވެސް ދައްކާށެވެ.
"މާލެ އާއި ހުޅުމާލެ އާއި ވިލިގިނގިލީގައި އެކަންޏެއް ނޫން ގެސްޓް ހައުސް ހިންގެން ޖެހޭނީ. އެތައް ރައްޔިތުންނަކަށް ގެއްލިފައިވާ ހައްގެއް ހޯދަން އަޅުގަނޑު އޭރު މަސައްކަތްކުރީ. ލޯޔަރަށް 35،000ރ. ދީގެން އެ ވަރުގެ ކަމަކާ އަޅުގަނޑު އުޅުނީ އެހެންވެ. އޭރު ވެސް އެނގޭ ހަމަހަމަކަން ގާއިމުވާނެކަން،" ހަންނާނު ވިދާޅުވި އެވެ.
"ކޯޓަށް މައްސަލަ ވައްދައިގެން އުޅޭތާ ވެސް ހައެއްކަ މަސް ފަހުން ކާމިޔާބުވީ. އެ މައްސަލަ ކޯޓުގައި އުޅޭތީ އޭރުގެ ރައްޔިތުންގެ މަޖިލިހުން އެ ފާސްކުރި އެއްޗެއް ފާސްކުރީ ވެސް ކްރެޑިޓް ހޯދަން ވެގެން."
މާލެ ފިޔަވައި އެހެން ރަށްރަށުގައި ވެސް ގެސްޓް ހައުސް ހިންގޭނެކަން ކޯޓު ހުކުމުން ސާބިތުވި ނަމަވެސް ފަހުން ގެސްޓް ހައުސް ހިންގާކަށް ހަންނާނު ނޫޅުއްވަ އެވެ. އެ ހިޔާލު އޭނާ ދޫކޮށްލެއްވީ ދިމާވި ގޮތުން ވީ ފޫއްސަކުންނެވެ.
"...ދެން އެ އަށް ވުރެ ރަނގަޅު ގޮތެއް ވީމާ އެ ގެސްޓް ހައުސްގެ ހިޔާލު ދޫކޮށްލީ. އަޅުގަނޑު ބޭނުންވި ކަންތައް ވެއްޖެ. ޔަގީނުން ވެސް ރަށްރަށުގައި ގެސްޓް ހައުސް ހިންގުމަށް އިސްނެގި މީހަކަށް އަޅުގަނޑު މިއަދު ވާނެ. ބަޔަކު އިނާމު ނުދިނަސް ތާރީހުން އެކަން އެނގޭނެ،" މިހާރު އުމުރުން 60 އަހަރުގެ ހަންނާނު ވިދާޅުވި އެވެ.
މާލެ އާއި ހުޅުމާލެ އާއި ވިލިގިނގިލީގައި އެކަންޏެއް ނޫން ގެސްޓް ހައުސް ހިންގެން ޖެހޭނީ. އެތައް ރައްޔިތުންނަކަށް ގެއްލިފައިވާ ހައްގެއް ހޯދަން އަޅުގަނޑު އޭރު މަސައްކަތްކުރީ،"--- ހަންނާން
އިނާމުގެ ވާހަކަ އައީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެވޯޑް ދިނުމުންނެވެ. ރަށްރަށުގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކީ ނަޝީދެވެ. އެއީ އެ މަނިކުފާނުގެ ސަރުކާރުގައި އެ ސިޔާސަތު ވަރަށް ބޮޑަށް ފެތުރުއްވި އެވެ.
ނަމަވެސް ހަންނާނު ވިދާޅުވީ، ރަށްރަށުގެ މީހުންނަށް ގެއްލުނު ހައްގު ކޯޓަށް ގޮސްގެން ހޯދީ އޭނާ ކަމަށެވެ. އެ ކްރެޑިޓް ވަޅުނުލެވޭކަން އޭނާ ކަށަވަރު ކުރައްވަ އެވެ.
"އިރާދަކުރެއްވިއްޔާ މުޅި އުމުރަށް އެ ކަން ސާބިތުވާނެ."
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ހަންނާނާ އާއިލީ ގޮތުން ތިމާގެ ބޭފުޅެއް ކަމަށްވާ އަހުމަދު ސައީދު ވިދާޅުވީ، ނަޝީދަށް އެކަނި އެފަދަ އެވޯޑެއް ދިނުމުން ފެންނަނީ ސަރުކާރުން ކަންކަން ބަލާވަރު ކަމަށެވެ.
"ދެރަ ނިކަމެތި މީހާ ކަމެއް ކުރީމާ އޭގެ އަގުވަޒަން ކުރުން މުހިންމު،" ސިޔާސީ ދާއިރާގައި މިހާރު ޖޭޕީގެ ފަރާތުން އިސް މަސައްކަތްތަކެއް ކުރައްވާ ސައުދު ވިދާޅުވި އެވެ.
Award ge haggu veriyaky aslu kaakubaa?@qasimibrahim ah bodubeybe kiyaa beyfulhaku amilla hihvarun kuri bura massahkathuge natheeja akee miadhu thiyadhekey Guest House.Sarukaarun kankan balaavaru meegen mifennaee. Dhera nikamethi meehaakameh kureemaa eyge aguvazan kurun maamuhinmu pic.twitter.com/HfHNYFJ1AV
— Ahmed Saud (@ammadaysaud) October 4, 2022
ސައުދުގެ ޓުވީޓް
ހަންނާނު، ކޯޓަށް އެ މައްސަލަ ދުވަސްވަރު މާލެ ސަރަހައްދު ފިޔަވައި އެހެން ރަށެއްގައި ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ސަރުކާރަކުން ނުދެ އެވެ. އެކަމަކު، އެ އުސޫލު ދޫކޮށްލައި މާލެ ނޫން އެހެން ރަށްރަށުގައި ވެސް ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ދިނުމަށް ސަރުކާރުގައި ދަންނަވަން ރައްޔިތުންގެ މަޖިލިހުން ފާސްކުރި ގަރާރަކުން ނިންމި އެވެ. އޭރު ހަންނާނުގެ މައްސަލަަ މަދަނީ ކޯޓުގައި އޮތް ކަން އޭނާއާ އެއްކޮޅަށް ގާޒީ އަލީ ނަސީރު ކުރެއްވި ހުކުމުން އެނގެ އެވެ.
ދެރަ ނިކަމެތި މީހާ ކަމެއް ކުރީމާ އޭގެ އަގުވަޒަން ކުރުން މުހިންމު،"--- ސައުދު
ހުކުމުން އެނގޭ ގޮތުން ނަމަ ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ހަންނާނަށް ދޭން ކޯޓުން ޓޫރިޒަމް މިނިސްޓްރީ އަށް އެންގީ އޭރު އެފަދަ ހުއްދަ ނުދޭން ސަރުކާރުން ގެންގުޅުނު ސިޔާސަތު ނިމުމަކަށް ގެނެސް ކަނޑައަޅާ އުސޫލަކުން ހުއްދަ ދޭން ރައްޔިތުންގެ މަޖިލިހުން ފާސްކުރި ގަރާރުގެ މައްޗަށް ވެސް ރިއާޔަތް ކޮށެވެ.
ގެސްޓް ހައުސްއެއްގެ ގޮތުގައި ހަންނާނު ހެދި ތަނުގައި 2009 އިން ފެށިގެން ހިންގަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ ގޮތްޕެކެވެ. އެ އިމާރާތް ހެދުމަަށް ބޮޑު ހޭދައެއް އަދި ހުއްދަ ހޯދަން އެތައް ދުވަހަކު އުޅުމަށް ފަހު، ރަށްރަށުގެ އެންމެންނަށް އެ ހައްގު ލިބުނުކަން ކަށަވަރު ވެ، އަދި އެ އަށް ވުރެ ރަނގަޅު ގޮތެއް ފެނުމުން އެ ވިޔަފާރީގެ ހިޔާލު ދޫކޮށްލެއްވީ އެވެ.
ގެސްޓްހައުސް ރަށްތަކުގައި ޑޮލަރު އޭޓީއެމް ބަހައްޓަނީ
ގެސްޓްހައުސްތަކަށް 340،000 ޓޫރިސްޓުން
ޓޫރިޒަމް ކުރިއަރުވަން މާމިގިލީ ކައިރީ ޝިޕްރެކެއް
ކަސާމިއާ ގެސްޓް ހައުސް މަތިވެރި ކައުންސިލާ ހަވާލުކޮށްފި
ޓޫރިޒަމަށް އިޝްތިހާރު ކުރެވޭނީ ހުއްދަ އޮތް ތަންތަން
މިލިއަން ޓޫރިސްޓުން ހަމަވާން ބާކީ ލައްކައެއް
އެމްއައިބީގެ ގެސްޓް ހައުސް ސިންޕޯސިއަމް މި އަހަރު ވެސް
ހއ. އަތޮޅަށް ބީއެމްއެލްގެ ގެސްޓް ހައުސް ފައިނޭންސިން
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު މާރުކުރާނެ