Roadha Mihaaru

ޓޫރިޒަމަށް ބޭނުންވާ މާލީ ހައްލުތަކާ އެކު ބީއެމްއެލް އޮތީ އެހީވާން ތައްޔާރަށް: ޝަރީފް

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގެ ކޮންމެ މަރުހަލާއެއްގައި އެހީތެރިވުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ފުރިހަމަ މާލީ ހައްލުތަކާ އެކު ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ތައްޔާރަށް އޮތް ކަމަށް އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގެ ކޮންމެ މަރުހަލާއެއްގައި އެހީތެރިވުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ފުރިހަމަ މާލީ ހައްލުތަކާ އެކު ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ތައްޔާރަށް އޮތް ކަމަށް އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ 35 ވަނަ އަހަރީ އާންމު ޖަލްސާގައި ދެއްކެވި ވާހަކައިގައި ޝަރީފް ވަނީ ބީއެމްއެލްގެ ހަރުދަނާ މާލީ ހާލަތާއި ބޭންކިންގެ ފުޅާ ނެޓްވޯކާއި އަދި ޓޫރިޒަމް ދާއިރާ އަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ އުފެއްދުންތަކުގެ މައްޗަށް އަލިއަޅުވާލައްވައިފަ އެވެ.

ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި، ބީއެމްއެލް އިން އަހަރަކު 150 މިލިއަނަށް ވުރެ ގިނަ މާލީ އެކި މުއާމަލާތުތައް ކުރާ ކަމަށާއި އެ މުޢާމަލާތުތަކުގެ އަގު ގާތްގަނޑަކަށް 500 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

އޭގެ ތެރޭގައި ޓޫރިޒަމްގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ކުރާ ގިނަ އަދަދެއްގެ ޔޫއެސް ޑޮލަރުގެ މުއާމަލާތުތައް ހިމެނޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ޖުމްލަ 48 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އެސެޓަކާއި 57 ޕަސެންޓުގެ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯއަކާ އެކު، ބޭންކުން ވަނީ މާލީ ހަރުދަނާކަން ދެމެހެއްޓުމާއެކު ރާއްޖޭގެ ޓޫރިޒަމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މަޓީގެ އަހަރީ އާންމު ޖަލްސާ. އެ ޖަލްސާގައި ޓޫރިޒަމް ދާއިރާގެ އިސްވެރިން ބައިވެރިވެފައިވޭ -- ފޮޓޯ: މާޓީ

މަޓީގެ އަހަރީ އާންމު ޖަލްސާ. އެ ޖަލްސާގައި ޓޫރިޒަމް ދާއިރާގެ އިސްވެރިން ބައިވެރިވެފައިވޭ -- ފޮޓޯ: މާޓީ

މިދިޔަ ފަސް އަހަރުގެ ތެރޭގައި، ބީއެމްއެލް އިން ރިސޯޓު މަޝްރޫއުތަކަށް 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ފައިނޭންސް ކޮށްދީފައިވާއިރު، މިވަގުތު ރިސޯޓުތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ވިޔަފާރިތަކާއި ޓޫރިސްޓުންނަށް އެއްވެސް ދަތިކަމެއް ނެތި މާލީ މުއާމަލާތުތައް ކުރެވޭނެކަން ކަށަވަރު ކޮށްދިނުމަށްޓަކައި، ރިސޯޓު ތަރައްގީ ކުރުމަށް ފައިނޭންސް ކޮށްދިނުމުގެ އިތުރުން، ބޭންކުން ވަނީ ވާކިން ކެޕިޓަލް، ވިޔަފާރި ފައިނޭންސިން އަދި ޑިޖިޓަލް ޕޭމަންޓް ހައްލުތައް ގެނެސްދީފައިވާ ކަން ވެސް ޝަރީފް ފާހަގަކުރެއްވި އެވެ.

މަޓީގެ އަހަރީ އާންމު ޖަލްސާގައި، ބީއެމްއެލް އިން ވަނީ ގްރީން ރިސޯޓު ފައިނޭންސިން ފެސިލިޓީ އެއްވެސް މިއަދު ތައާރަފުކޮށްފަ އެވެ.

މިއީ ތިމާވެއްޓާ ރައްޓެހި މަޝްރޫއުތަކަށް އެހީތެރިވުމަށްޓަކައި އަހަރަކު 6.5 ޕަސެންޓުގެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި 50 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ފެސިލިޓީއެކެވެ. އެ ބޭންކުން ވަނީ ފަސޭހަކަމާއެކު، ވާކިން ކެޕިޓަލް ލިބޭނެ ގޮތަށް ކުރު މުއްދަތުގެ އޯވަޑްރާފްޓް ފެސިލިޓީއެއް ވެސް ތައާރަފު ކޮށްފަ އެވެ.