Roadha Mihaaru
ހަގީގަތް އޮޅުވާނުލައި ހައްގު ކްރެޑިޓް ދީ!

ހަގީގަތް އޮޅުވައިނުލާ، ހައްގު ފަރާތަށް ކްރެޑިޓް ދީ!

09 އޮކްޓޯބަރ 2022

ކުރަން ޖެހެނީ މާ ބޮޑު ކަމެއް ނޫނެވެ. ކޮންމެ ސަރުކާރަކުން ކޮންމެ ވެރިއަކު ކުރެއްވި ކަމަކަށް ވިޔަސް ފަހުން އަންނަ ސަރުކާރަކުން އެ ކަން ފާހަގަ ކޮށްލުމެވެ. އެ ވެރިއެއްގެ ނަން ސިޔާސީ ގޮތުން ބުނަން ނުކެރޭ ނަމަ އެ ބޭފުޅެއްގެ ސަރުކާރޭ ބުނީމާ އެ ކަން ނިމުނީ އެވެ. ދުލުން ބުނެލާ ކުޑަކުޑަ ޖުމުލައަކުން އެކަން ނިމުނީ އެވެ. އެހާވަރަށް އަހަރެމެންގެ ސިޔާސީ ވެރިންގެ ހަން ބޯ ވާން ޖެހޭނެ އެވެ. ހަޖަމު ކުރެވެން ޖެހޭނެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ދައްކަން މި އުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ސީދާ އެ މަނިކުފާނު އިސް ނަންގަވައިގެން ހެދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ވާހަކަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ވީއައިއޭގައި ބޭއްވި އެ ރަސްމިއްޔާތު ޓީވީން ބަލަން އިން އިރު ހަމަ ހައިރާންވި އެވެ. ހަފުލާގައި ފުރަތަމަ ވާހަކަ ދެއްކެވި އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) ގެ ވާހަކައިން ވަރަށް ސާފުކޮށް، ކުޑަކުއްޖަކަށް ވެސް އެއް ކަމެއް ކަށަވަރުވި އެވެ. އާ ރަންވޭއެއް ހެދުމުގެ ވިސްނުމަށް އަމަލީ ސިފަ ގެނައީ ސީދާ ޔާމީން ކަމެވެ.

އެމްޔޫ މަނިކު ފާހަގަކުރެއްވި ތިން އަހަރާ މެދު [2015 އާއި 2017 އަދި 2018] އެކަނި ވިސްނާލިޔަސް މުޅި ގައުމުގެ އެންމެންގެ ސިކުނޑި އަށް އަންނާނީ ޔާމީންގެ ނަމެވެ. އެއީ ޔާމީންގެ ބުރަ މަސައްކަތް ކަމެވެ. އެ މަނިކުފާނުގެ އިސްނެންގެވުން ކަމެވެ.

އާ ރަންވޭ ބޭނުންކުރަން ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމަށް އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ރަމްޒީ ހަދިޔާއެއް އަރުވަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމަކު، ޔާމީނަށް ޝުކުރު ދަންނަވާލާނެ ނުވަތަ އެ މަނިކުފާނުގެ ސަރުކާރުގެ ނަން ގެންނާނެހާ ހިތްވަރެއް އެމްޔޫ މަނިކަށް ވެސް ލިބިވަޑައެއް ނުގަތެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެ މަހުޖަނު އެކަންޏެއް ނޫނެވެ. އެ ދުވަހުގެ ހަފުލާގައި ނައިބު ރައީސް ފައިސަލް ނަސީމާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއުގެ ވާހަކަ ވެސް ނިންމަވައިލެއްވީ ހަމަ އެ ބީދައިންނެވެ. އެ ބިޔަ، ބޮޑު މަޝްރޫއަށް އިސްނެންގެވި އޭރުގެ ރައީސް ޔާމީނާއި އެ މަނިކުފާނުގެ ސަރުކާރުގެ ވާހަކަ އޮތީ ފަސްއަޅައި ފޮރުވައިފަ އެވެ. މިއީ އަހަރެމެންގެ ސިޔާސީ ވެރިންގެ ހުރި ނުކުޅެދުންތެރިކަން ނޫން އެހެން ކަމެއް ނޫނެވެ.

އާ ރަންވޭ އެކަންޏެއް ނޫނެވެ. ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރު ފަށާފައި އެ ވާ ހުރިހާ މަސައްކަތެއްގެ ޝުކުރު އެންމެ ބޮޑަށް ހައްގު ވަނީ އަހަރެން ދެކޭގޮތުގައި ޔާމީނަށެވެ. މާ ކުރީގެ މާސްޓަޕްލޭނަކަށް އެމްޔޫ މަނިކު ފޫޅުކަނޑާލި ނަމަވެސް އެ މާސްޓަޕްލޭން "ހިރަފުސް" އަރާފައި އޮއްވައި ކިތައް ވެރިން ތަހުތަށް ވަޑައިގެންފި ހެއްޔެވެ؟ އެ މާސްޓަޕްލޭނުން "ހިރަފުސް" ފޮޅާލާފައި މި ކަން ވާނެއޭ ވިދާޅުވެ، ކަމެއް ކުރައްވަން ނުކުމެވަޑައިގަތީ ކިތައް ވެރިން ހެއްޔެވެ؟ އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް އެއާޕޯޓް ދިނުމަކީ މާ މޮޅު ކަމަކަށް ހަދަން އުޅުނު މީހުންނަށް ވެސް އެނގޭނެ އެވެ. އެ ބުނާ ކުންފުނީގެ މާސްޓަޕްލޭނުގައި އާ ރަންވޭގެ ވާހަކަ ނުވެސް ނެތެވެ. އެކަމަކު، ކިރިޔާ ވެސް ތަނެއް ދޮރެއް އެނގޭ މީހެއް ނަމަ ވެލާނާ އެއާޕޯޓުގައި އާ ރަންވޭއެއް އަޅަންޖެހޭ ކަން އެނގޭނެ އެވެ. އެހެން ނޫނީ، ދިވެހިން ބޭނުންވާ މަންޒިލަށް ނުދެވޭނެކަން ސާފެވެ.

އާ ރަންވޭ ރަސްމީކޮށް ހުޅުވަން ސެޕްޓެމްބަރު 18، 2018 ގައި ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު ޒަމީރާއި އޭރުގެ ފިނޭންސް މިނިސްޓަރު މުނައްވަރު ބައިވެރިވެވަޑައިގަންނަވަނީ: އާ ރަންވޭގެ ފައިނޭންސް އެއްބަސްވުމުގެ ކަންކަން ނިންމަން ވަޑައިގަތީ ޒަމީރު.---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު

ނޮވެމްބަރު 2013 ގައި ވެރިކަމަށް ވަޑައިގެންފައި ޔާމީން ގަބޫލުފުޅު ކުރެއްވި ކަމަކީ އަހަރަކު ފަސް މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ ފެންވަރުގެ ރަންވޭއެއް ވީއައިއޭގައި އޮންނަން ޖެހޭނެ ކަމެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ 11 ޖެހުމާ ހަމައަށް ބޭނުންކުރި ރަންވޭއަކުން އެ މަގުސަދު ހާސިލެއް ނުވެ އެވެ. އެހެންވެ، ބިޔަ ބޮޑު މަޝްރޫއެއް އެކުލަވާލައި ވީއައިއޭ ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ފެއްޓެވީ ސީދާ އެ މަނިކުފާނުކަން ދިވެހި ތާރީހު ހެކި ދެ އެވެ. ޗައިނާގެ އެގްޒިމް ބޭންކުގެ ފައިނޭންސް ލަސްވެގެން އޭރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއެކު ހާއްސަ ވަފުދެއް ޔާމީން ޗައިނާ އަށް ފޮނުއްވި އެވެ.

އާ ރަންވޭ އެކަންޏެއް ނޫނެވެ. ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރު ފަށާފައި އެ ވާ ހުރިހާ މަސައްކަތެއްގެ ޝުކުރު އެންމެ ބޮޑަށް ހައްގު ވަނީ އަހަރެން ދެކޭގޮތުގައި ޔާމީނަށެވެ. މާ ކުރީގެ މާސްޓަޕްލޭނަކަށް އެމްޔޫ މަނިކު ފޫޅުކަނޑާލި ނަމަވެސް އެ މާސްޓަޕްލޭން "ހިރަފުސް" އަރާފައި އޮއްވައި ކިތައް ވެރިން ތަހުތަށް ވަޑައިގެންފި ހެއްޔެވެ؟

ޔާމީން އެންގެވި ކަމަށް ވަނީ އެ ބޭފުޅުން އަނބުރާ ރާއްޖެ ވަޑައިގަންނަވަން ވާނީ ޗައިނާގައި ތިއްބަވައިގެން، އާ ރަންވޭގެ މަޝްރޫއަށް ބޭނުންވާ ފައިސާއާ ގުޅޭ ހުރިހާ ޓާމްސްތަކާ މެދު ވާހަކަ ދައްކައި ގޮތް ނިންމައިގެން ކަމެވެ. ކަން ކުރީ ވެސް އެހެންނެނެވެ. އެ ބޭފުޅުން އެ ދަތުރު ނިންމަވާފައި ރާއްޖެ ވަޑައިގަތީ އާ ރަންވޭގެ މަޝްރޫއަށް ބޭނުންވާ ފައިސާގެ ލޯނުގެ އެއްބަސްވުމުގައި އެގްޒިމް ބޭންކާއެކު ސޮއިކޮށްފަ އެވެ.

އެ މަޝްރޫއު އަވަސް ކުރަން ޔާމީން ބޭނުންފުޅުވިލެއް ބޮޑުކަމުން އެންމެ ދުވަހެއް ވެސް ލަސްކުރުމުގެ ޖާގައެއް ނުދެއްވި އެވެ. އާ ރަންވޭއާއެކު ހަތަރު ފިއު ފާމާއި ކާގޯ ކޮމްޕްލެކްސް އާއި އޭޕްރަން އަދި އެހެނިހެން ވަސީލަތްތައް ހިމެނުއްވި އެވެ. އޭގެ ފަހުން އާ ފެސެންޖަރު ޓާމިނަލާއި ސީ ޕްލޭން ޓާމިނަލަކީ ވެސް ސީދާ ޔާމީން އަމަލީ ސިފަ ގެންނަވަން ފެއްޓެވި މަޝްރޫއުތަކެވެ.

ވީއައިއޭގެ އާ ރަންވޭގެ މަސައްކަތް އެއްކޮށް ނުނިމެނީސް ނަގާފައިވާ ފޮޓޯއެއް.

ވީއައިއޭގެ އާ ރަންވޭގެ މަސައްކަތް އެއްކޮށް ނުނިމެނީސް ނަގާފައިވާ ފޮޓޯއެއް.

ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އަތުން ދޫކޮށްލާއިރު، އެއީ މި ސަރަހައްދުގައި ވެސް އެންމެ ފެންވަރު ރަނގަޅު އަދި އެންމެ ރީތި އެއް އެއާޕޯޓަށް ވާނެ ކަމަށް އެމްއޭސީއެލްގެ މިހާރުގެ އިސްވެރިންނާއި ފަންނީ މީހުން ވެސް ގަބޫލުކުރެ އެވެ. އާ ރަންވޭގެ މަޝްރޫއުގެ ފަސޭހަތައް އެ މީހުން ސިފަ ކުރަނީ އެމްއޭސީއެލްގެ މުޅި ހަޔާތުގައި ވެސް އައި އެންމެ ބޮޑު "ޓްރާންސްފޯމޭޝަން" ގެ ގޮތުގަ އެވެ. މި ސަރުކާރުގެ އިސްވެރިން ވެސް އެކަން ގަބޫލު ކުރެ އެވެ. ނެތީ ޔާމީންގެ މަސައްކަތްޕުޅު ބަލައިގަތުމުގެ ހިތްވަރެވެ.

ވީއައިއޭގައި ޔާމީންގެ ސަރުކާރުން އިސްވެ ހެދި އާ ސީ ޕްލޭން ޓާމިނަލް: މިއީ ވެސް ވަރަށް ޗާލު ތަނެއް.---ފޮޓޯ: ނިޝާން އަލީ| މިހާރު

ވީއައިއޭގައި ޔާމީންގެ ސަރުކާރުން އިސްވެ ހެދި އާ ސީ ޕްލޭން ޓާމިނަލް: މިއީ ވެސް ވަރަށް ޗާލު ތަނެއް.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރާއްޖޭގެ ޓޫރިޒަމްގެ މައިދޮރޯއްޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކަމަށް ވާއިރު، އިގުތިސާދަށް އެންމެ ގިނަ ޑޮލަރު ވައްދާ ޓޫރިޒަމްގެ ރީތި ނަމާއި ޝަރަފު ގުޅެނީ އެ އެއާޕޯޓެވެ. ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް އިހަށް ރޭ ބޭއްވި ކުލަގަދަ ހަފުލާގައި އަހަރެމެންގެ މިހާރުގެ ވެރިންނަށް ލަދުކަމަކަށް ވީ ޔާމީނަށް ރަންޔޫބީލްގެ އެވޯޑް ދިނުމެވެ. ކިހާ ހެއްވާ ކަމެއް ހެއްޔެވެ؟

ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ގޯސް ކަންތައްތަކެއް ނުހިނގާ ވާހަކައެއް ނޫނެވެ. އެ މައްސަކަތައް ކޯޓުގައި އެ ދަނީ ކުރިއަށެވެ. ރިޝްވަތާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ވަރަށް ގިނަ އެވެ. ފަހުގެ ތާރީހެއްގައި ރައީސަކަށް ނުކުރާހާ ގިނަ ތުހުމަތުތައް އެބަކުރެ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓޫރިޒަމް އެވޯޑު އަރުވަނީ: ޓޫރިޒަމްގެ ރަންޔޫބީލް އެވޯޑް ވެސް ޔާމީނަށް އަރުވަން މި ސަރުކާރުން ބޭނުމެއް ނުވި.--- ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް ދާއިރާ ތަރައްގީ ކުރުމަށް ޔާމީން މަސައްކަތްޕުޅު ނުކުރައްވާ ކަމަކަށް ވެސް ނުވާނެ އެވެ. އެ މަނިކުފާނުގެ ވެރިކަން 2018 ގައި ނިންމަވައިލީ 50 ރިސޯޓު ހުޅުވައިފަ އެވެ. ނިމެން ގާތުގައި ވިއްސަކަށް ރިސޯޓު އޮތެވެ. އަހަރަކު ފަސް މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފިއިރު، ވީހާ ވެސް އަވަހަކަށް ރިސޯޓްތަކުގެ ބެޑް ކެޕޭސިޓީ އިތުރު ކުރަން ޔާމީންގެ ސަރުކާރުގައި މަސައްކަތްތަކެއް ކުރި އެވެ. އެކި ކަހަލަ އިނާޔަތްތަކައި ލުއި ގޮތްތައް ހަމަޖައްސައިދީގެން ވީހާ ވެސް ގިނަ ރިސޯޓު އެ ފަސް އަހަރުގެ ތެރޭގައި ހުޅުވުމަކީ އޭރުގެ އެންމެ ބޮޑު އަމާޒު ކަމަށް ޔާމީންގެ އަރިސް ވަޒީރަކު ވިދާޅުވި އެވެ.

ގިނަ ފަޅުތަކެއް ހިއްކައިގެން ޔާމީންގެ ވެރިކަމުގައި މާލެ ކައިރީގައި ހެދި ދަ މެރީނާ އެޓް ކްރޮސްރޯޑްސްގެ އިމާރާތެއް: މިއީ ވެސް މާލެ ކައިރިން ޓޫރިސްޓުން ފަސޭހައިން ޓްރާންސިޓް ވެވޭނެ މަގުފަހި ކުރުމުގެ ބޭނުމުގައި އޭރު ތައިލެންޑުގެ ސިންހާ އަށް ދޫކުރި ތަނެއް.---ފައިލް ފޮޓޯ: މިހާރު

އޭނާ ވިދާޅުވި ގޮތުގައި ނަމަ އެންމެ ގިނަ އެކުއިޒިޝަން ކޮސްޓް ވެސް މިހާތަނަސް ލިބިފައި ވާނީ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގަ އެވެ. އެއީ 120 މިލިއަނަށް ވުރެ ގިނަ ޑޮލަރެވެ. ކުރުކޮށް ބުނާ ނަމަ ޔާމީން ބޮޑަށް ބޭނުންފުޅުވީ ފަސް އަހަރުގެ ތެރޭގައި ވީހާ ވެސް ގިނަ ބެޑް ޓޫރިޒަމް ދާއިރާ އަށް ގެނެސް އެއާޕޯޓުގެ މަޝްރޫއާއެކު މުޅި ޓޫރިޒަމް ސިނާއަތަށް ބޮޑު ބަދަލެއް ގެންނާށެވެ. ގަލްފް ކްރާފްޓްގެ ލޯންޗަކުން ކޮންމެ 25 މިނިޓަކުން ދެވޭ ހިސާބެއްގައި ނަމަ އެއާޕޯޓެއް އޮންނަން ޖެހޭނެ ސިޔާސަތެއް އެކަށައެޅުއްވި އެވެ. މިހާރުގެ ސަރުކާރުގެ ބައެއް އިސްވެރިން އޭރު އެ ކަމަށް ފާޑުކިޔައި ހަޖޫ ޖެހިޔަސް މިއަދު އެ ކުރަނީ ތާއީދެވެ.

ޓޫރިޒަމް ތަރައްގީ ކުރުމަށް ކުރި ބުރަ މަސައްކަތަށް ވެސް ޔާމީނަށް ޓޫރިޒަމްގެ ރަންޔޫބީލް އިނާމު ހައްގެއް ނުވި އެވެ. އެކަމަކު، ރާއްޖެ އަށް ގެސްޓް ހައުސް ފުޅާކުރެއްވީތީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެ އެވޯޑް ހައްގުވި އެވެ. ނަމަވެސް، އެ މަނިކުފާނުގެ ވެރިކަމުގެ ކުރީކޮޅު ބައެއް ރިސޯޓުތަކުގެ މަސާޖުޕާލާތަކުގައި ހަށިވިއްކާ ކަމަށް ބުނެ އެ ތަންތަނާ ދެކޮޅަށް އެ ސަރުކާރުން ތެދުވެ، އެ ރިސޯޓުތަކުގެ އޮޕަރޭޝަންތައް ހުއްޓާލަން ޖެހުނު ހަނދާން އެބަހުއްޓެވެ. އެ ރިސޯޓުތަކުގައި ރަލާއި އޫރުމަސް ގަވައިދާ ހިލާފަށް ވިއްކާ ކަމަށް ބުނެ ބޮޑު ކަންތައްތައްގަނޑެއް ހިންގައިލި އެވެ. އެކަމަކު ވެސް ހެޔޮތާ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: ސެޕްޓެމްބަރު 18، 2018- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ރަސްމީކޮށް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

ޔާމީނަކީ ކުރު މުއްދަތެއްގައި ރާއްޖޭގައި ގިނަ ބަޔަކަށް ފާހަގަކުރެވޭ ވަރުގެ ބޮޑެތި އިންފްރާސްޓްރަކްޗާތަކެއް ގާއިމު ކުރެއްވި ވެރިއެކެވެ. ދުރު މުސްތަގުބަލެއް ގެންގުޅުއްވިކަން އެ މަޝްރޫއުތަކުން އެނގެ އެވެ. ކޮންމެ ކަމަކަށް ވެސް ފާޑުކިޔާނެ ޖާގަ އޮންނާނެ އެވެ. އެ އިންފްރާސްޓްރަކްޗަރުތަކުގެ ބޭނުން މިއަދު ދިވެހިންނަށް ކަމުގޮސް އަޅާ ކިޔަނީ ކަމެއް ވީމަ އެވެ.

ދިވެހި ސިޔާސީ ވެރިންނާއި ބައެއް މަހުޖަނުންނާއި ވިޔަފާރިވެރިންނަށް އޮންނަނީ އޭރަކު ހުންނަވާ ވެރިއަކު ރުއްސުމުގެ އާދަ އެވެ. އެ ވެރިމީހާ ވެސް ދިޔައީމާ އެ ބޭފުޅަކު ކުރެއްވި ކަމެއް ވެސް އޮންނަނީ ޒާތީ ހަސަދައާއެކު ވެއްޔާ މޮޑެވިފަ އެވެ. ޔާމީން ވެސް ގޯސްކަމެއް ކުރައްވާފައި އޮތިއްޔާ ހައްގު އަދަބު ދޭންޖެހޭނެ އެވެ. އެކަމަކު، އެ ބޭފުޅެއްގެ ވެރިކަމުގައި ކުރެއްވި ކަމެއް ނަމަ އެ ކަމެއް ބަލައިގަތުމަކީ ރީތި އާދައެކެވެ.