Roadha Mihaaru
އެއާޕޯޓު ވާނީ ސަރަހައްދުގެ ނަމޫނާއަކަށް: އާދިލް

އެއާޕޯޓު ވާނީ ސަރަހައްދުގެ ނަމޫނާއަކަށް: އާދިލް

18 ސެޕްޓެމްބަރ 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް އަންނަ ތަރައްގީއާއެކު އެ އެއާޕޯޓު ވާނީ ސަރަހައްދުގެ ނަމޫނާއަކަށް ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް އަންނަ ތަރައްގީއާއެކު އެ އެއާޕޯޓު ވާނީ ސަރަހައްދުގެ ނަމޫނާއަކަށް ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދައިގެން އައި ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އާދިލް ވިދާޅުވީ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ ރަންވޭއަކީ މި ސަރުކާރުން އިގްތިސާދަށް އަޅައިދިން ފާލަމެއް ކަމަށެވެ. އަދި އިގްތިސާދު ކުރިއެރުވުމަށް ހުޅުވާލި އާ ދޮރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ ތިން އަހަރުގެ ތެރޭގައި އާ ޓާމިނަލް ނިމުމާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފެންނާނީ ރައީސް ޔާމީންގެ ނަލަ އިގްތިސާދުގެ ދުވެލީގެ އެންމެ ހިތްގައިމު، ޗާލު މަންޒަރަށް،" އާދިލް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް އޭ380 މަރުކާގެ ބޯޓު ޖައްސާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް އޭ380 މަރުކާގެ ބޯޓު ޖައްސާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އާދިލް ވިދާޅުވި ގޮތުގައި، އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަތުލައި އެތަން ހިންގަން އެމްއޭސީއެލްއާ ހަވާލު ކުރުމަކީ ދިވެހިންނަށް ލިބުނު ގައުމީ ކާމިޔާބެކެވެ. އޭނާ ވިދާޅުވި ގޮތުގައި، ޖީއެމްއާރުން އެ ތަނުގައި ރަންވޭއެއް އަޅަން ވިސްނާފައެއް ނެތެވެ. އަދި ރަންވޭ ނޭޅި ނަމަ، އެއާޕޯޓަށް ތަރައްގީ އައި ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަމުގައި އެއާޕޯޓު ހިންގަން ޖީއެމްއާރަށް ދިން ފުރަތަމަ އަހަރު، އެމްއޭސީއެލް އަށް ލިބުނީ އެންމެ 15 މިލިއަން ރުފިޔާ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ. އެކަމަކު، ޖީއެމްއާރު އަތުން އެއާޕޯޓު އަތުލި ފަހުން، އެމްއޭސީއެލަށް ފައިދާގެ ގޮތުގައި އަހަރަކު އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އާދިލް ވިދާޅުވި ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ތަރައްގީގެ މޭސްތިރިއަކީ ރައީސް ޔާމީނެވެ. މިއީ އެ މަނިކުފާނުގެ ދުރު ވިސްނުމުގެ ނަމޫނާއެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެހެން ސަރުކާރަކަށް މިވަރުގެ ތަރައްގީއެއް އެއާޕޯޓަށް ނުގެނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، ކުރީގެ ސަރުކާރުތަކުން އެކިއެކި ފޭސްތަކުގައި އެއާޕޯޓު ތަރައްގީ ކުރަން ހޭދަކުރީ 95 މިލިއަން ޑޮލަރު ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (ކ) އާއި ދިވެހި ގައުމީ ފުޓުބޯޅަ ކޯޗު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެއާޕޯޓުގެ އާ ރަންވޭއާ ގުޅޭ ގޮތުން އާދިލް ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރަނީ ކޮލިޓީ ކަށަވަރުކޮށް ދުރު ވިސްނުމަށް ބިނާކޮށް ކަމަށެވެ. އަދި އެއާޕޯޓު ތަރައްގީ ކުރަން ނެގި އެއް ބިލިއަން ރުފިޔާގެ ލޯން ދެއްކުމުގެ ގާބިލްކަން އެމްއޭސީއެލަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވިސްނުންފުޅަކީ ރާއްޖެ އަށް މިހާރު ޒިޔާރަތް ކުރާ 1.5 މިލިއަން ޓޫރިސްޓުންގެ ބަދަލުގައި، 7.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. އަދި އެވަރުގެ އަދަދަކަށް ޓޫރިސްޓުންނަށް ހިދުމަތް ކުރަން ފުރަތަމަ އަހަރު ވެސް 3000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ރާއްޖޭގެ އިގްތިސާދު އޮތް ރަނގަޅު ހާލަތަށް ބެލި ނަމަވެސް، މި ކުރިއެރުން ވާނީ އޭ380 މަރުކާގެ ބޯޓެއް ފަދަ ބިޔަ އުދުހިގަތުމަކަށް ކަން ޔަގީން،" އާދިލް ވިދާޅުވި އެވެ.

އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމަށާއި ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔަން ބޭއްވި ކުލަ ގަދަ ރަސްމިއްޔާތެއް ބޭއްވިރު، ޓީމުގެ ކުޅުންތެރިން އައީ އޭ380 މަރުކާގެ މަތިންދާ ބޯޓުގަ އެވެ. ބޯޓު އާ ރަންވޭއަށް ޖެއްސުމުގެ ކުރިން، އާއްމުންނަށް ދައްކައިލުމުގެ ގޮތުން މާލެ ވަށައިގެން 1،000 ފޫޓު މަތިން ބުރެއް ޖެހި އެވެ.

މި ރަސްމިއްޔާތުގައި ވައިކުޑައިގައި އެއާޕޯޓަށް ދިވެހި ސިފައިން ފޭބުމުގެ ހަރަކާތެއް ވެސް ބޭއްވި އެވެ. އެ ބޯޓު މިއަދު އިރުއޮއްސެން އުޅެނިކޮށް ވަނީ ފުރައިފަ އެވެ.