ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު މުހައްމަދު އަޒްހާން ކަމަށް ބެލެވޭ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު މިއަދު އިންޑިއާ އަށް ފޮނުވާލައިފި އެވެ.
08 އޮކްޓޯބަރ 2022
ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު މުހައްމަދު އަޒްހާން ކަމަށް ބެލެވޭ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު މިއަދު އިންޑިއާ އަށް ފޮނުވާލައިފި އެވެ.
ފުލުހުން ބުނީ އަޒްހާން، 27، ކަމަށް ބެލެވޭ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ޒުވާނާ ގެއްލިގެން އެ އާއިލާ އިން ހޯދަން ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުން ފެށިގެންނެވެ. އެ ހާދިސާ ފުލުހަށް ހުށަހެޅީ ޖެހިގެން އައި ދުވަހުގެ ރެ އެވެ.
އެކި ގޮތްގޮތުން ލިބުނު މައުލޫމާތަށް ބަލައި އަޒުހާން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް، އޭނާގެ ހަށިގަނޑު މި މަހުގެ ދެވަނަ ދުވަހުގެ ރޭ ފެނުނީ ހުޅުމާލޭގެ ސްކޭޓް ޕާކް ސަރަހައްދުގެ ގަސްތަކުގެ ތެރޭގައި ކުނިވެފައި އޮއްވަ އެވެ. އެއީ، ސީސީޓީވީ ފުޓޭޖުން އޭނާ އެންމެ ފަހުން ފެނުނު ސަރަހައްދެވެ. އެއާއެކު، ގެއްލިގެން ހޯދާ މީހެއްގެ މައްސަލައަކުން މަރުގެ މައްސަލައަކަށް ބަދަލުކޮށް މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ.
ތަހުގީގުގެ ތެރެއިން އޭނާގެ ފޯނު ހޯދާފައިވާއިރު، މަރާލާފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ބަނޑޭރިކޮށިން ފެނުނު ހަށިގަނޑު އިންޑިއާ އަށް
ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި
ރިސޯޓުން ގެއްލުނު އިމާމު އަދިވެސް ނުފެނޭ
ބޯޓަކުން އިންޑިއާ މީހަކު ކަނޑަށް ވެއްޓި ގެއްލިއްޖެ
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް
ހިނގާފައި އެއާޕޯޓަށް ވަންނަން އުޅެނިކޮށް ހިފަހައްޓައިފި
ޕޮންގަލް ފާހަގަކުރަން އުޅެނިކޮށް ހުއްޓުވައިފި
ފާލުބެލުމުގެ ހިދުމަތް ދޭ ގުރޫޕު ހިފަހައްޓައިފި
އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ބިދޭސީން ޑީޕޯޓު
ޑްރަގު އެތެރެކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފި