މަސީ ސައިޑް (އޮކްޓޯބަރު 10) - އެވަންޓަން އާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް، 2-1 ން މޮޅުވި ލަނޑު ކާމިޔާބުކޮށް ދިނުމަށް ފަހު ކްލަބް ކެރިއާގައި 700 ގޯލް ހަމަ ކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ.
މަސީ ސައިޑް (އޮކްޓޯބަރު 10) - އެވަންޓަން އާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް، 2-1 ން މޮޅުވި ލަނޑު ކާމިޔާބުކޮށް ދިނުމަށް ފަހު ކްލަބް ކެރިއާގައި 700 ގޯލް ހަމަ ކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ.
އިންޓަނޭޝަނަލް މަރުހަލާގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދި ރޮނާލްޑޯ، ކްލަބްގައި 700 ލަނޑު ހަމަ ކުރަން 20 އަހަރާއި ދެ ދުވަސް ނެގި އެވެ. ކްލަބްގައި އޭނާ ފުރަތަމަ ލަނޑު ޖެހީ ސްޕޯޓިން ލިޒްބަން އަށެވެ.
އެ އަދަދަށް އޭނާ ގޯލް ޖެހީ 944 މެޗުންނެވެ. ސްޕޯޓިން އަށް އޭނާ ޖަހައި ދިނީ ފަސް ލަނޑެވެ. ޔުނައިޓެޑަށް އޭނާ ވަނީ 144 ގޯލް ޖަހައި ދީފަ އެވެ. ޔުވެންޓަސްގައި 101 އެއް ލަނޑު ޖެހި އެވެ. ރެއާލް މެޑްރިޑްގައި 450 ގޯލް ޖެހި އެވެ. އެ އަދަދަށް ލަނޑު ހަމަ ކުރުމުގައި 129 ޕެނަލްޓީ ވެސް ރޮނާލްޑޯ ކާމިޔާބު ކުރި އެވެ.
ރޭގެ މެޗުގައި އެލެކްސް އިވޯބީ ޖެހި ލަނޑުން. މެޗުގެ ފަސް ވަނަ މިނެޓްގައި އެވަޓަންއިން ލީޑް ނެގި އެވެ. އެކަމަކު އޭގެ 10 މިނެޓް ފަހުން އެންޓޮނީ ޔުނައިޓެޑަށް ނަތީޖާ ހަމަހަ ކޮށް ދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޮނާލްޑޯ ވަނީ ޔުނައިޓެޑް މެޗުން މޮޅުކޮށްދިން ލަނޑު ޖަހައި ދީފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ 700 ލަނޑު ޖެހުމަކީ ވަރަށް ބޮޑު ކަމެއް ކަމަށެވެ.
"“އެއީ ހަގީގަތުގައިވެސް ތަފާތު ކަމެއް. 700 ގޯލު ޖެހޭނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކައިގެން. އަހަރެން އޭނައަށްޓަކައި ވަރަށް އުފާވެއްޖެ. ތަހުނިޔާ ކިޔަން އަދި ޕްރިމިއާ ލީގުގައި މި ސީޒަނުގައި އޭނާ ޖެހި ފުރަތަމަ ލަނޑު. އެކަމާ ވެސް އަހަރެން އުފާކުރަން. ޔަގީން އިތުރު ލަނޑުދަނޑިތަކެއް އަދި އޭނާގެ ފަރާތުން ފެންނާނެ ކަން،" ޓެން ހާގް ބުންޏެވެ.
ރޮނާލްޑޯ އާ ދެކޮޅަށް ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެފައިވާ، އެވަޓަންގެ މިހާރުގެ ކޯޗު ފްރޭންކް ލަމާޕޑް ބުނީ ރޮނާލްޑޯ އަކީ އާދަޔާ ހިލާފް ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ 699 ގޯލްގައި ވަނިކޮށް އެވަޓަން މެޗުގައި 700 ވަނަ ގޯލް ނުޖަހާނެ ކަމަށް އުންމީދުކޮށްގެން ހުރި ކަމަށެވެ.
"އަހަރެން އުންމީދުކޮށްގެން ހުރީ ޔޫރޮޕާ ލީގުގައި 700 ވަނަ ގޯލް ޖާހާނެ ކަމަށް،" ލަމްޕާޑް ބުންޏެވެ.
ރޮނާލްޑޯގެ 700 ވަނަ ގޯލް އޭނާ ޖެހީ އުނދަގޫ ދުވަސް ވަރެއްގަ އެވެ. ޕްރީ ސީޒަންގެ ޓްރޭނިންތަކާ ގުޅެން އޭނާ ލަސްވުމުން ޔުނައިޓެޑްގެ ފުރަތަމަ 11 އިން ފުރުސަތު ދިނުމުގައި ޓެން ހާގް ވަނީ ރޮނާލްޑޯ އަށް ޖާގަ ދޭ މެޗުތައް މަދުކޮށްފަ އެވެ.
އެކަމަކު ރޭ ގެ މެޗަށް ފަހު ޓެން ހާގް ބުނީ ޖެހުނު ލަނޑާއެކު ރޮނާލްޑޯގެ ކުޅުން ރަނގަޅު ވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.
ޔުނައިޓެޑުގެ މައްސަލަތަކުގެ ހައްލު ރޮނާލްޑޯއަށް އެނގޭ
90 މިނެޓް ކުޅެން ރޮނާލްޑޯ އަދި ތައްޔާރެއް ނޫން
އެތުލެޓިކޯ ސަޕޯޓަރުން ރޮނާލްޑޯއާ ދެކޮޅަށް ނުކުމެއްޖެ
ސަޕޯޓަރުގެ ފޯނު ހަލާކުކޮށްލި ރޮނާލްޑޯގެ މައްސަލަ ބަލަނީ
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ޔުނައިޓެޑުން އިތުރު 200 މުވައްޒަފުން ވަކި ކުރަނީ
ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ނިއުޒިލެންޑުން ކޯޓަށް
ރޮނާލްޑޯއަށް 40، އަދިވެސް އެންމެ މަތީ ފޯމްގައި
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު