މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ ސަސްޕެންޝަން ދެ އަހަރު ފަހުން އުވައިލުމުން އިއްޔެ ވަޒީފާ އަށް ނުކުންނަވަން ފައްޓަވައިފި އެވެ.
01 އޯގަސްޓް 2018
މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ ސަސްޕެންޝަން ދެ އަހަރު ފަހުން އުވައިލުމުން އިއްޔެ ވަޒީފާ އަށް ނުކުންނަވަން ފައްޓަވައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން 2016 ވަނަ އަހަރުގެ ކުރީކޮޅު، ގާޒީ ހަސަން ސަސްޕެންޑު ކުރީ އޭނާގެ ސުލޫކީ މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާތީ އެ މައްސަލަ ނިމެންދެންނެވެ.
އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ފެށީ ހައި ކޯޓަށް އައްޔަން ކުރި ދެ ފަނޑިިޔާރުންނަކީ ކޮރަޕްޓް ބައެއް ކަމަށް ވިދާޅުވި ކަމަށް ބުނެ އެވެ.
ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން "މިހާރު" އަށް މިއަދު ވިދާޅުވީ ގާޒޫ ހަސަންގެ މައްސަލަ ނުބެލުމަށް އެ ކޮމިޝަނުން މިހާރު ނިންމާފައި ވާތީ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ.
އެ މައްސަލަ ނިމެންދެން ސަސްޕެންޝަނަށް އަމަލުކުރުން ފަސް ކުރަން އަމުރެއް ނެރެދޭން ހަސަންގެ ފަރާތުން ކުރިން އެދުނަސް ސިވިލް ކޯޓުން އޭރު ނިންމާފައި ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ފައިސަލަށް ތުހުމަތުވާ މައްސަލަތަކެއް އޭސީސީން ބަލަނީ
ފަނޑިޔާރުންގެ މައްސަލަ ތަހުގީގުކުރާއިރު ބަލަނީ ހެއްކަށް
ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަނީ
ފަނޑިޔާރު ނިޔާޒު 23 އަހަރަށް ފަހު ރިޓަޔާކުރައްވަނީ
ފައިސަލް އިސްތިއުފާދިނުމުން ހައި ކޯޓު ހިންގުން ޖަމީލަށް
ފެމިލީ ކޯޓަށް ދެ ގާޒީން އައްޔަންކުރައްވައިފި
ހައި ކޯޓަށް އިސްގާޒީ މާހިރު އައްޔަންކުރަން ނިންމައިފި
ޝަހީދުގެ ނަން ނެގުމުން ފަނޑިޔާރުކަމަށް ހުޅުވާލައިފި
ޖަމީލް، ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްުޔަންކޮށްފި
ޝަހީދު އައްޔަންކުރުން ހުއްޓުވާ މައްސަލަ ބަލައިގެންފި