Roadha Mihaaru

މާލޭގެ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމުގެ ސާވޭއެއް ޖަޕާނުން ކުރަނީ

މީގެ އެތައް އަހަރެއް ކުރިން ޖަޕާނުން މާލެ ވަށައިގެން ލާފައިވާ އެއްގަމު ތޮށި އަޕްގްރޭޑްކުރުމަށް ސާވޭތަކެއް ކުރަން ޖަޕާނާއި ޕްލޭނިން މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މާލޭގެ އެއްގަމުތޮށި އަޕްގްރޭޑް ކުރުމުގެ ސާވޭއެއް ކުރަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

13 އޮކްޓޯބަރ 2022

މީގެ އެތައް އަހަރެއް ކުރިން ޖަޕާނުން މާލެ ވަށައިގެން ލާފައިވާ އެއްގަމު ތޮށި އަޕްގްރޭޑްކުރުމަށް ސާވޭތަކެއް ކުރަން ޖަޕާނާއި ޕްލޭނިން މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ އެކު ސޮއިކުރި އެއްބަސްވުމުގެ ބޭނުމަކީ މާލޭގެ އެއްގަމު ތޮއްޓާއި މާލޭގެ ފެން ހިންދާ ނިޒާމު އަޕްގްރޭޑްކުރުމާ ގުޅޭ ސާވޭތަކެއް ކުރުން ކަމަށެވެ.

އެ މަސައްކަތް ކުރަނީ ޖައިކާގެ ހިލޭ އެހީގެ ދަށުން ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެެވެ.

މާލޭގެ އެއްގަމު ތޮއްޓަކީ މީގެ 35 ވަރަކަށް އަހަރު ކުރިން މާލެ އަށް ފުލުފުލުގައި އެރި ބޮޑު ރާޅުތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށް އެފަދަ ކާރިސާތަކުން ސަލާމަތްވުމަށް ޖަޕާނުގެ ސަރުކާރުގެ އެހީގައި ލާފައިވާ ތޮއްޓެކެވެ.

އެކަމަކު އޭގެ ފަހުން މާލޭގައި އެކި މަޝްރޫއުތައް ހިންގުމަށް ކަނޑު ތޮއްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ. ކަނޑުތޮށީގެ ގާތަށް ނަގާފައި ވަނީ ލިބޭނެ ގެއްލުމުގެ ދިރާސާއެއް ނުހަދައި ކަމަށް ވާތީ ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެ ތަޖުރިބާކާރުން ވަނީ ރަސްފަންނު ތަރައްގީކުރިއިރު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.