މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ސާފިން ޓީމުތަކުގެ އޮފިޝަލް ޕާޓްނަރަކަށް ވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
21 އޮކްޓޯބަރ 2022
މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ސާފިން ޓީމުތަކުގެ އޮފިޝަލް ޕާޓްނަރަކަށް ވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
އެ ބޭންކުން އިއްޔެ ބުނީ، ޒުވާން ސާފަރުންގެ ހުނަރު ތަރައްގީކޮށް، ކުރިއެރުވުމަށް އެމްއެސްއޭ އިން ބާއްވާ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕަށް އެ ޕާޓްނާޝިޕުގެ ދަށުން އެހީތެރިވާނެ ކަމަށެވެ.
ބީއެމްއެލްގެ އިންޗާޖު އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ، ޕާޓްނާޝިޕުގެ ސަބަބުން ސާފިން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ޒުވާން ސާފަރުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. ރާއްޖޭގައި ރާޅާއެޅުމަކީ ކުރިއަރަމުން އަންނަ ކުޅިވަރެއް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ބީއެމްއެލުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވަނީ ފުޓްބޯޅަ އާއި ސްވިމިން އަދި ޓެނިސްއާ އެކު ވެސް ޕާޓްނާޝިޕެއް ހަދައިފަ އެވެ.
ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން ދާދި ފަހުން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން މޮޅެތި އެތްލީޓުންނަށް ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފަ އެވެ.
ބީއެމްއެލްއިން ޖޫނިއާ ސާފިން ޗެމްޕިއަންޝިޕަށް އެހީވެއްޖެ
ހިޔާވަހި ލޯނުގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ދެނީ
ބީއެމްއެލްގައި ދުވަސްވީ މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ބީއެމްއެލް އިން ލަންކާއަށް 25،000 ޑޮލަރު
ބޭންކިންގެ އުސޫލާ ހިލާފަށް ލޯނެއް ނުދެން: ބީއެމްއެލް
"އާ ފްލެޓްތައް ހާއްސަ ކުރާނީ ވިލިމާލޭ ރައްޔިތުންނަށް"
ބީއެމްއެލްގެ އަގުވަޒަންކޮށް ބައިނަލްއަގްވާމީ އެވޯޑެއް
ބްރާންޗުތަކުގެ މުވައްޒަފުން ފައިނޭންޝަލްއެޑްވައިޒަރުންނަށް
"ނިންމާލާނީ އެންމެ ވަރުގަދަ އެއް އަހަރުގެ ގޮތުގައި"
ޗެމްޕިއަންސް ލީގުގެ މެޗަކަށް ދާނެ ފުރުސަތު ދެނީ