Roadha Mihaaru
ބީއެމްއެލްއިން ޖޫނިއާ ސާފިން ޗެމްޕިއަންޝިޕަށް އެހީވެއްޖެ

ބީއެމްއެލް އިސްލާމިކް އިން ޖޫނިއާ ސާފިން ޗެމްޕިއަންޝިފަށް އެހީވެއްޖެ

19 އޮކްޓޯބަރ 2023

ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް ސާފިން އެސޯސިއޭޝަނާ އެކު، ގައުމީ ޖޫނިއާ ސާފިން ޗެންޕިއަންޝިޕަށް ބީއެމްއެލް އިސްލާމިކް އިން އެހީތެރިވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް ސާފިން އެސޯސިއޭޝަނާ އެކު، ގައުމީ ޖޫނިއާ ސާފިން ޗެންޕިއަންޝިޕަށް ބީއެމްއެލް އިސްލާމިކް އިން އެހީތެރިވެއްޖެ އެވެ.

އެ ބޭންކުން ބުނީ، ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ ހާއްސަ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވީ ރާއްޖޭގައި މިފަދަ ކުޅިވަރުތައް ކުރިއަރުވައި، ކުޅިވަރުތައް ކުޅޭ މީހުންނަށް ހިތްވަރު ދިނުމަށް ކަމަށެވެ.

އިއްޔެ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތުގައި 13 ސާފަރުން ވާދަކުރެ އެވެ. މުބާރާތުގައި އޮންނަނީ އުމުރުން 14 އަހަރުން ދަށާއި 16 އަހަރުން ދަށާއި 18 އަހަރުން ދަށުގެ އުމުރުފުރައިގެ އިވެންޓުތަކެވެ.