ކ. ހުރާގައި ބޯޓުޔާޑެއް ހަދަން 100،000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޭން އެ ރަށު ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.
23 އޮކްޓޯބަރ 2022
ކ. ހުރާގައި ބޯޓުޔާޑެއް ހަދަން 100،000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޭން އެ ރަށު ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ، އެ ރަށުގެ ހުޅަނގުފަރާތުގައި ޒަމާނީ ފެންވަރުގެ ބޯޓުޔާޑެއް ހެދުމަށް ބޮޑު ބިމެއް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
ގިނަވެގެން 30 އަހަރަށް ކުއްޔަށް ދޫކުރާ އެ ބިމުގައި އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމާއި އަދި އެ އާ ގުޅުން ހުރި އެހެން ވިޔަފާރިތައް ވެސް ކުރެވޭނެ ކަމަށް ބުންޏެވެ. ބިން ކުއްޔަށް ހިފަން އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ އަކަފޫޓަކަށް 1ރ. އެވެ.
ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މިއަދުން ފެށިގެން ބީލަން ކަރުދާސް ވިއްކާއިރު އަގަކީ 10،000ރ. އެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 17 ގައި ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ކައުންސިލުން ބުނީ އެ ބީލަމުގައި ބައިވެރިވެވޭނީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކަށް އެކަނި ކަމަށެވެ.
ހުރާ އަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މިހާރު ކޮންމެ ރަށެއްގައި ވެސް ހަދަން ޖެހޭ ލޭންޑް ޔޫސް ޕްލޭން އެންމެ ފުރަތަމަ ނިންމައި ޕްލޭނިން މިނިސްޓްރީގެ ހުއްދަ ލިބުނު ރަށްތަކުގެ ތެރެއިން އެއް ރަށެވެ.
ސަރުކާރުން 2020 ވަނަ އަހަރު ހުރާގައި 23 ހެކްޓަރުގެ ބިމެއް ވެސް ހިއްކި އެވެ. އެ ބިން ބޭނުންނުކޮށް އަދިވެސް އޮތީ ހިއްކި ގޮތަށެވެ.
ހުރާގައި ބޯޓުޔާޑެއް ހަދަން ދޭ ބޮޑު ބިން ބަޔަކަށް ދީފި
ހުރާއިން ގަވާއިދާ ހިލާފް 46 ބިދޭސީން އަތުލައިގެންފި
އަލީ ޝިހާމް މިހާރު ބޭނުންވަނީ ކޯޗިން ދަސްކުރަން
ޒަމާންތަކަކަށް ފަހު ހުރަޔަށް އަލުން ފުޓްބޯޅައިގެ ރޫހު
ހުރަޔަށް ފުރުސަތެއް ނުދީ ކުރެންދޫ ދެވަނަ ބުރަށް
އިއްބެގެ ލަނޑުން އައްޑުއަށް ދެވަނަ ބުރުގެ ޖާގަ ޔަގީން
އަރީންގެ ގޯލުން މޮޅުވެ ހުރާ އުންމީދު ހޯދައިފި
36 އަހަރަށް ފަހު ގުރައިދޫން ހުރާ ބަލިކޮށްފި
އަނބިމީހާ ހަނދާނުގައި ރަށު ސްކޫލްގައި މިސްކިތެއް
ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ހުރާ އަލުން ދަނޑަށް