އިލެކްޓްރިކް ބޯޓު އުފައްދާ، ސްވިޑެންގެ ކެންޑެލާ އިން ޑިޒައިންކޮށްފައިވާ ފެނުގެ "މަތިން ދުއްވާ" ހައިޑްރޯފޮއިލް ބޯޓުތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
09 ނޮވެމްބަރ 2025
އިލެކްޓްރިކް ބޯޓު އުފައްދާ، ސްވިޑެންގެ ކެންޑެލާ އިން ޑިޒައިންކޮށްފައިވާ ފެނުގެ "މަތިން ދުއްވާ" ހައިޑްރޯފޮއިލް ބޯޓުތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
އިލެކްޓްރިކް ވެހިކަލްތަކާ ގުޅޭ މައުލޫމާތު ގެނެސްދޭ "އިލެކްޓްރިވް" ވެބްސައިޓުގައި އިއްޔެ ބުނީ "ކެންޑެލާ ޕީ-ޓުވެލް" މޮޑެލްގެ 10 ބޯޓަށް ރާއްޖޭގެ ޓުއާ އޮޕަރޭޓަރު އީގޯ ޝަޓުލް އިން އޯޑަރު ދީފައިވާ ކަމަށެވެ. އަދި އެ ބޯޓުތައް ރާއްޖެ ގެނެސް އަންނަ އަހަރު ޚިދުމަތް ފަށާނެ ކަމަށް އެ ވެބްސައިޓުގައި ބުންޏެވެ.
އެ ބޯޓުތައް ދަތުރުކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެ ކައިރި ރިސޯޓުތަކާ ދެމެދުގަ އެވެ.
ހައިޑްރޯފޮއިލް ޓެކްނޮލޮޖީގެ އެހީގައި ދުއްވާ އެ ބޯޓުތައް އޮޕަރޭޓްކުރާ އިރު އޮންނާނީ ކަނޑުގެ ފެން ފަށަލައިގެ އެއް މީޓަރު އުހުގަ އެވެ. ގަޑިއަކު 46 ކިލޯމީޓަރު ބާރަށް ދުއްވޭ އެ ބޯޓުތަކަކީ އާދައިގެ ސްޕީޑް ބޯޓުތަކަށް ވުރެ ބާރަށް ދުވާ އަދި ގުޑުން ވެސް ކުޑަ ބޯޓުތަކެކެވެ.
ކެންޑެލާ އިން ބުނި ގޮތުގައި، އެ ބޯޓުތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީގެ ސަބަބުން ހަކަތަ ބޭނުންކުރާ މިންވަރު 80 ޕަސެންޓް ކުޑަކޮށްދެ އެވެ. ބެޓަރީގެ އެހީގައި ދުއްވާ އެ ބޯޓުތަކަށް ތެޔޮ އަޅަން ނުޖެހެ އެވެ.
"ޕީ-ޓުވެލް" އަކީ 11.99 މީޓަރު ދިގު، 378 ކިލޯވޯޓުގެ ބެޓަރީއަކުން އޮޕަރޭޓްކުރާ ބޯޓެކެވެ. އޭގެ ކޮންމެ ބޯޓެއްގައި 30 ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެވެ. އޭސީކޮށްފައި ހުންނަ އެ ބޯޓުތަކުގައި ވައިފައިގެ ހިދުމަތާއި އެންޓަޓެއިންމަންޓް ސްކްރީނާއި ޑިވައިސްތައް ޗާޖުކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައި ހުރެ އެވެ.
އިލެކްޓްރިވް އިން ބުނި ގޮތުގައި، ސްޓޮކްހޯމްގައި މިހާރު ވެސް އާންމު ދަތުރުފަތުރުގައި "ޕީ-ޓުވެލް" ބޭނުން ކުރެ އެވެ. އަދި އެމެރިކާގެ ލޭކް ޓަހޯގައި ވެސް ވަރަށް އަވަހަށް މީގެ ބޯޓެއް ދުއްވަން ފަށާނެ އެވެ. އަދި އިންޑިއާ އާއި ތައިލެންޑުން ވެސް މިހާރު ވަނީ މީގެ ބޯޓުތަކަށް އޯޑަރު ދީފަ އެވެ.
ކަނޑު އުޅަނދުތައް ޗެކްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
ފަޅުވެރިންނަށް އޮތް ޒިންމާ ވަރަށް ބޮޑު
ސައިކަލް ވަގަށް ނަގައިފި ނަމަ ފީނުނަގަން އެދިއްޖެ
ބިދޭސީންނަށް ވެހިކަލް ރަޖިސްޓްރީކޮށް ދިނުން ހުއްޓާލައިފި
ނުރައްކާތެރިކޮށް ދުއްވާ މީހުން 20 އަހަރަށް ޖަަލަށް
"މީޓަރު ތައާރަފްނުކޮށް ޓެކްސީ މައްސަލަ ހައްލު ނުވާނެ"
ކޮޅުވެއްޓިތައް ފުށުންޖެހެނީ؛ ގޯސްވީ ކޮން ކަމެއް؟
ރިސޯޓާއެކު ކާށިދޫގައި ސީޕްލޭންގެ ހިދުމަތް ލިބޭނެ:ރައީސް
ހެލިކޮޕްޓަރު އޮޕަރޭޓަރުކުރާނެ ބަޔަކު އަލުން ހޯދަނީ
ސިނގިރެޓް ވައްކަން: ދޯނި ކެޕްޓަން ހައްޔަރުކޮށްފި