Roadha Mihaaru
ފެން ހޮޅީގެ މައްސަލަ ހައްލު ކޮށްފިން: ސްޓެލްކޯ

ލީކުވާ ފެން ހޮޅީގެ މައްސަލަ ހައްލު ކޮށްފިން، ވީހާވެސް އަވަހަކަށް މަގު ހުޅުވާލާނެ: ސްޓެލްކޯ

24 އޮކްޓޯބަރ 2022

މާލޭގެ ބޮޑުތަކުރުފާނު މަގުން ސްޓެލްކޯއާ ދިމާލުން ފަޅައިގެން ދިޔަ ހޮޅީގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި ވީހާވެސް އަވަހަކަށް އެ މަގު ހުޅުވައިލާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މާލޭގެ ބޮޑުތަކުރުފާނު މަގުން ސްޓެލްކޯއާ ދިމާލުން ފަޅައިގެން ދިޔަ ހޮޅީގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި ވީހާވެސް އަވަހަކަށް އެ މަގު ހުޅުވައިލާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ސްޓެލްކޯ އިން މާލެ އަށް ކަރަންޓު ދޭން ބޭނުން ކުރާ ޕްލާންޓެއްގެ އިންޖީނުތަކުގެ ކޫލިން ސިސްޓަމުގައި ބޭނުންކުރާ އައުޓްފްލޯ ހޮޅިއެއް ފަޅައިގެން ގޮސް މަގަށް ލޮނު ލީކުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ.

މާލެ އަތޮޅާއި ވ. އަތޮޅުގައި ސްޓެލްކޯ އިން ހިދުމަތް ދޭ ރަށްރަށުގެ މަގުބައްތިތައް ބެލެހެއްޓުމާ އެ ކުންފުނިން ރަސްމީކޮށް ހަވާލުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ރޭގެ ދަންވަރަގެ ވަގުތެއްގައި އެ ލީކު "މެނޭޖު" ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ހޮޅި ހެދުމަށް ކޮނެފައިވާ ވަޅު މިރޭ ބައްދައިލަން ކޮންކްރީޓު އަޅާނެ ކަމަށެވެ. އެއާއެކު ވީހާ ވެސް އަވަހަކަށް އެ މަގު އެއްކޮށް ހުޅުވައިލާނެ ކަމަށް ވިދާޅުވި އެވެ.

އެ މަސައްކަތް ދަންވަރު ކުރަނީ ޝަރީފު ވިދާޅުވި ގޮތުގައި، މާލެ އަށް ހިދުމަތްދޭ އެއްވެސް ޖަނަރޭޓަރެއް ދުވާލު، ޕީކު ގަޑީގައި ނިއްވައިލެވެން ނެތުމުންނެވެ.

ވ. އަދި ކ. އަތޮޅުގައި ސްޓެލްކޯ އިން ހިދުމަތްދޭ ރަށްތަކުގެ މަގުބައްތިތައް ބެލެހެއްޓުމާ ހަވާލުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޑީ ޝަރީފް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ | މިހާރު

ވ. އަދި ކ. އަތޮޅުގައި ސްޓެލްކޯ އިން ހިދުމަތްދޭ ރަށްތަކުގެ މަގުބައްތިތައް ބެލެހެއްޓުމާ ހަވާލުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޑީ ޝަރީފް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ | މިހާރު

އެ މައްސަލަ ދިމާވި ހިސާބުން ފެށިގެން ސްޓެލްކޯގެ އަމާޒަކަށް ވީ ކަރަންޓުގެ ހިދުމަތް މެދުކެނޑިޔަ ނުދީ ހައްލު ކުރުން ކަމަށް އެމްޑީ ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި ސިޓީ ކައުންސިލަށް ބަދު ބަހެއް ބުނުމުގެ ބޭނުމެއް ނެތް. އަަދި ތިބޭފުޅުންނަށް ކަމެއް ނުކުރެވޭނެ ކަން ދެއްކުމުގެ ވިސްނުމެއް ވެސް ނެތް. އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންކަން ފުރިހަމަކޮށް، އެ ހިދުމަތް ދޭން" ޝަރީފު ވިދާޅުވި އެވެ.

ފެން ހޮޅީގެ މައްސަލަ ހައްލު ނުކުރެވި ލަސްވީ މާލެ ސިޓީ ކައުންސިލުން އެ މަގު ބަންދުކުރުމަށް ދޭން ޖެހޭ ހުއްދަ ނުދިނުމުން ކަމަށް ސްޓެލްކޯއިން ކުރިން ބުނެފައި ވެ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، އެ ހޮޅިން ފެންލީކުވާން ފެށީ 15 އަހަރަށް ފަހުންނެވެ. އޭނާ ވިދާޅުވީ ވަކިބަޔަކަށް އެ ކަމުގައި ބުރަ ބަހެއް ނުބުނެ، ހޮޅި ލީކުވުން ހުއްޓުވައި ދޭނެ ކަމަށެވެ.

ފެންވަރު ރަނގަޅު އިލެކްޓްރިކަލް އިންޖިނިއަރުން ސްޓެލްކޯގައި ތިބި ނަމަވެސް، ފެންހޮޅި މަރާމާތުކޮށް، ހެދުމަކީ އެ ކުންފުނީގެ ތަޖުރިބާ ވަރަށް ކުޑަ ދާއިރާއެއް ކަމަށް ޝަރީފު ވިދާޅުވި އެވެ. އެވެ.