25 އޮކްޓޯބަރ 2022
ޗާގޮސްގެ ރަށްތަކުގެ ކަނޑުގެ ސަރަހައްދު ކަނޑައަޅާ މައްސަލަ ބައިނަލްއަގްވާމީ ކޯޓުގައި ހިނގަމުން ދަނިކޮށް، އެ މައްސަލައިގައި ދިވެހި ސަރުކާރުގެ ސްޓޭންޑު ކުއްލި ގޮތަކަށް ބަދަލުކުރީ އިންޑިއާގެ ނުފޫޒު އޮވެގެން ކަމަށް ދައްކާ ވާހަކަތައް ރާއްޖެ އިން ރޭ ދޮގުކޮށްފި އެވެ.
ޗާގޮސްގެ ރަށްތަކުގެ ކަނޑުގެ ސަރަހައްދު ކަނޑައަޅާ މައްސަލަ ބައިނަލްއަގްވާމީ ކޯޓުގައި ހިނގަމުން ދަނިކޮށް، އެ މައްސަލައިގައި ދިވެހި ސަރުކާރުގެ ސްޓޭންޑު ކުއްލި ގޮތަކަށް ބަދަލުކުރީ އިންޑިއާގެ ނުފޫޒު އޮވެގެން ކަމަށް ދައްކާ ވާހަކަތައް ރާއްޖެ އިން ރޭ ދޮގުކޮށްފި އެވެ.
މުޅި ގައުމުގެ ސަމާލުކަން ހުއްޓިފައިވާ މައްސަލައާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، މިލްކުވެރިކަމުގެ މައްސަލައިގައި ރާއްޖޭގެ ވިސްނުން ބަދަލުކުރީ އެއްވެސް ގައުމެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށެވެ.
އެއީ، ރާއްޖޭގެ އަމިއްލަ ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ގައުމެއްގެ ނުފޫޒެއް ނެތް. [ވަކި] އިންޑިއާ ނޫން އެހެން ގައުމެއްގެ ނުފޫޒެއް ނެތް. މިއީ ރާއްޖޭގެ އަމިއްލަ ސްޓޭންޑު،" މިއުވާން ވިދާޅުވި އެވެ.
ރާއްޖޭ އާއި ޗާގޮސްގެ އީއީޒެޑް ފުށުއަރާ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސް އިން ހުށަހެޅުމާ އެކު، ރާއްޖެ އިން ވަކާލާތު ކުރަމުން އައީ ޗާގޮސްއަކީ އިނގިރޭސި ވިލާތުގެ މިލްކުވެރިކަން އޮތް ސަރަހައްދެއް ކަމަށާއި އެހެންވެ އެ މައްސަލައިގައި މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އިނގިރޭސި ވިލާތުން ޗާގޮސް ހިފައިގެން ތިބުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައި އެއީ މޮރިޝަސްގެ ބައެއް ގޮތުގައި ނިންމައިފަ އެވެ.
ރާއްޖޭގެ ސްޓޭންޑާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުންނާއި އިޓްލޮސް އިން ނިންމާފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ރާއްޖެ އިން ވަނީ، ޗާގޮސް އަކީ އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި ކުރިން ގެންގުޅުނު ވިސްނުން ބަދަލުކޮށް، އެ ކަމުގައި މޮރިޝަސް އަށް ތާއީދު ކުރަން ނިންމައިފަ އެވެ.
އެކަމާ ގުޅިގެން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
މެރިޓައިމް ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ އަދި މޮރިޝަސްގެ މައްސަލައިގައި މީގެ ކުރިން ސަރުކާރަށް ލަފާ ދިނުމުގައި އިސް ދައުރެއް އަދާކުރެއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ރޭ ވިދާޅުވީ މޮރިޝަސް މައްސަލައިގައި ސްޓޭންޑް ބަދަލު ކުރުމުގެ ފައިދާ ކުރާނީ އިންޑިއާ އަށް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އޭނާ ވިދާޅުވީ މޮރިޝަޝްއަކީ އިންޑިއާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށާއި އެ ގައުމުގެ އާބާދީގެ ބޮޑު ބަޔަކީ ވެސް އިންޑިއާގެ މީހުން ކަމަށެވެ. އެ ގާތް ގުޅުމުގެ ތެރެއިން މޮރިޝަސް އަށް ޗާގޮސް އައިލެންޑް ލިބުމަކީ އިންޑިއާ އިން ބުރަ ވާނެ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ރާއްޖޭގައި ހަނިމާދު އާއި އުތުރުތިލަފަޅާއި އައްޑޫގައި އިންޑިއާ އިން ބަނޑަހަ ޖަހާފައިވާ ކަމަށެވެ. އެ ގައުމަށް ދެން ބޭނުން ވާނީ އައްޑޫގެ ދެކުނު ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ އުތުރާއި ދެކުނާއި މެދުގައި ޖަހާފައި ދެން އެ މީހުންނަށް [އިންޑިއާ އަށް] ބޭނުން ވަނީ އައްޑޫ އަތޮޅުގެ ދެކުނު. ދެކުނުގައި އޮންނާނީ ޗާގޯސް. އެ ތަން މޮރިޝަސް އަށް ދިނުމާ އެއްކޮށް އެ މީހުންނަށް އިންޑިއަން އޯޝަން އެއްކޮށް ކޮންޓްރޯލް ލިބުނީ،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 10 އަހަރު ވަންދެން ބަންޑާރަ ނައިބުކަން ކުރެއްވި މުނައްވަރު ވިދާޅުވި އެވެ.
"ސަރުކާރުގެ ސްޓޭންޑުން ފައިދާ ވާނީ އިންޑިއާ އަށް"
ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ނުދައްކާ ވާހަކަ!
އޭޖީ އޮފީހުން އިސްކުރީ ރާއްޖޭގެ މަސްލަހަތު: މުއިއްޒު
ރާއްޖޭގެ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސަރު ޕަޔަމް
އިމުގެ މައްސަލާގައި ސްޓޭންޑް ބަދަލެއް ނުވޭ: ސަރުކާރު
ޖިނާއީ ކުށްތައް ހުއްޓުވުމާ ގުޅޭ އެއްބަސްވުން ކޮމިޓީއަށް
ޖިނާއީ ކުށްތައް ހުއްޓުވަން އިންޑިއާގެ އެހީ ހޯދަނީ
"ރާއްޖެ-އިންޑިޔާއާ ދެމެދު އޮތީ މާ ގާތް ގުޅުމެއް"
ޔޫޕީއައި ތައާރަފުކުރަން ކޮންސޯޓިއަމެއް ގާއިމުކުރަނީ
ރާއްޖޭގައި ތިބި އިންޑިއާގެ 51 ސިފައިން ފޮނުވާލައިފި