29 އޮކްޓޯބަރ 2022
އޮޓޮޕްސީ ހަދަން ޖެހޭ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ދީފައި ނޯންނަ ކަމަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.
އޮޓޮޕްސީ ހަދަން ޖެހޭ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ދީފައި ނޯންނަ ކަމަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.
ޑްރަގް އޮޕަރޭޝަނަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ގދ. ހޯނޑެއްދޫން ހައްޔަރުކުރި، އަބްދުﷲ ރަޝީދު 42، މަރުގެ މައްސަލާގައި އިންސާފަށް ވާސިލްވުން މުހިއްމުކަމަށްވާތީ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް އެންއައިސީން ވަނީ ބުނެފަ އެވެ. އޭނާ ހައްޔަރުކުރި ވަގުތު ފަރުވާއަށް އެދުނު ނަމަވެސް އެކަމުގައި އިހުމާލުވެފައިވާ ކަމުގެ ތުހުމަތާ އެކު އާއިލާ އިން ވަނީ ފުލުހުންނަށް ތުހުމަތުކޮށްފަ އެވެ.
މި މައްސަލައިގައި ހަށިގަނޑު ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދަން ފުލުހުން ބޭނުން ވިޔަސް އާއިލާ އިން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.
ފައިރޫޝް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއްސަސާތަކުގެ ތެރެއިން އޮޓޮޕްސީ ހެދުމުގެ އިހުތިޔާރު ދީފައި ވަނީ ހަމައެކަނި ފުލުހުންގެ އިދާރާއަށް ކަމަށެވެ. އަދި އެ ގާނޫނަށް ގެނައި އިސްލާހުގައި އޮޓޮޕްސީއެއް ހެދުމުގެ ކުރިން ކޯޓު އަމުރެއް ހޯދުމަކީ ލާޒިމް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
There’s substantial ambiguity over @NIC_Maldives’ decision to conduct an autopsy (post-mortem examination) on AR. I believe that NIC lacks the authority to conduct autopsy, as the Third Amendment to Criminal Procedure Act enacted on 22 Sep 2020 grants this authority to the
— Fairoosh, PhD (@Fairoosh) October 29, 2022
— 1/3
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހަށްވުރެ ފަހުން ފާސްކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން އޮޓޮޕްސީއެއް ހަދާ ނަމަ ކޯޓުން އަމުރެއް ހޯދަން ޖެހޭނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވިޔަސް ރަޝީދުގެ ހަށިގަނޑު ހޯދަން އާއިލާ އިން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެންއައިސީގެ ނިންމުމަށް ބާރުދީ ވާހަކަ ދައްކައިފަ އެވެ. ދައުލަތުން ބުނި ގޮތުގައި އަމުރަކާ ނުލައި ވެސް ޕޯސްޓްމޯޓަމް ހެދޭނެ އެވެ.
އެންއައިސީ އަށް ގާނޫނުން ބޮޑެތި ބާރުތަކެއް ދީފައިވާ އިރު، އޭގެ ތެރޭގައި ކޮމިޝަނުން ބެލި މައްސަލައަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރުމަށް އެ ކޮމިޝަނަށް ފެނިއްޖެ ހިނދެއްގައި އެކަން ތަހުގީގުކޮށް ކުރިއަށް ގެންދިއުމަށް ފުލުހުންނަށް ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހެޅޭނެ އެވެ.
އަދި އެ ކޮމިޝަނުން ބަލާ މައްސަލަތަކާ ގުޅިގެން ޓާސްކް ފޯސްތައް އުފެއްދުމާއި، ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ފަންނީ އެހީތެރިންގެ ގޮތުގައި ކަމާގުޅޭ ދާއިރާތަކުގެ އެހީތެރިކަން ހޯދަން ޖެހޭ ކަމަށްވެސް އެންއައިސީ އަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި ހިމެނެ އެވެ.
މަރުގެ މައްސަލަތައް ތަހުގީގު ކުރަން ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވާއިދުގައިވާ ގޮތުގައި ވަކި މަރުތަކެއްގައި ޕޯސްޓް މޯޓަމް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް ދީފައިވެ އެވެ. އޭގެތެރޭގައި އެކްސިޑެންޓަކާ ގުޅިގެންނާއި ގަސްތުގައި މީހަކު މަރާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާއި އިހުމާލުގެ އަމަލުން މީހަކު މަރުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ އިތުރުން ގޮތް ނޭނގޭ މަރުގެ މައްސަލަތައް ހިމެނެ އެވެ.
ރަޝީދު މަރުވީ، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށެވެ. ހޯނޑެއްދޫން ހައްޔަރުކޮށްގެން ގދ. މަޑަވެލީ ސިއްްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ ކައުންސިލުން ބުނެފައިވެ އެވެ. ފުލުހުން ލޯންޗަށް އަރުވައިގެން ދިޔައިރު ވެސް އޭނާގެ މޭގައި ރިއްސާ ކަމަށް ބުނެފައިވަނިކޮށް ފަރުވާ ނުދީ ލަސްކުރި ކަމަށް އާއިލާ އިން ބުނެ އެވެ. މި ތުހުމަތުތަކާ ހެދި ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން އަންނަ ހޯމަ ދުވަހު ފޮނުވަން ވަނީ ނިންމައިފަ އެވެ.
ރަޝީދުގެ ހަށިގަނޑު ހޯދަން އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ބާއްވައިފަ އެވެ. މި މައްސަލައިގައި ހޯމަ ދުވަހުގެ ކުރިން ގޮތެއް ކަނޑައަޅާނެ ކަމަށް ވަކީލުން ވިދާޅުވެ އެވެ.
ޕޯސްޓްމޯޓަމަށް ފަހު ރަޝީދުގެ ޖަނާޒާ މިއަދު ބާއްވަނީ
ޖޮއިންޓް އިންވެސްޓިގޭޝަން ހިންގަނީ ކީއްވެތޯ ބަލަނީ
ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި
އިހުމާލުއޮތްތޯ ބަލާ ތަހުގީގަށް އެއްބާރުލުން ދޭނަން:ސީޕީ
ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާކުރަން ފޮނުވަނީ
ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު ހާމައެއް ނުކުރާނެ
ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލައިފި
ރަޝީދުގެ މަރު: ޖޮއިންޓް ތަހުގީގެއް ހިންގަނީ ކީއްވެ؟
އިންސާފަށް ވާސިލުވާން ޕޯސްޓްމޯޓަމް މުހިއްމު: އެންއައިސީ
ރަޝީދުގެ އޮޓޮޕްސީ ހަދަން އާއިލާއިން ދެކޮޅު ހަދައިފި