މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުހެއް މިރޭ ހުޅުމާލޭގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
31 އޮކްޓޯބަރ 2022
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުހެއް މިރޭ ހުޅުމާލޭގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
މިރޭ 8:45 ގައި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބާއްވާ އެ ދަރުހަކީ މެންކް ރާއްޖެ އަށް މިހާރު ކުރައްވާ ދަތުރުގައި އޭނާ ދެއްވާނެ އެންމެފަހު ދަރުހެވެ. މިރޭގެ މައުލޫއަކީ އާއިލީ މައްސަލަތައް ހައްލުކުރުމެވެ.
މެންކް ވަނީ މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ، ހުކުރު ނަމާދު ކުރައްވައިފަ އެވެ. އަދި ހަމަ އެ ދުވަހުގެ ރޭ މާލޭ ކާނިވަލުގައި "ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް"ގެ މައުލޫއަށް ދަރުސް ދެއްވި އެވެ. އެ ދަރުސް އަޑުއަހަން ވަރަށް ގިނަ ބަޔަކު ކާނިވަލަށް ދިޔަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ފުވައްމުލަކުގައި އަދި އިއްޔެ އައްޑޫގައި ވެސް މެންކް ދަރުސް ދެއްވި އެވެ. އެ ދަރުސްތަކަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.
ހިތް އެދޭ ކަމެއް ﷲ ފަސްކުރައްވާނީ ތިމާއަށް އެއަށް ވުރެ ހެޔޮ ގޮތެއް އޮތަތީ: މެންކް https://t.co/lQvRqiJEkP
— Mihaaru (@Mihaarunews) October 29, 2022
މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވެސް މެންކް ރާއްޖެ ވަޑައިގެން، ދަރުސް ދެއްވި އެވެ.
މެންކް، 2020 ގައި ރާއްޖެ އަށް ކުރެއްވި ދަތުރުގައި ހދ. ކުޅުދުއްފުށީގައި ދަރުސް ދެއްވި އެވެ. އޭގެ ކުރިން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ވެސް ރާއްޖެ ވަޑައިގެން އެކި މައުލޫއުތަކަށް ދީނީ ދަރުސް ދެއްވި އެވެ. އެއިން ކޮންމެ ދަރުހަކަށް ވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.
މުފްތީ މެންކުގެ ދަރުހެއް މި މަހު 31ގައި ހުޅުމާލޭގައި
ހުޅުމާލޭގެ ދުވާ ޓްރެކް ޔޫތު މިނިސްޓްރީން ބަންދުކުރަނީ
ހުޅުމާލޭ ބައެއް މަގުތައް މަރާމާތުކުރަން ޗައިނާ ބަޔަކަށް
ހިޔާގެ އެއްބަސްވުން/އަގުގެ ބަދަލު ފެންނާނެގޮތް ހަދައިފި
ހުޅުމާލޭ ފަރަށް ބަޔަކު ގެއްލުން ދީފި
ވިނަރެސްއިން ކާރު ޕާކިން ޖާގަ ބީލަން އުސޫލުން ވިއްކަނީ
ހުޅުމާލެއިން ސްޓޯލް ވިއްކާ ކަމަށް ބުނެ ސްކޭމް ހިންގަނީ
އެޗްޑީސީ މުވައްޒަފުންގެ ފްލެޓުތައް ހަވާލުކުރަން ފަށައިފި
ހުޅުމާލެ 3 ގެ ބިން ހިއްކަން އަލުން ފަށައިފި
ހުޅުމާލޭ 3 ހިއްކަން ފަށާތީ ފަޅު ހުސްކުރަން އަންގައިފި