11 ޖޫން 2018
ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރަށް އަޅާފައިވާ ދުވާ ޓްރެކް އެޗްޑީސީން ހުޅުވިތާ މާގިނަ ދުވަހެއް ނުވަނީސް، އެ ތަން ބަންދުކުރަން ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.
ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރަށް އަޅާފައިވާ ދުވާ ޓްރެކް އެޗްޑީސީން ހުޅުވިތާ މާގިނަ ދުވަހެއް ނުވަނީސް، އެ ތަން ބަންދުކުރަން ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.
ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ އައުޓްޑޯ ސްޕޯޓްސް އެރީނާ ކައިރީގައި އަޅާފައިވާ ސިންތެޓިކް 400 މީޓަރު ދިގު މި ޓްރެކް އާއްމުންނަށް ހުޅުވިކަން އެޗްޑީސީން އިއުލާނު ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރި ޓްވީޓަކުންނެވެ. އަދި އޭގެ ފަހުން، ގިނަ ބަޔަކު އަންނަނީ އެތަން ބޭނުން ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުން އެޅި އެ ޓްރެކް އެޗްޑީސީން ހުޅުވީ ޔޫތު މިނިސްޓްރީގެ މަޝްވަރާއަކާ ނުލަ އެވެ. އަދި ޓްރެކްގެ މަސައްކަތް އަދިވެސް މުޅިން ނުނިމޭތީ އާއި އެތަން ބޭނުން ކުރަން ރައްކާތެރި ނޫން ކަމުން، ޓްރެކް ބަންދުކުރަން ނިންމީ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
The synthetic track in #Hulhumalé has opened for public. The track developed by @MinYouthSports is located near the ongoing construction of Outdoor Sports Arena which will include a football ground and other supporting facilities.⁰#HDCMaldives #YouthCity pic.twitter.com/3cngeof4cJ
— HDC (@hdcmaldives) May 27, 2018
"އަޅުގަނޑުމެން ބޭނުމެއް ނޫން އެތަން އަދި ހުޅުވާކަށް. އެކަމަކު މިިހާރު ވެސް ގިނަ ބަޔަކު ޓްރެކް ބޭނުން ކުރޭ. އެހެންވެ، ކުއްލިއަކަށް އެތަނުގައި ބޯޑެއް ޖަހައި ތަން ބަންދުކުރީމައި އާއްމުންނަށް އުނދަގޫވާނެތީ، ރޯދަ ނިމުމުން ޓްރެކް ރަސްމީކޮށް ބަންދުކުރަން ވަނީ ނިންމާފައި،" ޔޫތު މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޅިން މަސައްކަތް ނުނިމެނީސް ޓްރެކް ބޭނުން ކުރާތީ އެ ސަރަހައްދުގައި އޮންނަ ވިނަގަނޑު ވެސް ވަރަށް ބޮޑަށް ހަލާކުވަމުން ދާ ކަމަށެވެ. އަދި އެތަނުގައި ޗޭންޖިން ރޫމާއި އެހެން ވަސީލަތްތައް ގާއިމުކޮށް، އެ މަސައްކަތް ކުރަމުން ދާތީ އޭގެ ސަބަބުން އާއްމުން އެތަނަށް ވަދެ އުޅުން އެހާ ރައްކާތެރި ނުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ޔޫތު މިނިސްޓްރީން ބުނިގޮތުގައި އެޗްޑީސީން އާއްމުންނަށް ޓްރެކް ހުޅުވާލީ، އެތަން އާއްމުން ބޭނުން ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމަށް، ސްޕޯޓްސް ކައުންސިލާއި މިނިސްޓްރީން މަޝްވަރާ ކުރަމުން ދަނިކޮށެވެ. އެކަމަކު ޓްރެކް ބަންދު ކުރުމަށް ފަހު، އެ އުސޫލު އެކުލަވާލައި އަންނަ އޮގަސްޓު މަހުގެ ތެރޭގައި އަލުން އެތަން އާއްމުންނަށް ހުޅުވާލާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.
ސަރުކާރުން ހަ ލައްކަ ރުފިޔާ ހަރަދުކޮށްގެން އެޅި މި ޓްރެކްގެ މަސައްކަތް ކުރަނީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
އެޗްޑީސީން ކުރިން ބުނިގޮތުގައި ހުޅުމާލޭގައި މިހާރު މަސައްކަތް ކުރަމުން އަންނަ އައުޓްޑޯ ސްޕޯޓްސް އެރީނާގައި ފުޓުބޯޅަ ދަނޑެއްގެ އިތުރުން، ކުޅިވަރާ ގުޅޭ އެހެން ވަސީލަތްތައް ވެސް ލިބެން ހުންނާނެ އެވެ.
މި ޓްރެކް ނުނިމެނީސް، ރެޑްބުލް އާއި ނައިކްގެ އެތުލީޓް އިވާނާ ސްޕަނޮވިޗް ވަނީ ރާއްޖެ އައިސް މި ޓްރެކްގައި ދުވެފަ އެވެ. އަދި ޓްރެކްގެ މަސައްކަތް ނިމުމުން ތަމްރީނު ހެދުމަށް އޭނާ އެތަނަށް އަންނާނެ ކަމަށް ބުނެފައި ވެ އެވެ.
ހުޅުމާލެއިން ޔޫތު މިނިސްޓްރީއަށް ބޮޑު ބިމެއް
އާއިލީ މައްސަލަތަކަށް މެންކް ދެއްވާ ދަރުސް މިރޭ
ހުޅުމާލޭ ޓްރެކް ހަދަން ހަވާލުކުރީ ގަވާއިދާ ޚިލާފަށް
2،100 ފްލެޓާ އެކު އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް
އެޗްޑީސީގެ ޗެއާމަން ކަމަށް ނާސިފް އައްޔަންކޮށްފި
ރައުންޑްއެބައުޓާއެކު އެކްސިޑެންޓް މަދު، ހޭލުންތެރިކުރަނީ
އެޗްޑީސީއަށް ފައިސާ ނުދައްކާ ކުންފުނިތައް ހާމަކުރަނީ
އިތުރު 18 ބިމެއް ވިއްކަން އެޗްޑީސީން ހުޅުވާލައިފި
ހުޅުމާލެ 2 އަލިކުރަން އެޅި ކޭބަލްތައް ވަގަށް ނަގައިފި
ހުޅުމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަށް ބިން ދީފި