Roadha Mihaaru
ދިރާގު ހައި ސްޕީޑް ފައިބަ އިންޓަނެޓު ބ. ކުޑަރިކިލަށް

ދިރާގު ހައި ސްޕީޑް ފައިބަ އިންޓަނެޓު ބ. ކުޑަރިކިލަށް

31 އޮކްޓޯބަރ 2022

ދިރާގުގެ ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ރަސްމީކޮށް ބ. ކުޑަރިކިލުގައި ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގުގެ ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ރަސްމީކޮށް ބ. ކުޑަރިކިލުގައި ފަށައިފި އެވެ.

ދިރާގުން ބުނީ އެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ އެ ރަށުގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެކު ކަމަށެވެ. އެގޮތުން އެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ހިދުމަތް ގުޅައިދިނުމާއި، ރައުޓަރު ދޫކުރަނީ ހިލޭ ކަމަށް ބުންޏެވެ.

ދިރާގުން ބުނީ، އެ ކުންފުނީގެ އެ ރަށުގެ ކަސްޓަމަރުންނަށް މިހާރު ހަލުވި ސްޕީޑުގައި، ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ޕެކޭޖުތައް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ދިރާގުން އެ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ފައިބާ އިންޓަނެޓުގެ ހިދުމަތް ދަނީ ތައާރަފް ކުރަމުންނެވެ.

ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އެ ކުންފުނީގެ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.