Roadha Mihaaru
ދިރާގު ޓީވީ އާއި ފައިބާ ބްރޯޑްބޭންޑް ކުޅުދުއްފުޓަށް

ދިރާގު ޓީވީ އާއި ފައިބާ ބްރޯޑްބޭންޑް ކުޅުދުއްފުޓަށް

27 ޖެނުއަރީ 2018

ދިރާގު ޓީވީ އާއި ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ހދ. ކުޅުދުއްފުށީގައި ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

ދިރާގު ޓީވީ އާއި ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ހދ. ކުޅުދުއްފުށީގައި ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތާއި 100 އެމްބީޕީއެސް އާ ހަމައަށް ސްޕީޑް ލިބޭ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ކުޅުދުއްފުއްޓަށް ރަސްމީކޮށް ތައާރަފް ކުރީ މިއަދު އެވެ.

އެ ހިދުމަތް ތައާރަފް ކުރުމުގެ ގޮތުން އެ ރަށުގައި ދިރާގުން ވަނީ ވަރަށް ކުލަގަދަ ހަރަކާތްތަކެއް ބާއްވާފަ އެވެ.

"ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. އަދި ކުޅުދުއްފުށީގައި މި ގާއިމް ކުރި ފައިބާގެ ހިދުމަތް މެދުވެރިކޮށް ދިރާގު ޓީވީ ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ.،" ދިރާގުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ގިނަ އަދަދެއްގެ އެޗްޑީ ޗެނަލްތަކެއް ހިމެނޭ ދިރާގު ޓީވީގައި މިހާރު 80 އަށް ވުރެ ގިނަ ޗެނަލް ހިމެނެ އެވެ. ދިރާގު ޓީވީގެ މަހު ފީގެ ގޮތުގައި ނަގަނީ 300ރ. އެވެ.

ދިރާގު ޓީވީ އަދި ފައިބާ ބްރޯޑްބޭންޑްގެ ހާއްސަ ޕްރޮމޯޝަނެއް މިހާރު ވެސް ކުރިއަށް އެބަ ގެންދެ އެވެ. މި ޕްރޮމޯޝަނުގައި ދިރާގު ފައިބާ ބްރޯޑްބޭންޑް ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސް ދުވަސް ވަންދެން، ޕްރޮމޯޝަނުގެ ތެރޭން ނަގާ ކޮންމެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހު ފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ އެވެ.

ޕްރޮމޯޝަންގެ ދަށުން، ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ގާއިމުކޮށްފައި ހުރި ކޮންމެ ރަށަކުން ވެސް ވަކިން ލަކީ ޑްރޯ އެއް ނަގާ، ހާއްސަ އިނާމެއް ދޭން ކަނޑައަޅާފައިވާ ކަމަށް ވެސް ދިރާގުން ވަނީ ބުނެފަ އެވެ.

ފައިބާ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 17 ރަށަކަށް ދިރާގުން ފޯރުކޮށްދެ އެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުން ވެސް ލިބޭނެ ކަމަށް ވަނީ އެ ކުންފުނިން ބުނެ އެވެ.

މީގެ ކުރިން ދިރާގުން ވަނީ، އެ ކުންފުނީގެ ޓީވީ އާއި ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ޅ. ހިންނަވަރާއި އެ އަތޮޅު ނައިފަރުގައި ވެސް ރަސްމީކޮށް އިފްތިތާހު ކޮށްފަ އެވެ.