04 ނޮވެމްބަރ 2022
ތ. އަތޮޅުގެ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ޓީއެމްއޭގެ މަސައްކަތްތަކާއި، އޮޕަރޭޝަންތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި އެވެ.
ތ. އަތޮޅުގެ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ޓީއެމްއޭގެ މަސައްކަތްތަކާއި، އޮޕަރޭޝަންތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި އެވެ.
އެ ސަޝުނގައި ދަރިވަރުންނަށް ޓީއެމްއޭގެ ސީ ޕްލޭންގެ ހިދުމަތްތަކާއި، ނޫވިލު ސީ ޕްލޭން ޓާމިނަލުގައި ހުންނަ ޓީއެމްއޭގެ ފެސިލިޓީގެ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. އަދި އެ ކުންފުނީގެ އެކި ޑިޕާޓުމަންޓުތަކުގެ މައުލޫމާތާއި އެކި މަގާމުތަކުގެ ޒިންމާތަކާއި އެ މަގާމުތަކުގެ ދައުރުވެސް ވަނީ އެކި ޑިޕާޓުމަންޓުތަކުން ދަރިވަރުންނަށް ދީފަ އެވެ.
ގިނަ ޑިޕާޓުމަންޓުތަކެއްގެ މައުލޫމާތު ޓީއެމްއޭއިން ހިއްސާ ކޮށްފައިވޭ. -- ފޮޓޯ: ޓީއެމްއޭ
އެ ސެޝަނުގައި ދަރިވަރުންނަށް މައުލޫމާތު ދީފައި ވަނީ ޓީއެމްއޭގެ ބިޒްނަސް ޑިވޮލަޕްމަންޓު ޑިޕާޓުމަންޓާއި، ހިއުމަން ރިސޯސަސް ޑިޕާޓުމަންޓާއި، ސޭފްޓީ އެންޑް ސެކިއުރިޓީ ޑިޕާޓުމަންޓާއި ކޮލެޓީ އެންޑް ކޮމްޕްލަޔަންސް ޑިޕާޓުމަންޓުންނެވެ. އަދި އެޕްރޫވްޑް މެއިންޓަނަންސް އޮގަނައިޒޭޝަނާއި ފްލައިޓުގެ އޮޕަރޭޝަނާއި ގުޅޭ ޑިޕާޓުމަންޓުން ވެސް ދަރިވަރުންނަށް ވަނީ މައުލޫމާތު ދީފަ އެވެ.
އެ ސެޝަނުގައި ޓީއެމްއޭއިން ދަރިވަރުންނަށް އެކި ޑިޕަޓުމަންޓުތަކާއި ފެސިލިޓީތައް ވެސް ވަނީ ދައްކާލައިފަ އެވެ. އެގޮތުން ގެސްޓު ލައުންޖުތަކާއި، ބޯޑިން ގޭޓާއި، ސީ ޕްލޭނު ޑޮކްތައް ދައްކާލާއި އެ ތަންތަނުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތްތައް ވެސް ދައްކާލި އެވެ.
މައުލޫމާތު ސެޝަނުގެ ތެރެއިން. އެ ސެޝަނުގައި ޓީއެމްއޭގެ އޮޕަރޭޝަނަލް ގިނަ މަސައްކަތްތަކެއްގެ މައުލޫމާތު ވަނީ ހިއްސާކޮށްފައި. -- ފޮޓޯ؛ ޓީއެމްއޭ
ޓީއެމްއޭއިން ބުނި ގޮތުގައި އެ ކުންފުނިން އެކި ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށް އެ ފަދަ މައުލޫމާތު ސެޝަންތައް އަންނަނީ ހިންގަމުންނެވެ. އެ ފަދަ ސެޝަންތަކުުގެ މަގުސަދަކީ އޭވިއޭޝަން ދާއިރާގެ މަސައްކަތްތަކާއި އެ ކުންފުނީގެ މަސައްކަތްތަކަށް ދަރިވަރުންގެ ޝައުގު އުފެއްދުން ކަމަށް ވެސް ބުންޏެވެ. އެ ގޮތުން އެކި އުމުރުފުރާތަކަށް އަމާޒުކޮށް އެކި ޕްރޮގުރާމުތައް ހިންގާފައިވާ ކަމަށް ވެސް ބުންޏެވެ.
ތ އަތޮޅު ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ އެ ސެޝަނުގައި 22 ދަރިވަރުންނާއި ތިން ޓީޗަރުން ބައިވެރިވި އެވެ.
ޓީއެމްއޭ ގަންނާނެ އިންވެސްޓަރުން ހޯދަނީ!
ވާޗުއަލް ޓުއާއިން ރާއްޖެ ވަށައި ސީޕްލޭން ދަތުރެއް
ޓީއެމްއޭއަށް 300 މިލިއަން ޑޮލަރުގެ ލޯނު ނުދެއްކިފައި
ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ބައިން ކެޕިޓަލުން ގަނެފި
ޓީއެމްއޭ އިން އިތުރު ސީޕްލޭނެއް ގެނެސްފި
ޗައިނާގެ ކުންފުންޏަކުން ޓީއެމްއޭގެ ހިއްސާ ގަންނަނީ
ޓީއެމްއޭގެ ބޯޓުގެ ބައިތަކުގައި ހުރީ ދަބަރު ޖަހާފައި!
ޓީއެމްއޭގެ ބޯޓަކަށް އިއްޔެ ދިމާވި ހާދިސާ ތަހުގީގުކުރަނީ
ޓީއެމްއޭގެ ބޯޓެއް އެކްސިޑެންޓް ވެއްޖެ
ދުނިޔޭގެ ލީޑިން ސީޕްލޭން އޮޕަރޭޓަރަކަށް ޓީއެމްއޭ