ވަގު ޑޮލަރު ބޭނުން ކޮށްގެން ފޯނެއް ގަންނަން އުޅުނު ޒުވާނަކު މާލެ އިން ރޭ ހައްޔަރު ކޮށްފި އެވެ.
14 ނޮވެމްބަރ 2022
ވަގު ޑޮލަރު ބޭނުން ކޮށްގެން ފޯނެއް ގަންނަން އުޅުނު ޒުވާނަކު މާލެ އިން ރޭ ހައްޔަރު ކޮށްފި އެވެ.
އުމުރުން 21 އަހަރުގެ އެ ދިވެހި ފިރިހެންމީހާ ހައްޔަރުކުރީ ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން މަކަރާއި ހީލަތުން މޯބައިލް ފޯނު ގަންނަން އުޅެނިކޮށް ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ. އެ މީހާ ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ސްކޭމް ކޯލުތަކައި ވަގު ފައިސާ އަދި ފޭކް ސލިޕް ބޭނުން ކޮށްގެން ވިޔަފާރި ކުރާ މައްސަލަތައް ވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ބީއެމްއެލް މެދުވެރިކޮށް، ފައިސާ ޖަމާކޮށްފައިވާ ކަމުގެ ސައްހަ ނޫން ސްލިޕްތަކެއް ބޭނުން ކޮށްގެން ޅ. ހިންނަވަރުގެ ފިހާރައަކުން 170،000 އަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކުރި މީހަކު ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފަ އެވެ.
ވަގު ޑޮލަރުގެ ވިޔަފާރި ފުޅާކޮށް ކުރާ ބަޔަކު ހައްޔަރު
ގޯސްކޮށް ހައްޔަރުކުރުމުން ބައްޓޭ ދޫކޮށްލަން އަމުރުކޮށްފި
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ފްލެޓަކަށް ވަދެ ވަޅިން ބިރު ދެއްކި މީހަކު ހައްޔަރު
130އަށް ވުރެ ގިނަ ސިނގިރޭޓު ކާޓަން ވަގަށް ނަގައިފި
މާރާމާރީ: ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި
ޑްރަގް މައްސަލައެއްގައި ހަނިމާދޫން ދެމައިން ހައްޔަރަށް
ހައްޔަރުކުރި މީހާގެ ކުށުގެ 26 ރެކޯޑު!
މަރުތޭލުން ޖެހުމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި