Roadha Mihaaru
ގޯސްކޮށް ހައްޔަރުކުރުމުން ބައްޓޭ ދޫކޮށްލަން އަމުރުކޮށްފި

ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައި ވާތީ ބައްޓޭ ދޫކޮށްލަން އަމުރުކޮށްފި

03 އޯގަސްޓް 2016

ވަގު ޑޮލަރު ގެންގުޅުނު ކަމުގެ ތުހުމަތުގައި ބ. އޭދަފުށިން ހައްޔަރުކުރި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ޒާހިރު (ބައްޓޭ) ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާ ދޫކޮށްލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވަގު ޑޮލަރު ގެންގުޅުނު ކަމުގެ ތުހުމަތުގައި ބ. އޭދަފުށިން ހައްޔަރުކުރި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ޒާހިރު (ބައްޓޭ) ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާ ދޫކޮށްލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ކުރިން ކްލަބް ވެލެންސިއާ އަށާއި ގައުމީ ޓީމަށް ކުޅުން ބައްޓޭ ވަގު ޑޮލަރު ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނާ 10 ދުވަހަށް ބަންދުގައި ބަހައްޓަން އޭދަފުށީ ކޯޓުން ނެރުނު އަމުރު ބާތިލްކޮށް، އޭނާ ދޫކޮށްލަން ހައި ކޯޓުން މިއަދު އަމުރު ކުރިޔަސް ދަށު ކޯޓުުގެ އަމުރުގެ މުއްދަތު މިހާރު އޮތީ ހަމަވެފަ އެވެ.

ބައްޓޭގެ ބަންދަށް އިތުރު ހަތް ދުވަސް އޭދަފުށީ ކޯޓުން އިއްޔެ އިތުރުކޮށްފައިވިޔަސް ހައި ކޯޓުގެ ހުކުމުގައި އަންގާފައިވަނީ ވަގުތުން އޭނާ ދޫކޮށްލުމަށެވެ.

ބައްޓޭގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް، ކޯޓު އަމުރެއް ނެތި ކަމަށެވެ. ކޯޓު އަމުރެއް ނެތި މީހަކު ހައްޔަރުކުރެވޭނީ ގާނޫނުއަސާސީގައި ބުނެފައިވާ އިސްތިސްނާ ހާލަތްތަކުގެ ތެރޭގައި ކަމަށް ވާއިރު ކޯޓު އަމުރެއް ނެތި އޭނާ ހައްޔަރުކުރީ އެފަދަ ހާލަތެއް އޮވެގެން ކަމަށް ނުބެލެވޭ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ކޯޓު އަމުރެއް ނެތި މީހަކު ހައްޔަރުކުރެވޭނީ ކުށެއް ކުރަނިކޮށް ފެންނަ ހިނދު ނުވަތަ ކުށެއް ކުރަން އުޅޭ ކަމަށް ގަބޫލުކުރެވިގެން ނުވަތަ ކުށެއް ކޮށްފި ކަމަށް ގަބޫލުކުރެވިގެން ކަމަށް ވާއިރު ބައްޓޭ ހައްޔަރުކުރީ އެފަދަ ހާލަތެއްގައި ނޫން ކަމަށް އެ ހުކުމުގައިވެ އެވެ. އެގޮތުން އެތައް ދުވަހެއް ކުރިން އޭނާ އަށް ފާރަލަމުން ފުލުހުން އައިސްފައިވުމުން ކޯޓު އަމުރެއް ހޯދުމުގެ ފުރުސަތު ފުލުހުންނަށް އޮތްކަން އެނގޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

މީގެ އިތުރުން އޭނާ ހައްޔަރުކުރީ ވަގު ޑޮލަރު ގެންގުޅެނިކޮށް ނުވަތަ އެތެރެކުރަނިކޮށް ނޫން ކަމަށާއި އޭނާ ހައްޔަރުކުރިއިރު އޭނާ އަތުން ނުވަތަ އޭނާއާ ގުޅުން ހުރި ތަނަކުން ވެސް ވަގު ޑޮލަރު ފެނިފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.