Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
15 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި

ރާއްޖެ އެތެރެކުރި 15 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި

16 ނޮވެމްބަރ 2022

ބްރެޒިލުން ރާއްޖެ އައި މީހެއްގެ އަތުން 15 މިލިއަން ރުފިޔާގެ ކޮކެއިން ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބްރެޒިލުން ރާއްޖެ އައި މީހެއްގެ އަތުން 15 މިލިއަން ރުފިޔާގެ ކޮކެއިން ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

އެ އިދާރާ އިން މިއަދު ބުނީ އެ މަސްތުވާތަކެތި އެތެރެކުރީ މި މަހުގެ ނުވަ ވަނަ ދުވަހު ބްރެޒިލުން ރާއްޖެ އައި އެ ގައުމުގެ އުމުރުން 29 އަހަރުގެ އަންހެނަކު ކަމަށެވެ.

އޭނާ ގެނައި ލަގެޖުގައި ޝައްކު ކުރެެވޭ ޒާތުގެ ބާވަތެއް ހުރުމުން, އިތުރަށް ފާސްކުރީ ކަމަށާއި އެ ތަކެތި އިތުރަށް ބަލައި ތަހުލީލު ކުރިއިރު ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.5 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 15 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސްއިން ލަފާކުރެ އެވެ.

އެ މީހާ އާއި މަސްތުވާތަކެތި ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

މިއީ މި އަހަރުގެ މިހާތަނަށް ކޮކެއިން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 10 ވަނަ ފަހަރު ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެ އިދާރާ އިން ބުނިގޮތުގައި މި އަހަރުގެ މިހާތަނަށް ޖުމްލަ 17 ކިލޯގެ ކޮކެއިން ވަނީ އަތުލައިގަނެފަ އެވެ.