Roadha Mihaaru
ޖަލަށް ވައްދަން ދިރުވާލި ހަތަރު ފޯނު ބޭރެއް ނުވި

ގައިދީއަކު އިންޑިއާގެ ޖަލަށް ވައްދަން ދިރުވާލި ހަތަރު ފޯނު ބޭރެއް ނުވި

20 ނޮވެމްބަރ 2022

އިންޑިއާގައި ޖަލަށް ފޯނު އެތެރެކުރަން ކުށްވެރިއަކު ދިރުވާލި ކުޑަކުޑަ ހަތަރު ފޯނު ހަށިގަނޑު ބޭރު ނުވެގެން އެންމެ ފަހުން ޑޮކްޓަރުންނާ ހަމަޔަށް ދާން ޖެހިއްޖެ އެވެ.

އިންޑިއާގައި ޖަލަށް ފޯނު އެތެރެކުރަން ކުށްވެރިއަކު ދިރުވާލި ކުޑަކުޑަ ހަތަރު ފޯނު ހަށިގަނޑު ބޭރު ނުވެގެން އެންމެ ފަހުން ޑޮކްޓަރުންނާ ހަމަޔަށް ދާން ޖެހިއްޖެ އެވެ.

ރާމަން ސައިނީ ކިޔާ 28 އަހަރުގެ މި މީހާ އަކީ ދިއްލީގެ ޓިހާރު ޖަލުގައި ބޮޑު ވައްކަމެއްގެ ކުށުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހެކެވެ.

ޖަލުގެ ގާޑުންނަށް ރާމަންގެ އެތެރެހަށީގައި އެއްޗެއް އޮތްކަން އެނގުނީ އޭނާ ޖަލު ގޮޅިން ނެރެ ވެއްދުމުގެ ވައްދާއިރު، ހަށިގަނޑުގައި އެއްވެސް އެއްޗެއް ފޮރުވާފައި ވޭތޯ ޗެކް ކުރަން މެޓަލް ޑިޓެކްޓަރު ޖެއްސުމުން އަޑު ގޮވާތީ އެވެ. އެކަމަކު ހައިރާންވި ކަމަކީ ހަށިގަނޑުން އެއްޗެއް ނުފެންނާތީ އެވެ.

އާއްމު ގޮތެއްގައި މެޓަލް ޑިޓެކްޓަރުން އަޑު ގޮވާނީ ހަށިގަނޑުގައި ދަގަނޑުގެ އޮތުމުން ކަމަށް ވިޔަސް އޭނާގެ ހަށިގަނޑުން އެކަހަލަ އެއްޗެއް ނުފެނެ އެވެ.

ވާގޮތް އެނގުނީ އެންމެ ފަހުން އޯގަސްޓް މަހުގެ ފަހުކޮޅު ރާމަން އަމިއްލަ އަމިއްލައަށް މިވާ ގޮތެއް ބުނުމުންނެވެ. ރާމަން ކިޔައިދިން ގޮތުގައި މީގެ ހަތް މަސް ކުރިން އޭނާ ވަނީ ދިރުވާލައިގެން ހަތަރު ފޯނު އެތެރެކުރަން އުޅެފަ އެވެ. އެކަމަކު އެއިން އެއްވެސް ފޯނެއް ހަށިގަނޑުން ބޭރު ނުވާ ކަމަށް ބުންޏެވެ.

ބަނޑުތެރޭގައި އޮތީ ކެޗޯޑާ މިނީ ފޯނެއްކަން ދެނެގަނެވުނީ ހެދިސްކޭނުންނެވެ. މިއީ މުށުތެރޭ ފޮރުވާލެވޭހާ ކުޑަކުޑަ ފޯނެކެވެ.

އެ ހަތަރު ފޯނު ނަގަން ޑޮކްޓުން ހެދި އެޑޯސްކޯޕީއިން ވެސް ނެގުނީ ދެ ފޯނެވެ. ޑޮކްޓަރުން ވަނީ އަނެއް ދެ ފޯނު އޮޕްރޭޝަން ކޮށްގެން ނެގުމަށް ލަފާ ދީފަ އެވެ. އެއީ އެ ދެފޯނުގެ ބެޓެރީގައި ދަނބަރުޖަހައި ރާމަންގެ ފުރާނައަށް ނުރައްކާ ވެދާނެތީ އެވެ.

ނަމަވެސް ހަށިގަނޑަށް އުނދަގޫ ނުވާތީ އިތުރު ކަމެއް ކުރުމަށް ރާމަން ދެކޮޅު ހަދަ އެވެ.