24 ނޮވެމްބަރ 2022
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ މަގާމުން ވަކިކުރި މައްސަލާގައި ދޭންޖެހޭ 1.1 މިލިއަން ރުފިޔާގެ ބަދަލު އަންނަ އާދިއްތަ ދުވަސް ނިމުމުގެ ކުރިން ދައްކަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ މަގާމުން ވަކިކުރި މައްސަލާގައި ދޭންޖެހޭ 1.1 މިލިއަން ރުފިޔާގެ ބަދަލު އަންނަ އާދިއްތަ ދުވަސް ނިމުމުގެ ކުރިން ދައްކަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސަސްޕެންޝަންގައި މުސްއަބު ބެހެއްޓުމަށް ފަހު 2019 ވަނަ އަހަރު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އޭނާ ވަކިކުރަން ނިންމީ އެ ކޮމިޝަނުން ބެލި މައްސަލަތަކާ ގުޅިގެންނެވެ. އެކަމަކު މިދިޔަ އޮގަސްޓް މަހު ހައި ކޯޓުން ނިންމީ މުސްއަބު ވަކިކުރީ ގޯސްކޮށް ކަމަށް ވާތީ 1.1 މިލިއަންގެ ބަދަލެއް ދިނުމަށެވެ.
އެ ހުކުމް ތަންފީޒުކުރަން މުސްއަބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ސީއެސްސީން އަމަލު ކޮށްފައި ނުވާތީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12 ގެ ކުރިން 1.1 މިލިއަން ރުފިޔާ ކޯޓަށް ޖަމާކުރަން އަންގާ ކަމަށެވެ.
ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ބޭނުންވާ ކަމަށާއި އެހެންވެ، ހުކުމް ތަންފީޒު މަޑުޖައްސާލަން ސީއެސްސީން ކޯޓުގައި އެދުނެވެ. އެކަމަކު ކޯޓުގެ ނިންމުމުގައިވަނީ މަތީ ކޯޓަކުން އެހެން ގޮތަކަށް އަމުރު ނުކުރާހާ ހިނދަކު ހުކުމަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.
ސީއެސްސީން އަމާންދީ، މުސްއަބުގެ މައްސަލަ ގެންދަނީ
މުސްއަބަށް ފައިސާ ނުދޭތީ އަނެއްކާވެސް ކޯޓަށް!
މުސްއަބު ވަކިކުރީ ގާނޫނާ ޚިލާފަށްކަން ސާބިތެއް ނުވި
ސީއެސްސީން ކޯޓުގެ ބޭނުން ގޯސްކޮށް ހިފައިފި: ހައި ކޯޓް
މުސްއަބަށް ބަދަލު ދިނުން ސުޕްރީމް ކޯޓުން ހުއްޓުވައިފި
މުސްއަބުގެ މައްސަލަ: ހައިކޯޓުގައި ސީއެސްސީ ހޫނުފެނަށް!
މުސްއަބަށް ބަދަލު ދޭން ޖެހުނު މައްސަލަ ސުޕްރީމް ކޯޓަށް
މުސްއަބުގެ މައްސަލަ އިސްތިއުނާފު ކުރާނަން: ސީއެސްސީ
ކުރިއެރުން ނުދޭތީ ސިއްހީ ދާއިރާގެ މުވައްޒަފުން ކޯޓަށް
ޕީއެސްގެ މަގާމުން މުސްއަބް ވަކިކޮށްފި