24 ނޮވެމްބަރ 2022
ވިލިމާލޭގައި ހުންނަ ސިނަމާލެ ހަތަރެއްގެ ފްލެޓްތައް އަމިއްލަކުރަން ހުށަހެޅި މީހުންގެ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ފިނޭންސް މިނިސްޓްރީން މާފުކޮށްދީފި އެވެ.
ވިލިމާލޭގައި ހުންނަ ސިނަމާލެ ހަތަރެއްގެ ފްލެޓްތައް އަމިއްލަކުރަން ހުށަހެޅި މީހުންގެ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ފިނޭންސް މިނިސްޓްރީން މާފުކޮށްދީފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ފިނޭންސް މިނިސްޓްރީން އެ ގޮތަށް ނިންމީ އެ ކައުންސިލުން އެކަމަށް އެދިފައި ވާތީ ކަމަށެވެ. އެ މިނިސްޓްރީން، ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި އެކަން ކަށަވަރު ކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.
ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، ސިނަމާލެ ހަތަރެއްގެ ފްލެޓްތައް އަމިއްލަކުރަން ހުށަހެޅި މީހުން ޖޫރިމަނާގެ ގޮތުގައި 540،945ރ. ދައްކަން އޮތެވެ.
ޖޫރިމަނާ މާފުކޮށްދޭން ފިނޭންސް މިނިސްޓްރީން ނިންމާފައި ވާތީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، އެ މިނިސްޓްރީ އަށް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
"އަޅުގަނޑުމެން ރައްޔިތުންނާ ބައްދަލުކުރީމަ ރައްޔިތުން އެދުނީ މިކަން ކޮށްދޭން. އެހެންވީމާ އަޅުގަނޑުމެން ސަރުކާރުގައި އެދުނީ މިކަން ކޮށްދޭން. އަޅުގަނޑުމެންގެ އެދުމުގެ މަތިން މިކަން ސަރުކާރުން ކޮށްދިނީމާ ވަރަށް ބޮޑަށް ސަރުކާރަށް ޝުކުރު އަދާކުރަން،" މުއިއްޒު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ސިޓީއާ ހަވާލާދީ، ސިޓީ ކައުންސިލުން ބުނީ އެ މިނިސްޓްރީން ޖޫރިމަނާ މާފުކޮށްދޭން ނިންމީ، "ދައުލަތަށް ލިބެންޖެހޭ ފައިސާ އާއި މުދާ އަނބުރާ ނުލިބޭނެ ކަމަށް ކަނޑައަޅައި ދޫކޮށްލުމުގެ އަމަލުކުރާނެ އުސޫލު"ގައިވާ ގޮތުގެ މަތިން އެއީ ދައުލަތަށް ނުލިބޭނެ ފައިސާއެއް ކަމުގައި ކަނޑައަޅައިފަ އެވެ.
މާލޭ ސިޓީ ކައުންސިލުގެ މި ދައުރުގައި ނިންމާފައި އޮތީ މާލޭގައި ހުރި ސިނަމާލެ ފްލެޓުތަކާ އެއްގޮތަށް ވިލިމާލޭގައި ހުރި ސިނަމާލެ ފްލެޓްތައް ވެސް އަމިއްލަކުރުމުގެ ފުރުސަތު އެތަނުގެ ވެރިންނަށް ދޭށެވެ. އެ ފުރުސަތު މިދިޔަ އަހަރު ފަހުކޮޅު ހުޅުވައިލި އެވެ.
އެ ނިންމުމާ ގުޅިގެން މާލެ އާއި ވިލިމާލޭގައި ހުރި ހަ ފްލެޓެއްގެ ޖޫރިމަނާ މާފުކޮށްދޭން ރައީސް އޮފީހުގައި އެެދިފައިވެ އެވެ.
ސިނަމާލެ ފްލެޓްތައް ތަޅާލައި އަލުން އިމާރާތް ކުރަނީ
ގޯއްޗަށް އެދޭ ފޯމު ފުރަން ސިޓީ ކައުންސިލުން އެހީވަނީ
ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ މައާފުކޮށްދޭން އެދިއްޖެ
ވިލިމާލޭގެ ފްލެޓްތައް ރަޖިސްޓަރީ ކުރަން ހުޅުވާލައިފި
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ
މޭޔަރަކަށް ނުކެމެދާނެތީ ސަރުކާރު ބިރުގެންފި: މުއިއްޒު
ހިޔާ ފްލެޓްގެ މައްސަލަ ކައުންސިލުން ފުލުހަށް ފޮނުވަނީ
ވިލިމާލެ-2ގެ ފްލެޓާއި ގޯއްޗަށް ހުޅުވާލައިފި
ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ހުޅުވާލަނީ
ފްލެޓްގެ ނުދައްކާ ހުރި ކުލި، މަސްތަކަކަށް ބަހާލަދެނީ