Roadha Mihaaru
އިޔާދަކުރަނިވި ހަކަތައާ ގުޅޭ ބައްދަލުވުުމެއް ބާއްވަނީ

ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓްމަންޓްތަށް އިތުރުކުރުމުގެ ބައްދަލުވުމެއް

06 ޑިސެމްބަރ 2022

ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންވާ އިންވެސްޓްމެންޓްތައް އިތުރުކުރުމާ ގުޅޭ ހާއްސަ ކޮންފަރެންސެއް ބާއްވަން މޯލްޑިވްސް ރިސޯޓް ކޮންސްޓްރަކްޝަން (އެމްއާރުސީ) އިން ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންވާ އިންވެސްޓްމެންޓްތައް އިތުރުކުރުމާ ގުޅޭ ހާއްސަ ކޮންފަރެންސެއް ބާއްވަން މޯލްޑިވްސް ރިސޯޓް ކޮންސްޓްރަކްޝަން (އެމްއާރުސީ) އިން ނިންމައިފި އެވެ.

އެމްއާރުސީ އަކީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ރިސޯޓް ތަރައްގީ ކުރުމުގައި ކުރިއަރަމުން އަންނަ ކުންފުންޏެކެވެ.

އެ ކުންފުނިން މިއަދު ބުނީ، ކޮންފަރެންސް ބާއްވާނީ އިޔާދަކުރަނިވި ހަކަތަ އުފައްދާ ގާއިމު ކުރުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކެނޭޑިއަން ސޯލާ، ނެކްސަން އެނާޖީ އަދި ރިޕޯސްޓްރަން ކުންފުންޏާ ގުޅިގެން ކަމަށެވެ.

ރާއްޖޭގެ ރަށެއްގައި ހަރުކޮށްފައިވާ އިރުން ކަރަންޓު އުފައްދަން ބޭނުންކުރާ ސޯލާ ޕެނަލްތަކެއް

ރާއްޖޭގެ ރަށެއްގައި ހަރުކޮށްފައިވާ އިރުން ކަރަންޓު އުފައްދަން ބޭނުންކުރާ ސޯލާ ޕެނަލްތަކެއް

އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ހަވީރަށް މީރުމާ ހޮޓެލްގައި ބާއްވާ ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ހުރި ފުރުސަތުތައް ދަނެގަނެ، އެ މަޝްރޫއުތަކަށް ޝައުގުވެރިވާ ފަރާތްތަކާ ގުޅިގެން އެއަށް އިންވެސްޓް ކުރުން ކަމަށް އެމްއާރުސީ އިން ބުންޏެވެ.

އެ ކޮންފަރެންސްގައި ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ އިސްވެރިންނާއި ރިސޯޓް އަދި ގެސްޓް ހައުސް ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްއާރުސީން ބުނެ އެވެ.