ދިރާގުން މިދިޔަ ހުކުރު ދުވަހު ބޭއްވި ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބޭނުންކުރި ކަރަންޓުގެ މިންވަރު ގްރިޑް-ޓައިޑް ސޯލާ ސިސްޓަމް މެދުވެރިކޮށް 100 ޕަސެންޓް އޮފްސެޓްކޮށްފި އެވެ.
30 އޮކްޓޯބަރ 2025
ދިރާގުން މިދިޔަ ހުކުރު ދުވަހު ބޭއްވި ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބޭނުންކުރި ކަރަންޓުގެ މިންވަރު ގްރިޑް-ޓައިޑް ސޯލާ ސިސްޓަމް މެދުވެރިކޮށް 100 ޕަސެންޓް އޮފްސެޓްކޮށްފި އެވެ.
އެއީ ދިރާގުން ސަސްޓެއިނަބިލިޓީ އަށް ދޭ އަހައްމިޔަތުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުން ހާސިލްކުރި މުހިންމު ލަނޑުދަނޑިއެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ރޯޑް ރޭސް ބޭއްވި ސަރަހައްދުގައި އެ ކުންފުނިން ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް މެދުވެރިކޮށް 1،040 ކިލޯވޯޓުގެ އިޔާދަކުރަނިވި ހަކަތަ އުފައްދައި، 645 ކިލޯގްރާމްގެ ސީއޯ2 ވައިގެ ތެރެއަށް ދިއުމުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.
ރޯޑް ރޭސްއާ ގުޅިގެން ދިރާގުން ސޯލާ ޕެނަލްތައް ބަހައްޓަނީ --- ފޮޓޯ/ދިރާގު
އެއީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ޓެކްނޮލޮޖީ އަދާކުރާ މުހިންމު ދައުރު އިތުރަށް ދައްކުވައިދޭ ކަމެއްގެ ގޮތުގައި ވެސް އެ ކުންފުނިން ސިފަކުރެ އެވެ. އަދި އެއީ ތިމާވެއްޓަށް ގެއްލުން ނުވާނެހެން ޒިންމާދާރުކަމާއެކު، އެފަދަ ބޮޑެތި ހަރަކާތްތައް ބޭއްވިދާނެކަން ސާބިތުކޮށްދޭ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ރޯޑް ރޭސްއާ ގުޅިގެން ސޯލާ ޕެނަލްތައް ބަހައްޓަނީ --- ފޮޓޯ/ދިރާގު
ދިރާގު ރޯޑް ރޭހުގެ ސޯލާ ޕެނަލްތައް ދެން ބޭނުންކުރާނީ ދިރާގުން މިހާރު ވެސް ކުރިއަށް ގެންދާ ސޯލާ ޕްރޮޖެކްޓްތަކުގަ އެވެ، އެ ޕްރޮޖެކްޓްގެ ދަށުން ދިރާގުން ވަނީ 95 ރަށެއްގައި ސޯލާ އިންސްޓަލޭޝަން ގާއިމުކޮށް، އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރަމުންނެވެ. އެ ޕްރޮޖެކްޓުގެ ސަބަބުން އެ ކުންފުނިން ބޭނުންކުރާ ޖުމްލަ ހަކަތައިގެ 19 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތަ އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރަކު 2،053 ޓަނުގެ ސީއޯ2 ވައިގެ ތެރެއަށް ދިއުމުން ސަލާމަތްކޮށްދެ އެވެ.
ސޯލާ ޕެނަލްތަކުގެ އިތުރުން އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް މަދު ކުރުމަށް ދިރާގުން ހިންގާ ޕްރޮގްރާމްގެ ދަށުން 2019 ވަނަ އަހަރުން ފެށިގެން ރޯޑް ރޭހުގެ ދުވުންތެރިންނަށް ހާއްސަ ވޯޓާ ސްޓޭޝަންތަކެއް މެދުވެރިކޮށް ފެން ފޯރުކޮށްދެ އެވެ. އެހެންވެ، މިއަހަރު 18،000 ޕްލާސްޓިކް ފެންފުޅި މަދު ކުރެވުނު ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން ފުޅާކުރުމަށާއި ތިމާވެށި ރައްކާތެރި ކުރުމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން މުހިންމު ޕްރޮގްރާމްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.
ދިރާގު ރޯޑްރޭހުން ޖަމިއްޔާތަކަށް ހަ ލައްކަ ރުފިޔާ
ރޯޑް ރޭހުގެ ވަނަތަކަށް ދިޔަ ދުވުންތެރިންނަށް އިނާމުދީފި
މިއަހަރުގެ ދިރާގު ރޯޑް ރޭހަށް ހޫނު ތަރުހީބެއް!
ދިރާގު ރޯޑް ރޭސް 4500 މީހުންނާ އެކު ހުކުރު ދުވަހު
ދިރާގު ރޯޑް ރޭހުގެ ރޭސް ކިޓް ދޫކުރަން ފަށައިފި
ދިރާގު ރޯޑް ރޭހުގައި މިފަހަރު 4،500 ދުވުންތެރިން
ރޯޑް ރޭހުގެ ކޯޕަރޭޓް ޓީމު ކެޓަގަރީގެ ފުރުސަތު
ދިރާގު ރޯޑު ރޭހުގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
ދިރާގު ރޯޑް ރޭސް އޮކްޓޯބަރު 24 ގައި ބާއްވަނީ
ފުވައްމުލައް ރަންގައި ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވަނީ