08 ޑިސެމްބަރ 2022
ކ. މާފުށީ ޖަލުގައި އެންމެ ފަހުން ހިންގި އޮޕަރޭޝަނުގައި ފޯނާއި ސިމް ކާޑާއި މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
ކ. މާފުށީ ޖަލުގައި އެންމެ ފަހުން ހިންގި އޮޕަރޭޝަނުގައި ފޯނާއި ސިމް ކާޑާއި މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
އެ ޖަލުގައި ސްކޭމް ކުރުމާއި ޓެރަރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށް، ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަނެއް ފެށީ މިދިޔަ އަންގާރަ ދުވަހުގެ ރޭގަ އެވެ. އެއްވެސް ހަމަނުޖެހުމެއް ނެތި އެ އޮޕަރޭޝަން ނިންމާލީ އިއްޔެ މެންދުރެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޮޕަރޭޝަން ހިންގިއިރު ފޯނާއި ސިމް ކާޑާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުނު ކަމަށެވެ. އެކަމަކު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ޖަލު ބަލަހައްޓާ އިދާރާ އިން އަދި ނުދެ އެވެ.
ސްކޭމާއި ޓެރަރިޒަމާ ދެކޮޅަށް ޖަލުގައި އޮޕަރޭޝަނެއް ހިންގިއިރު، މީހުންނަށް އޮޅުވާލައިގެން ގައިދީން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވާތީ ކަމާ ގުޅޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޖެނުއަރީ 1، 2019 އިން ފެށިގެން މިދިޔަ މެއި މަހުގެ ނިޔަލަށް ސްކޭމް ކޯލްގެ 1،423 މައްސަލައެއް ފުލުހުންނަށް ލިބުނު ކަމަށެވެ. އެފަދަ ގިނަ ކޯލުތަކަކީ ޖަލުތަކުގައި ތިބޭ ގައިދީން ވަގަށް ފޯނު ވައްދައިގެން ކުރާ ކޯލުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާތަނަށް ވެސް ފާހަގަވެފައިވާ ގޮތުގައި މިފަދަ ގިނަ ކޯލުތައް ޖަލުތަކުގައި ތިބޭ ގައިދީން ޖަލަށް ވަގަށް ފޯނާއި އެ ނޫން ވެސް ތަކެތި ވައްދައިގެން ކުރާކަން ވަނީ އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި،" ސީޕީ ވިދާޅުވި އެވެ.
ސްކޭމާއި ޓެރަރިޒަމަށް ތުހުމަތުކޮށް ޖަލު ފާސްކުރަނީ
ޖަލުންް އަނިޔާވީ އަމިއްލައަށް ބޯ ފަޅާލި މީހަކަށް
ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަނެއް ޖަލުގައި ފަށައިފި
ސްކޭމް ކޯލް: ނުހުއްޓުވެނީތަ، ނުހުއްޓުވަނީތަ؟
ޖަލަށް ފޯނެއް ވެއްދުމުގެ ފެށޭ އަގު: 10،000ރ.
ޖަލުގެ ބޮޑު އޮޕަރޭޝަން: ހަތިޔާރާއެކު 300 މީހުން
އަމަން ބަލަހައްޓާ މުއައްސަސާތަކާ މެދު ތަފާތު ފިކުރެއް
ފިލި ގައިދީ އަތުލައިގަނެވުނީ ހުޅުމާލެ އިން!
ގައިދީންނާ ހަވާލުވާން ފަށައިފިން: ކަރެކްޝަންސް
ހިންމަފުށި ޖަލުން ފިލި ގައިދީއަކު ހޯދައިފި