ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި މިރޭ ކުޅޭ މެޗުތަކުން ބްރެޒިލާއި އާޖެންޓީނާ މޮޅުވާނެ ކަމަށް ރާއްޖޭގެ ބޮޑު ޕަސެންޓެއް ވޯޓް ދީފި އެވެ.
ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި މިރޭ ކުޅޭ މެޗުތަކުން ބްރެޒިލާއި އާޖެންޓީނާ މޮޅުވާނެ ކަމަށް ރާއްޖޭގެ ބޮޑު ޕަސެންޓެއް ވޯޓް ދީފި އެވެ.
ރާއްޖޭ ގަޑިން މިރޭ 8 ޖަހާއިރު ބްރެޒިލް ނުކުންނާނީ އެންމެ ފަހުގެ ރަނަރަފް ކްރޮއޭޝިއާ އާ ދެކޮޅަށެވެ. ވޯލްޑް ކަޕަށް ހާއްސަކޮށް "މިހާރު" އިން ހިންގާ ސްކޯ ޕްރިޑިކްޝަން ޕްލެޓްފޯމްގައި މެޗުގެ ޕްރިޑިކްޓް ކުރި ގާތްގަނޑަކަށް 90 ޕަސެންޓް މީހުން ބުނަނީ މިރޭ ކްރޮއޭޝިއާގެ މައްޗަށް ބްރެޒިލް ކުރި ހޯދާނެ ކަމަށެވެ. ކްރޮއޭޝިއާ މޮޅުވާނެ ކަމަށް ވޯޓް ދީފައި ވަނީ އަށް ޕަސެންޓް މީހުންނެވެ.
މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ އަދި ވޯލްޑް ކަޕުގެ ހުރިހާ މުބާރާތެއް ކުޅުނު ހަމައެކަނި ޓީމު، ބްރެޒިލަށް ދިނެހިންގެ މެދުގައި ބޮޑު ސަޕޯޓެއް އެވެ.
މިރޭގެ ދެވަނަ މެޗުގައި އާޖެންޓީނާ ނުކުންނާނީ ނެދަލެންޑްސް އާ ދެކޮޅަށެވެ. "މިހާރު" ގެ ޕްލެޓްފޯމް މެދުވެރިކޮށް އެ މެޗު ޕްރިޑިކްޓް ކުރި މީހުންގެ 67 ޕަސެންޓް މީހުން ބުނަނީ މިރޭގެ މެޗުން އާޖެންޓީނާ މޮޅުވާނެ ކަމަށެވެ.
އާޖެންޓީނާގެ ޒުވާން މީޑްފީލްޑަރު އެންޒޯ ފެނާންޑޭޒް: މުބާރާތުގައި އޭނާ ދަނީ ރަނގަޅު ކުޅުމެއް ދައްކަމުން --- ފޮޓޯ: އޭއެފްޕީ
ވޯލްޑް ކަޕް 2014 ގެ ފައިނަލަށް އާޖެންޓީނާ ދަތުރު ކުރީ 4-0 ން ނެދަލެންޑްސް ބަލިކޮށްފަ އެވެ. މިރޭގެ މެޗުން ނެދަލެންޑްސް މޮޅުވާނެ ކަމަށް ލަފާކޮށްފައި ވަނީ 25 ޕަސެންޓް މީހުންނެވެރެެ.
މި ދެ މެޗުގެ ސްކޯ ދިމާ ކުރުމުގެ ފުރުސަތު ކޮންމެ މެޗެއް ފެށެން ދެން މިހާރުގެ ޕްލެޓްފޯމުން ޕްރިޑިކްޓް ކުރެވޭނެ އެވެ. ސްކޯ ޕްރިޑިކްޓާގައި ރަޖިސްޓްރީ ވާ މެންބަރުންނަށް، ގުރޫޕްތަކަށް ވަދެ ސްކޯ ޕްރިޑިކްޝަންގައި ބައިވެރި ވެވޭނެ އެވެ.
މި ޕްލެޓްފޯމުގައި ބައިވެރިވެފައިވާ ކުންފުނިތަކުން ކަނޑައަޅާފައި ވަނީ ވޯލްޑްކަޕް ނިމޭއިރު އެންމެ ގިނަ ސްކޯ ދިމާކުރާ ފަރާތްތަކަށް އިނާމު ދިނުމަށެވެ. ބައެއް ކުންފުނިތަކުން، އެންމެ ގިނަ ސްކޯ ދިމާކުރި އެއް ބައިވެރިޔާ ހޮވުމަށް ނިންމާފައި ވާއިރު، އެހެން ބައެއް ކުންފުނިތަކުން ވަނީ އެންމެ ގިނަ ސްކޯ ދިމާކުރާ އެންމެ ގަދަ ތިން ބައިވެރިން ހޮވުމަށް ނިންމައިފަ އެވެ. އަދި އިތުރު ފަސް ބައިވެރިން ވެސް ހޮވުމަށް ހަމަޖެހިފައި ވެއެވެ.
ކިންގްސްޓަން
● އެއްވަނަ އަށް ދާ ފަރާތަކަށް ޖީޕީއެކްސް ޑީމަން 150 ސައިކަލެއް
ވެލިގާ ހާޑްވެއާ
● 1 ވަނަ އަށް ދާ ފަރާތަކަށް – އައިފޯން 14 ޕްރޯ މެކްސް
● އެންމެ މަތިން ލިބޭ ފަސް ބައިވެރިނަށް 5000ރ. ގެ ގިފްޓު ވައުޗަރު
● އެކި ފިކްސްޗާތަކަށް އެންމެ މަތިން ލިބޭ ފަރާތްތަކަށް އަގުހުރި ގިފްޓް ވައުޗަރު
ހެޕީ މާކެޓު
● 1 ވަނަ އިނާމު – ދެ މީހަކަށް ދެ ރޭގެ ރިސޯޓު ދަތުރެއް
● 2 ވަނަ އިނާމު – ދެ މީހަކަށް ކެއުމެއް
● 3 ވަނަ އިނާމު – ހެޕީ މާކެޓުގެ ޕްރިމިއަމް ޕްރޮޑަކްޓުތަކުގެ ގިފްޓް ހެމްޕާއެއް
ދަ ޓޫލްސް ސްޓޯ
● 1 ވަނަ އިނާމު - ރޮނިކްސް މިޓާ ސޯ
● 2 ވަނަ އިނާމު - ރޮނިކްސް ހީޓް ގަން
● 3 ވަަނަ އިނާމު - ރޮނިކްސް އިލެކްޓްރިކް ޑްރިލް
ޕިއްޒާ ހަޓް
● 1 ވަނަ އިނާމު – 1000ރ ގެ ގިފްޓް ވައުޗަރެއް
● 2 ވަނަ އިނާމު – 750ރ. ގެ ގިފްޓް ވައުޗަރެއް
● 3 ވަނަ އިނާމު – 500ރ. ގެ ގިފްޓް ވައުޗަރެއް
ކޭއެފްސީ
● 1 ވަނަ އިނާމު – 1000ރ. ގެ ގިފްޓް ވައުޗަރެއް
● 2 ވަނަ އިނާމު – 750ރ. ގެ ގިފްޓް ވައުޗަރެއް
● 3 ވަނަ އިނާމު – 500ރ. ގެ ގިފްޓް ވައުޗަރެއް
ޕިއްޒާ ބޯނާ
● 1 ވަނަ އިނާމު – ޕީއެސް 5
● 2 ވަނަ އިނާމު – 3000ރ. ގެ ފައިސާގެ އިނާމު
● 3 ވަނަ އިނާމު – 1000ރ. ފައިސާގެ އިނާމު
● 4 ވަނަ އިނާމު – 200ރ. ގެ ގިފްޓް ވައުޗަރެއް
● 5 ވަނަ އިނާމު – 200ރ. ގެ ގިފްޓް ވައުޗަރެއް
އޭވޮން
● 1 ވަނަ އިނާމު – ކުއީން ސައިޒުގެ ބިއުޓީ ސްޓޯރެޖް އެނދަކާއި ފުލް މެމޮރީ ފޯމް ގޮދަޑި އެއް
● 2 ވަނަ އިނާމު – ހޮލީވުޑް މިރާ
● 3 ވަނަ އިނާމު – ބިއުޓީ ސްޓޯރެޖް ބެންޗް
ޕިއްޒާ މިއާ
● 1 ވަނަ އިނާމު – އައިޕެޑް ޕްރޯ
● 2 ވަނަ އިނާމު – ފެމެލީ ޑިނާއަކަށް ޕިއްޒާ މިއާގެ ދެ ޕިއްޒާ
● 3 ވަނަ އިނާމު - 2 މީހެއްގެ ޑިނާއަކަށް ޕިއްޒާއެއް
ޔޫރޯ ސްޓޯރު
● 1 ވަނަ އިނާމު – ކޫލްބޮކްސް، ޖޭބީއެލް ގޯ އެސެންޝަލް ޕޯޓަބަލް ވޯޓާޕްރޫފް ސްޕީކާ، ހެމޮކް، ބީޗް
ޓަވަލް، ހުޑޯރާ ފުޓްބޯލް ރީބައުންޑް ޓްރެއިނާ އަދި ފުޓުބުޅައެއް ހިމެނޭ ގިފްޓް ޕެކެއް
● 2 ވަނަ އިނާމު - ހުޑޯރާ ފުޓްބޯލް ރީބައުންޑް ޓްރެއިނާ، ބީޗް ޓަވަލް، ހެމޮކް އަދި ފުޓުބޯޅަ އެއް ހިމެނޭ ގިފްޓް ޕެކެއް
● 3 ވަނަ އިނާމު – ބީން ބޭގް، ބީޗް ޓަވަލް އަދި ފުޓުބޯޅައެއް ހިމެނޭ ގިފްޓް ޕެކެއް
● 4 ވަނަ އިނާމު – ލޮރެންޒް ބްރޭންޑުގެ ސްނެކް ޕެކަކާއި ބީޗް ޓަވަލް އަދި ފުޓުބޯޅައެއް ހިމެނޭ ގިފްޓް ޕެކެއް
● 5 ވަނަ އިނާމު - ލޮރެންޒް ބްރޭންޑުގެ ސްނެކް ޕެކަކާއި ބީޗް ޓަވަލް އަދި ފުޓުބޯޅައެއް ހިމެނޭ ގިފްޓް ޕެކެއް ލެކިއުޓް
● 1 ވަނަ އިނާމު – ކެރޮލީނާ ހެރޭރާ ބްރޭންޑްގެ ގުޑް ގާލް ސެންޓުފުޅި އާއި ބްރޭންޑެޑް ގިފްޓު ޕެކެއް
● 2 ވަނަ އިނާމު – ކެރޮލީނާ ހެރޭރާ ބްރޭންޑުގެ ބޭޑް ބޯއި ސެންޓުފުޅި އާއި ބްރޭންޑެޑް ގިފްޓު ޕެކެއް
● 3 ވަނަ އިނާމު – ކެންޒޯ ބްރޭންޑުގެ ސެންޓުފުޅި އާއި ބްރޭންޑެޑް ގިފްޓު ޕެކެއް
● 4 ވަނަ އިނާމު – ޑޭވިޑް ބެކަމް ބްރޭންޑުގެ ސެންޓުފުޅި އާއި ބްރޭންޑެޑް ގިފްޓު ޕެކެއް
● 5 ވަނަ އިނާމު – ޕޮލިސް ބްރޭންޑުގެ ސެންޓުފުޅި އާއި ބްރޭންޑެ
ކްރޮސްރޯޑްސް މޯލްޑިވްސް
● 1 ވަނަ އިނާމު – ހާޑްރޮކް ހޮޓެލުގައި ދެ މީހަކަށް އެއް ރޭގެ ހުރުމާއި ރިޓާން ޓިކެޓު
● 2 ވަނަ އިނާމު – ކްރޮސްރޯޑްސްގެ އެސްއެޗްއާރު ރެސްޓޯރަންޓަކުން ކެއުން
● 3 ވަނަ އިނާމު – 4 މީހަކަށް ކްރޮސްރޯޑްސްއަށް ދިއުމާއި އައުމުގެ ހަރަދު
ގިޒްމޯ
● 1 ވަނަ އިނާމު – ހަވިޓް ބްރޭންޑުގެ ޕޯޓަބަލް ބްލޫޓޫތު އެލްއީޑީ ސްޕީކާ އާއި މައިކްރޮފޯން
● 2 ވަނަ އިނާމު – ހަވިޓް ބަރޭންޑުގެ ސުވިފްޓް ބީޓީ އިއާ ބަޑްސް
● 3 ވަނަ އިނާމު – ހަވިޓް ބްރޭންޑުގެ އެޗް666ޓޫޑީ ހެޑްފޯންސް
"މހިާރު" ގެ ސްކޯ ޕްރިޑީކްޝަން ޕްލެޓްފޯމްގައި ސްކޯ ޕްރިޑިކްޓް ކުރި އަދަދު މިހާރު ވަނީ މިލިއަނަކަށް ވުރެ މައްޗަށް ގޮސްފަ އެވެ.
ފާޑުކިޔުންތަކުން ދެ ކޯޗުންނަށްވެސް ސަލާމެއްތެއް ނުވެވުނު
ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާ ސެމީ ފައިނަލަށް
ބްރެޒިލަކަށް ނުވި، ކްރޮއޭޝިއާ އަތުން ބަލިވެ ކަޓައިފި
ޑި މާރިއާ އާއި ވެން ހާލްގެ ބަހުގެ ހަމަލާތަކެއް
ސަޕޯޓަރުންގެ ހަމަނުޖެހުމެއް، ބްރެޒިލަށް ހިތި ބައްޔެއް
މެސީގެ މިފަދަ ފޮޓޯއަކަށް އާޖެންޓީނާ ކުރާ އުއްމީދު
މެސީގެ ރެކޯޑްތަކާއެކު އާޖެންޓީނާ ފައިނަލަށް
ޕްރެޝަރު އޮތީ އާޖެންޓީނާ އަށް: ޑަލިޗް
"މިހާރު"ގެ ސްކޯ ޕްރިޑިކްޝަން މިލިއަނުން މައްޗަށް
މެސީގެ 1000 ވަނަ މެޗުގައި އާޖެންޓީނާ ކުއާޓާއަށް