Roadha Mihaaru
"ކަނޑު ފޯރީ"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ސޮނީ ފިޝިންގެ "ކަނޑު ފޯރީ"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

10 ޑިސެމްބަރ 2022

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ސޮނީ ފިޝިންއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވާޗުއަލް މަސްވެރިކަމުގެ މުބާރާތްތައް ބާއްވޭވުމަށް ހާއްސަ ޕްލެޓްފޯމު "ކަނޑު ފޯރި" ތައާރަފު ކޮށް، ރަޖިސްޓާވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ސޮނީ ފިޝިންއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވާޗުއަލް މަސްވެރިކަމުގެ މުބާރާތްތައް ބާއްވޭވުމަށް ހާއްސަ ޕްލެޓްފޯމު "ކަނޑު ފޯރި" ތައާރަފު ކޮށް، ރަޖިސްޓާވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޕްލެޓްފޯމަކީ ސޮނީ ފިޝިންގެ ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމުގައި ކޮންމެ މަހަކު ބާއްވާ ވާޗުއަލް ޓޯނަމަންޓުތަކާއި، ކޮންމެ އަހަރަކު ބާއްވާ ފިޒިކަލް ޓޯނަމަންޓުތަކެއް ވަނީ ހިމަނައިފަ އެވެ.

އެ ޕްލެޓުފޯމުގައި ބައިވެރިވެ ރަޖިސްޓާ ކޮށް، އެންމެ ފުރަތަމަ ބާއްވާ ޓޯނަމަންޓަށް ސަބްސްކްރައިބު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ މުބަރާތުގައި ބައިވެރިވެވޭނީ އަންނަ މަހުގެ 10ގެ ނިޔަލަށެވެ. "ކަނޑު ފޯރީ"ގެ ފުރަތަމަ މުބާރާތަކީ ފިޒިކަލް މުބާރާތެކެވެ.

"ކަނޑު ފޯރީ"ގެ މުބާރާތްތަކަކީ ވާޗުއަލް އަދި ފިޒިކަލްކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މުބާރާތްތަކެކެވެ. ސޮނީ ފިޝިންއިން ކޮންމެ މަހަކު ވާޗުއަލް ޓޯނަމަންޓެއް ކުރިއަށް ގެންދިއުމަށް ރާވާފައި ވާއިރު، ކޮންމެ އަހަރަކު ދެ ފިޒިކަލް ޓޯނަމަންޓު ބޭއްވުމަށް ވަނީ ރާވައިފަ އެވެ.

އެ ޕްލެޓްފޯމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޓޯނަމަންޓަކުން އެންމެ މޮޅު ތިން ބައިވެރިއެއް ހޮވައި، އަގުހުރި އިނާމުތަކެއް ދޭނެ އެވެ. އަދި ކޮންމެ އަހަރެއްގެ އެންމެ މޮޅު ތިން ބައިވެރިން ވެސް ހޮވައި، އަގުހުރި އިނާމުތަކެއް ދޭނެ އެވެ.

"ކަނޑު ފޯރީ"ގައި ގުރޫޕު މުބާރާތްތަކާއި އިންޑިވިޖުއަލް މުބާރާތްތައް ހުންނާނެ އެވެ. ވާޗުއަލް މުބާރާތްތަކަކީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ބައިވެރިވެ، ވާދަ ކުރެވޭނެ އޮންލައިން މުބާރާތްތަކެކެވެ.

އެ ޕްލެޓުފޯމުގެ އެންމެ ފުރަތަމަ މުބާރާތުގައި ޓީމްތަކުން ރަޖިސްޓާވުމަށް 1500ރ. ފީއެއް ދައްކަން ޖެހެ އެވެ. އިންޑިވިޖުއަލްކޮށް ބައިވެރިވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފީޢެއް ދައްކާކަށް ނުޖެހޭނެ އެވެ. ބައިވެރިން ރަޖިސްޓާވުމުން ހިލޭ ޓީޝާޓަކާއި، ފޫޓު ފީތާއެއް ލިބޭނެ އެވެ.

"ކަނޑު ފޯރީ"ގެ ފުރަތަމަ މުބާރާތުގެ އެއް ވަނަ އަށް ހުށަހަޅާފައި ވަނީ 10،000ރ. އެވެ. ދެ ވަނައަށް 5000ރ. އަދި ތިން ވަނަ އަށް 2500ރ. ވަނީ ހުށަހަޅައިފަ އެވެ. މުބާރާތުގެ އެންމެ މޮޅު މަސްވެރިއަކަށް "ސަރަގޯސާ" ފިޝިން ރީލެއް ވަނީ ހުށަހަޅައިފަ އެވެ.

"ކަނޑު ފޯރި" ޕްލެޓްފޯމަށް https://www.kandufoari.com/ އިން ވަދެވޭނެ އެވެ.

އެންމެ ފުރަތަމަ އޮންނަ މުބާރާތުގެ އޮގަނައިޒިން ޕާޓްނަރަކީ ޔުނިކްސް ސްޕޯޓިން އެވެ.