Roadha Mihaaru
ސޮނީ ފިޝިން ރީލޮކޭޓުކޮށްފި، ފުރަތަމަ މަހު ޑިސްކައުންޓް

ސޮނީ ފިޝިން ރީލޮކޭޓުކޮށްފި، އާ ފިހާރައިން ފުރަތަމަ މަހު ޑިސްކައުންޓް

13 އޯގަސްޓް 2023

ބޮޑުތަކުރުފާނު މަގުގައި ހުރި ސޮނީ ފިޝިން ހަމަ އެ މަގުގައި ހުންނަ ސޮނީ ހޯލްސޭލް ފިހާރައިގެ ފުރަތަމަ ފްލޯއަށް ރީލޮކޭޓުކޮށް ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ބޮޑުތަކުރުފާނު މަގުގައި ހުރި ސޮނީ ފިޝިން ހަމަ އެ މަގުގައި ހުންނަ ސޮނީ ހޯލްސޭލް ފިހާރައިގެ ފުރަތަމަ ފްލޯއަށް ރީލޮކޭޓުކޮށް ހުޅުވައިފި އެވެ.

މިއީ ސޮނީ ފިޝިންއިން އެކި ފިހާރަތަކުގައި ވިއްކަމުން ދިޔަ މަސްވެރިކަމާ ގުޅޭ ހުރިހާ ބްރޭންޑެއްގެ ޕްރޮޑަކްޓުތައް އެއްތަނަކުން ވިއްކުމުގެ ގޮތުން ހުޅުވި ފިހާރައެކެވެ. މި ފިހާރައިން ކޮމާޝަލް އަދި ސްޕޯޓްސް ފިޝިންއަށް ބޭނުންވާ ހުރިހާ ޕްރޮޑަކްޓެއް ލިބޭނެ އެވެ.

ސޮނީ ފިޝިން ފިހާރާގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް ތަކެތި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސޮނީ ފިޝިން ފިހާރާގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް ތަކެތި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސޮނީ ފިޝިންގެ ރީޓެއިލް މެނޭޖަރު މުހައްމަދު ހަމްދޫން ވިދާޅުވީ ސޮނީ ފިޝިން ރީލޮކޭޓުކުރީ ކުރިން ހިންގަމުން ދިޔަ ފިހާރައިގެ ހުރި ޖާގައިގެ ދަތިކަމުގެ ސަބަބުން ކަމަށެވެ. އަދި އެ ތަނުން ވިއްކާ ޕްރޮޑަކްޓުތައް އިތުރުކުރުމަކީ ވެސް މަގްސަދެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަލަށް އިތުރު ޕްރޮޑަކްޓުތަކެއް ވަރަށް އަވަހަށް ގެންނާނަން. އަދި އާ ހިދުމަތްތަކެއް ވެސް ފަށާނަން. އަޅުގަނޑުމެން މިއަދު ޝިމާނޯ ރީލް ސާވިސްކޮށް ދިނުމުގެ ހިދުމަތް ވާނީ ފަށާފަ. މި ހިދުމަތް މި ތަނަށް އައިސް މިއަދުން ފެށިގެން ހޯދޭނެ." ހަމްދޫން ވިދާޅުވި އެވެ.

މަސްވެރިކަމުގެ ގިނަ ޕްރޮޑަކްޓުތަކެއް މި ތަނުގައި ހުރޭ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މަސްވެރިކަމުގެ ގިނަ ޕްރޮޑަކްޓުތަކެއް މި ތަނުގައި ހުރޭ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސޮނީ ފިޝިން ރީލޮކޭޓުކޮށް އާ ފިހާރަ ހުޅުވުމާ ގުޅިގެން އެއްމަސް ދުވަހުގެ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ.

"މިއަދު އަޅުގަނޑުމެން މި ފެށި ޕްރޮމޯޝަނުގައި 3000 އެއްހާ އައިޓަމުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ،" ހަމްދޫން ވިދާޅުވި އެވެ.

ސޮނީ ފިޝިންއިން ޝިމާނޯ، ރަޕަލާ، އެޓޯލް ވިލިއަމްސަން، ޔަމަގާ ބްލޭންކްސް އަދި ރިޕްލް ފިޝާ ފަދަ އެކި ބްރޭންޑުތަކުގެ މަސްވެރިކަމާ ގުޅޭ ތަކެތި އަންނަނީ ވިއްކަމުންނެވެ. މި ފިހާރައިން އެކި ވައްތަރުގެ ދޮށި، ކަންވާރު، ބުޅި އަދި މަސްވެރިންނަށް ބޭނުންވާ ޕަމްޕާއި ވާ ވެސް އެ ތަނުން ލިބޭނެ އެވެ.

މަސްވެރިކަމުގެ ގިނަ ޕްރޮޑަކްޓުތަކެއް މި ތަނުގައި ހުރޭ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މަސްވެރިކަމުގެ ގިނަ ޕްރޮޑަކްޓުތަކެއް މި ތަނުގައި ހުރޭ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސޮނީ ފިޝިން ހުޅުވާފައި ހުންނާނީ ހެނދުނު 9 އިން 12 އަށެވެ. އަދި މެންދުރު 1:30 އިން 6 އަށެވެ. ރޭގަނޑު ހުޅުވާނީ 8 އިން 10 އަށެވެ.