ގިނަ އަދަދެއްގެ މުދާ ހިފައިގެން ދަތުރުކުރި ހދ. ކުޅުދުއްފުށީގެ ސަޕްލައި ދޯންޏެއް މިއަދު އަޑިއަށް ހިނގައްޖެ އެވެ.
10 ޑިސެމްބަރ 2022
ގިނަ އަދަދެއްގެ މުދާ ހިފައިގެން ދަތުރުކުރި ހދ. ކުޅުދުއްފުށީގެ ސަޕްލައި ދޯންޏެއް މިއަދު އަޑިއަށް ހިނގައްޖެ އެވެ.
އެ ދޯނީގައި ހަތަރު ދިވެހިން ތިއްބެވެ. އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެ އިން އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.
ސިފައިން ބުނީ ނ. ވެލިދޫން ފުރައިގެން ށ. ގޮއިދު އަށް ދަތުކުރި "ހައިޝަމް" ދޯނި ދިޔަވެ އަޑިއަށް ގޮސްފައި ވަނީ ށ. ބޮޑުޅައިމަންދޫ ކައިރިއަށް ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު، ހެނދުނު 11 ޖާހަކަށް ހާއިރު ލިބުމާއެކު، ސިފައިންގެ ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަ ކްރާފްޓް ލޯންޗާއި ށ. ފުނަދޫގައި އޮންނަ ސީ އެމްބިއުލާންސް އެ ސަރަހައްދަށް ދިޔަ ކަމަށް ވެސް ސިފައިން ބުންޏެވެ.
ހދ. ކުޅުދުއްފުށީ "ހައިޝަމް" އަޑިއަށް ގޮސްފައި އޮތްއިރު، އެ ދޯނި ކައިރީގައި ކޯސްޓްގާޑުން އެހީތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް
ގާތްގަނޑަކަށް 70 ފޫޓްގެ އެ ދޯނި ދިޔަވެ އަޑިއަށް ދާން ފެށުމުން، ދޯނި ބޮޑުޅައިމަންދޫ ފަރާ ކައިރިކޮށްފައިވާ ކަމަށް ސިފައިން ބުންޏެވެ.
"ގިނަ އަދަދެއްގެ މުދާ ހުރި މި ދޯނިން އޮޔާ ދިޔަ ގޭސް ފުޅިތައް ނޮދަން އޭރިއާ ފަސްޓް ސްކޮޑްރަންގެ ހާބަ ކްރާފްޓް ލޯންޗުން ހޮވާފައިވާއިރު، މި ދޯންޏަށް އެހީތެރިވުމުގެ މަސައްކަތުގައި ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ،" ސިފައިންގެ ވެބްސައިޓްގައި ވެ އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ދޯނި ދިޔަވެ، އެއް ފަޅިއަށް އަރި އަޅާލައި ބޮޑު ބައެއް އޮތީ ފެނު އަޑީގަ އެވެ.
ޑިންގީ ބަންޑުން ޖަހާލައި ކަނޑުވި ބަޔަކު ސަލާމަތްކޮށްފި
ކައްޕި ގެއްލުން: "ފެނުނު ވަޅީގައި ހުރީ ލެޔެއް ނޫން"
ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް އަދި ވެސް ކުރިއަށް
ގެއްލުނު ތިން މީހުން ފެނިއްޖެ
ކާޑު ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ފަރަށް
ނޭވާ ހިފަހައްޓާލައިގެން ފުންމާލީ ރާޅުތަކުގެ ތެރެއަށް
ޓޫރިސްޓުން ގޮވައިގެން ދިޔަ އިތުރު ލޯންޗެއް އަޑިއަށް
ކަނޑަށް ވެއްޓުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ސަފާރީއަކުން ކަނޑަށް ވެއްޓުނު ދިވެއްސަކު ހޯދަނީ
ބޯޓުން ގެއްލުނުމީހާ ހޯދުން މެދުކަނޑާލައިފި