Roadha Mihaaru
ޑިންގީ ބަންޑުން ޖަހާލައި ކަނޑުވި ބަޔަކު ސަލާމަތްކޮށްފި

ބަންޑުން ޖަހާލި ޑިންގީގެ މަތީގައި ތިން ގަޑިއިރު، އެންމެން ސަލާމަތްކޮށްފި

25 އޮކްޓޯބަރ 2024

ތިން މީހުންނާ އެކު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ޑިންގީ ބަންޑުން ޖަހާލައި ކަނޑުވެފައި ތިއްބާ، ތިން ގަޑިއިރު ފަހުން އެ މީހުން މިއަދު ސަލާމަތްކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ތިން މީހުންނާ އެކު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ޑިންގީ ބަންޑުން ޖަހާލައި ކަނޑުވެފައި ތިއްބާ، ތިން ގަޑިއިރު ފަހުން އެ މީހުން މިއަދު ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ތިން މީހުންނާ އެކު، ފަރުމަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ޑިންގީއެއް ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 6:11 ގައި ކަމަށެވެ. އެ ޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑުގެ މަސައްކަތުން އުޅަނދު ފެނުނީ 9:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން އެކްސްގައި އާންމުކުރި ވީޑިއޯގައި ފެންނަނީ ކޯސްޓްގާޑުގެ އުޅަނދު އެތަނަށް ދިޔައިރު އެ މީހުން ޑިންގީގެ މަތީގައި އިށީގެންދެގެން ތިއްބަ އެވެ.

ޑިންގީ ބަންޑުން ޖަހާލިތާ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން އެ މީހުން ހޯދައި، ސަލާމަތްކުރިއިރު މިއަދު މޫސުން އެހާ ގޯހެއް ނޫނެވެ. މިވަގުތު އެއްވެސް ސަރަހައްދަކަށް މޫސުމީ އެލާޓެއް ވެސް ނެރެފައި ނެތްއިރު ކަނޑު ވެސް އެހާ ގަދައެއް ނޫނެވެ.

މިއީ ކޮން ރަށަކުން މަހަށް ނުކުތް ބައެއް ކަމެއް ސާފެއް ނޫނެވެ.