ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕްގައި ހޯދި ރަން މެޑަލް ހާއްސަ ކުރަނީ އަމިއްލަ ރަށް، ގއ. ވިލިނގިލީގެ ރައްޔިތުންނަށް ކަމަށް، މިދިޔަ ހޮނިހިރު ދުވަހު އެ މުބާރާތުން ރަން މެޑަލް ހޯދި އަޒުނީން ރަޝާދު ބުނެފި އެވެ.
ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕްގައި ހޯދި ރަން މެޑަލް ހާއްސަ ކުރަނީ އަމިއްލަ ރަށް، ގއ. ވިލިނގިލީގެ ރައްޔިތުންނަށް ކަމަށް، މިދިޔަ ހޮނިހިރު ދުވަހު އެ މުބާރާތުން ރަން މެޑަލް ހޯދި އަޒުނީން ރަޝާދު ބުނެފި އެވެ.
ތައިލެންޑްގެ ޕުކެޓްގައި ކުރިއަށްދާ މުބާރާތުގެ ސްޕޯޓްސް ފީޒީކް އަޕްޓް 170 ސެންޓްމީޓަރުގެ ކެޓަގަރީން ރަން މެޑަލް ހޯދައި އަޒުނީން ވަނީ، ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖެ އަށް ފުރަތަމަ ފަހަރަށް ރަން މެޑަލްއެއް ހޯދައި ދިން އެތުލީޓްގެ ޝަރަފް ހާސިލުކޮށްފަ އެވެ.
ޖުލައި މަހު ރާއްޖޭގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދުމުން، ވިލިނގިލިން ހޫނު މަރުހަބާއެއް ލިބުނު އަޒުނީން ބުނީ އޭނާ އަށް އެންމެ ބޮޑު ސަޕޯޓެއް ދެނީ ވިލިނގިލީގެ ރައްޔިތުން ކަމަށެވެ.
"އޭޝިއަން ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދައިގެން ދިޔައީމަ ރަށުގެ ރައްޔިތުންގެ ފަރާތުން އެ ލިބުނު މަރުހަބާ އަކީ ހަނދާން ނައްތާ ނުލެވޭނެވަރުގެ ކަމެއް. އެ ދުވަހު އިހުސާސް ކުރެވުނު އަޅުގަނޑުގެ އެންމެ ބޮޑު ސަޕޯޓަރުންނަކީ ރަށުގެ ރައްޔިތުންކަން،" އިމޯޝަނަލް ވެފައި ހުރި އަޒުނީން ބުންޏެވެ.
"ރަށުގެ ކައުންސިލާއި ރައްޔިތުންގެ އެ އެއްބާރުލުން އަބަދު ވެސް ފާހަގަ ކުރަން. އެހެންވެ އަޅުގަނޑުގެ މި ރަން މެޑަލް ހާއްސަ ކުރާނީ ރަށުގެ ރައްޔިތުންނަށް. އަޅުގަނޑުގެ ކޮންމެ ކާމިޔާބެއްގައި އެ ރައްޔިތުން ތިބޭނީ އަޅުގަނޑުގެ ފަހަތުގައި."
ރަން މެޑައްޔާއެކު އަޒްނީން ވިލިނގިއްޔަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔައިފި https://t.co/kdCLLCfGYd
— Mihaaru (@Mihaarunews) July 23, 2022
އޭޝިއަން ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދައި އަޒުނީން ވަނީ، އޭޝިއާ ބައްރުގެ މުބާރަަތެއްގައި އަމިއްލަ ފަސްގަނޑުގައި ވާދަކޮށް ރަން މެޑަލް ހޯދި ދިވެހި ފުރަތަމަ އެތުލީޓްގެ ޝަރަފު ވެސް ހާސިލުކޮށްފަ އެވެ. ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ވޯލްޑް ޗެމްޕިއަންޝިޕެއްގައި މީގެ ކުރިން ރާއްޖޭގެ އެއްވެސް ކުޅިވަރަކުން ރަން މެޑެއްޔެއް ލިބިފައެއް ނުވެ އެވެ. އަޒުނީން ރަން މެޑަލް ހާސިލުކޮށް އޭނާ ވަނީ ވޯލްޑް ޗެމްޕިއަންޝިޕެއްގައި ރަން މެޑަލް ހޯދި ފުރަތަމަ ދިވެހި އެތުލީޓްގެ ޝަރަފު ވެސް ހޯދައިފަ އެވެ.
މި އަހަރަކީ އަޒުނީންގެ ކެރިއާގައި ކާމިޔާބު އަހަރެކެވެ. ވޯލްޑް އަދި އޭޝިއަން ޗެމްޕިއަންޝިޕްގެ ރަން މެޑަލްގެ އިތުރުން މއަހަރުގެ މިސްޓަ މޯލްޑިވްސް މުބާރާތުގައި ސްޕޯޓްސް ފީޒީކް ކެޓަގަރީން ޗެމްޕިއަންކަން ދިފާއު ކުރި އެވެ. ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރި ގައުމީ ޓީމުގެ ކެޕްޓަން ނުވަތަ ލީޑަރަކަށް، ބޮޑީ ބިލްޑިން އެސޯސިއޭޝަނުން ހަމަޖެއްސީ ވެސް އަޒުނީނެވެ.
އޭނާ ބުނީ އޭނާގެ ކާމިޔާބުގައި ބީބީއޭއެމްގެ ރައީސް އިބްރާހިމް ހަމީދު އާއި ނައިބު ރައީސް އައިމަންގެ އިތުރު ޓީމުގެ ކޯޗު އަބްދުލް ހަސީބުގެ ދައުރު ބޮޑު ކަމަށެވެ.
"އަޅުގަނޑަށް މިހާހިސާބަށް އާދެވުމުގައި އެ ތިން މީހުންގެ އެހީތެރިކަން ވަރަށް ބޮޑު،" އޭނާ ބުންޏެވެ.
ވޯލްޑް ޗެމްޕިއަންޝިޕްގައި ހަތް އެތުލީޓުން ވާދަ ކުރި ދިވެހި ޓީމުން ވަނީ ހަ މެޑަލް ހޯދައިފަ އެވެ. އަޒުނީންގެ ހޯދި ރަން މެޑަލްގެ އިތުރުން ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީ މިދިޔަ ހުކުރު ދުވަހު މުހައްމަދު މޫސާ (މޯޑް) ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. ބޮޑީ ބިލްޑިންގެ ސުޕަ ކެޓަގަރީ 90 ކިލޯއިން ރާއްޖޭގެ ޗެމްޕިއަން ނުވަތަ މިސްޓާ މޯލްޑިވްސް ހޯލްޑާ މުހައްމަދު ޔާމީން (ޔާންބެ) ވަނީ އިއްޔެ ބްރޯންޒް މެޑަލް ހޯދައިފަ އެވެ. ދެން ހިމެނެނީ އެތުލެޓިކް ފީޒީކް އަޕްޓު 75 ސެންޓި މީޓަރުގެ ކެޓަގަރީން ބްރޯން މެޑަލް ހޯދި ހުސައިން ހިމްޔާން އާއި އެތުލެޓިކް ފިޒީކް 160 ސެންޓި މީޓަރުން ބްރޯންޒް މެޑަލް ހޯދި ފަތުހުﷲ މުހައްމަދާއި އެތުލެޓިކް ފިޒީކް 167 ކެޓަގަރީން ބްރޯންޒް މެޑަލް ހޯދި އަބްދުﷲ އަހުސަނެވެ.
އޭޝިއާގެ ޗެމްޕިއަންޝިޕުން ސްޕޯޓް ފިޒީކް 180 ސެންޓްމީޓަރު ކެޓަގަރީން ބްރޯންޒް މެޑަލް ހޯދި މުހައްމަދު އިމްރާހަށް ވޯލްޑް ޗެމްޕިއަންޝިޕްގައި ހަމަ އެ ކެޓަގަރީން ކުރިމަތިވީ ޓަފް ޗެލެންޖެކެވެ. ޖުމުލަ 11 އެތުލީޓުން ވާދަކުރި އެ ކެޓަގަރީން އިމްރާހް ދިޔައީ ފަސް ވަނަ އަށެވެ.
ވޯލްޑް ޗެމްޕިއަންޝިޕުން ޝާހީނާއި އަޒްނީނަށް ރަން މެޑަލް
55 ގައުމު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް
ބޮޑީބިލްޑިން ދުނިޔޭގެ މުބާރާތަށް 11 މިލިއަން ރުފިޔާ
ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަނީ
ވޯލްޑް ޗެމްޕިއަންޝިޕުން ޔާންބެ ބްރޯންޒް މެޑަލް ހޯދައިފި
ހިމްޔާން، އަހުސަން އަދި ފަތުހުﷲ އަށް ބްރޯންޒް މެޑަލް
ވޯލްޑް ޗެމްޕިއަންޝިޕުން އަޒުނީން ރަން މެޑަލް ހޯދައިފި
ވޯލްޑް ޗެމްޕިއަންޝިޕުން މޯޑް ރިހި މެޑަލް ހޯދައިފި
ޑިޕްރެޝަންގެ އަނދިރިން ނުކުމެ ދުނިޔޭގެ އިސް ސަފަށް
ގައުމީ ބޮޑީ ބިލްޑިން ޓީމުގެ ކެޕްޓަނަކަށް އަޒުނީން