Roadha Mihaaru
ސިންގަޕޫރު އަތުން ވެސް ރާއްޖެ ބަލިވެއްޖެ

ސިންގަޕޫރު އަތުން ވެސް ރާއްޖެ ބަލިވެއްޖެ

17 ޑިސެމްބަރ 2022

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި މިއަދު ސިންގަޕޫރު އަތުން 3-1 ން ރާއްޖެ ބަލިވެއްޖެ އެވެ.

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި މިއަދު ސިންގަޕޫރު އަތުން 3-1 ން ރާއްޖެ ބަލިވެއްޖެ އެވެ.

މިއީ އެއް ހަފުތާތެރޭ ރާއްޖެއިން ކުޅުނު ދެވަނަ މެޗެވެ. މިދިޔަ ބުދަ މެލޭޝިއާ އަތުން ރާއްޖެ ބަލީވީ 3-0 ންނެވެ.

އޭގެ ދެ ދުވަސް ފަހުން މިއަދު ސިންގަޕޫރުގައި ކުޅުނު މެޗުގެ ފުރަތަމަ 11 ގެ މެޗަށް ގައުމީ ޓީމުގެ ކޯޗުގެ ފްރެންޗެސްކޯ މޮރިއޭރޯ ގެނައި އެންމެ ބަދަލެކެވެ. އެއީ މުހައްމަދު ޝަހާއުގެ ބަދަލުގައި ހަމްޒާ މުހައްމަދު ކުޅެން ނެރުމެވެ.

ރާއްޖެ އަށް ލަނޑު ޖަހައި ދިނުމަށް ފަހު އިބްރާހިމް މަހުދީ (17) އުފާފާޅު ކުރަނީ: އޭނާ ރާއްޖެ އަށް ލަނޑު ޖަހައިދިނީ ސިންގަޕޫރުން ފުރަތަމަ ލަނޑު ޖަހައިގެން ލީޑް ނަގައިފައިވަނިކޮށް --- ފޮޓޯ: އެފްއޭއެމް

ރާއްޖެ އަށް ލަނޑު ޖަހައި ދިނުމަށް ފަހު އިބްރާހިމް މަހުދީ (17) އުފާފާޅު ކުރަނީ: އޭނާ ރާއްޖެ އަށް ލަނޑު ޖަހައިދިނީ ސިންގަޕޫރުން ފުރަތަމަ ލަނޑު ޖަހައިގެން ލީޑް ނަގައިފައިވަނިކޮށް --- ފޮޓޯ: އެފްއޭއެމް

މެޗު ފެށިގެން 4 ވަނަ މިނެޓްގައި ސިންގަޕޫރުން ވަނީ ލީޑް ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައި ދިނީ އިލްހާން ފަންޑީ އަހުމެދެވެ.

ސިންގަޕޫރަށް ލީޑްނަގައިގެން އޮންނަން ދިވެހި ޓީމުން ފުރުސަތެއް ނުދިނެވެ. ރާއްޖޭގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. ހަމްޒާ ނެގި ކޯނަރު ބޮލުން ފޮނުވާލައި އިއްބެ ވަނީ ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށް ދީފަ އެވެ.

އެކަމަކު ސިންގަޕޫރުން ވަނީ ދެވަނަ ހާފުގައި ނަތީޖާ ބަދަލުކޮށްފަ އެވެ. އެ ޓީމަށް ލީޑް ނަގައިދީ ލީޑް ފުޅާކޮށް ދިނީ ޝަވާލް އަނައުއާ އެވެ. ދެވަނަ ހާފުގެ ފެށިގެން ހަ ވަނަ މިނެޓްގައި އޭނާ ސިންގަޕޫރަށް ލީޑް ނަގައިދިނެވެ. އޭނާގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ 3-1 އަށް ބަދަލުކޮށްލީ 87 ވަނަ މިނެޓްގަ އެވެ.