އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ސިންގަޕޫރާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ރާއްޖޭން ކުޅެން ހަމަޖެހިއްޖެ އެވެ.
11 މެއި 2025
އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ސިންގަޕޫރާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ރާއްޖޭން ކުޅެން ހަމަޖެހިއްޖެ އެވެ.
ކޮލިފައިންގެ ގުރޫޕް އޭ ގައި ރާއްޖޭގެ ދެ ވަނަ މެޗު، ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭނީ މި އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.
އޭގެ ކުރިން އެކުވެރިކަމުގެ މެޗުގައި ސިންގަޕޫރާ ދެކޮޅަށް މެޗެއް ކުޅެނީ ކޮލިފައިން މެޗަށް ތައްޔާރުވުމުގެ ގޮތުން ކަމަށް އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު އިސްމާއީލް ސިމަން ވިދާޅުވި އެވެ.
އެ މެޗު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ކުޅޭނެ ތާރީހު އޭނާ ވިދާޅެއް ނުވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މެޗު ކުޅޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.
ރާއްޖޭން އެންމެ ފަހުން ސިންގަޕޫރާ ދެކޮޅަށް ކުޅުނީ ޑިސެމްބަރު 2022 ގަ އެވެ. އެ މެޗުން ރާއްޖެ ބަލިވީ 3-1 އިންނެވެ.
ކޮލިފައިންގައި ރާއްޖެ އާއި ޓިމޯ ލެސްޓޭ ކުޅުނު މެޗުތަކުން ވެސް ވަނީ ބަލިވެފަ އެވެ. މާޗު މަހު ފިލިޕީންސް އަތުން ރާއްޖެ ބަލިވީ 4-1 އިންނެވެ. ތަޖިކިސްތާނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ ޓިމޯ ލެސްޓޭ ބަލިވީ 1-0 އިންނެވެ.
ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ ޓިމޯ ލެސްޓޭގެ ހޯމް މެޗެވެ. އެކަމަކު އެ ޓީމުގެ ހޯމް މެޗުތައް ކުޅޭނީ ނިއުޓްރަލް ވެނޫއެއްގަ އެވެ. ބައިނަލްއަގްވާމީ ކޮލިފައިން މެޗުތައް ކުޅެން ފީފާއިން ކަނޑައަޅާފައިވާ ގިންތިއަށް ޓިމޯ ލެސްޓޭގެ ސްޓޭޑިއަމް ނުފެތެ އެވެ.
ކޮލިފައިންގެ ޖާގަ ހޯދަން މޮންގޯލިއާއާ ދެކޮޅަށް ކުޅުނު ޓިމޯ ލެސްޓޭގެ ހޯމް މެޗު ކުޅުނީ އިންޑޮނޭޝިއާގަ އެވެ.
އައިހަމް އާއި އީނާޒް މުޅިން އަލަށް ގައުމީ ޓީމަށް
ހާލަތު ބަދަލުކުރަން ފްރެންޑްލީ ގިނަކުރަންޖެހޭ: މޯހަން
މޮޅުވިޔަސް ފިލިޕީންސުން ބޭނުންވި ނަތީޖާއެއް ނުނެރެވުނު!
ކުރިމަގުގެ މެޗަށް ހަމްޕް އެދުނީ ސަޕޯޓަރުންގެ އެހީއަށް!
ފިލިޕީންސްގެ ކޯޗު ބުނީ ރާއްޖޭގައި ކުޅެން އުނދަގުކަމަށް
ޓީމުގެ ދިފާއީ ޕްލޭނުގައި ހައްލުތަކެއް ހޯދިއްޖެ: މޯހަން
ކީޕަރު އަޝްވާނާއި ވެލެންސިއާގެ އީތަން ގައުމީ ޓީމަށް
ކުޅުމަށް ބަލައި ނަތީޖާ ގަބޫލުކުރަން މޯހަންއަށް އުނދަގޫ
ޔޫރަޕްގައި ކުޅެވޭނެ ކުޅުންތެރިން ރާއްޖޭގައި އެބަތިބި
ތަޖިކިސްތާނުން ރާއްޖެ ތިން ލަނޑުން ބަލިކޮށްފި