23 ޑިސެމްބަރ 2022
ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި މާތް ﷲ އުޑުތަކާއި ބިން ހެއްދެވި އިރު އެ ހަލްގު ކުރެއްވުމާ ގުޅިފައިވާ ކަމެއްގެ ގޮތުގައި އިންސާނުންގެ މައްޗަށް ލާޒިމުވާ އިމްތިހާނެއް ވެ އެވެ. (ހޫދު 7) އަދި އިންސާނުން އުފަންވުމާއި މަރުވުން (އެބަހީ އިންސާނާގެ ދުނިޔަވީ ހަޔާތް) ﷲ ލައްވާފައި ވަނީ ވެސް ހަމަ އެ ބޭނުމުގައިކަން އެނގެ އެވެ. (މުލްކު 2). ހަމަ އެފަދައިން، ﷲ ގެ މަހުލޫގުންގެ ތެރޭގައި އުގޫބާތަކަށް ހުށަހެޅޭނެ ނުލަފާ ބަޔަކާއި ދަރުމަ އާއި ސަވާބު ލިބޭނެ ހެޔޮލަފާ ބަޔަކު ވާނެ ކަން ވެސް އެނގެ އެވެ. (އައްނަޖްމު 31).
ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި މާތް ﷲ އުޑުތަކާއި ބިން ހެއްދެވި އިރު އެ ހަލްގު ކުރެއްވުމާ ގުޅިފައިވާ ކަމެއްގެ ގޮތުގައި އިންސާނުންގެ މައްޗަށް ލާޒިމުވާ އިމްތިހާނެއް ވެ އެވެ. (ހޫދު 7) އަދި އިންސާނުން އުފަންވުމާއި މަރުވުން (އެބަހީ އިންސާނާގެ ދުނިޔަވީ ހަޔާތް) ﷲ ލައްވާފައި ވަނީ ވެސް ހަމަ އެ ބޭނުމުގައިކަން އެނގެ އެވެ. (މުލްކު 2). ހަމަ އެފަދައިން، ﷲ ގެ މަހުލޫގުންގެ ތެރޭގައި އުގޫބާތަކަށް ހުށަހެޅޭނެ ނުލަފާ ބަޔަކާއި ދަރުމަ އާއި ސަވާބު ލިބޭނެ ހެޔޮލަފާ ބަޔަކު ވާނެ ކަން ވެސް އެނގެ އެވެ. (އައްނަޖްމު 31).
ނަމަވެސް މި ޖަޒާގެ ޒިންމާ އިންސާނާ ނަގަން ނުޖެހޭނެ ކަމަށް ގަބޫލުކުރާ ބައެއް މީހުން އުޅެ އެވެ. އެހެން ވަނީ މިފަދަ މީހުންނަށް ގަޟާގަދަރުގެ މާނަ ސައްހަ ގޮތުގައި އެނގިފައި ނުވާތީ އެވެ. މިފަދަ މީހުން ގަބޫލުކުރާ ގޮތުގައި އިންސާނާ ކިތަންމެ ރަނގަޅަށް އުޅެން މަސައްކަތް ކުރިއަސް އެ މީހަކު މަގުފުރެދެން ﷲ މިންވަރު ކުރައްވަފާނެ އެވެ. އެހެނީ ހުރިހާ ކަމެއް ވެސް ހިނގަނީ ﷲ ގެ މިންވަރުފުޅުން ކަމަށް ވާތީ އެވެ. މިއީ ސައްހަ ދޭހައެއް ނޫނެވެ.
ސައްހަ ގޮތުގައި މި މައްސަލަ ދޭހަވުމަށްޓަކައި އެންމެ ފުރަތަމަ ދެނެގަންނަން ޖެހޭ ކަމަކީ އިންސާނާ އަށް ތެދުމަގުގައި ހުރުމަށް ބޭނުންވާނެ ހުރިހާ ކަމެއް ﷲ އިންސާނާ އަށް ފަހިކޮށްދެއްވާފައިވާ ކަމެވެ. މިގޮތުން އެއް ކަމަކީ ހެޔޮގޮތް ވިސްނާނެ ބުއްދީގެ ނިއުމަތް ދެއްވާފައި ވުމެވެ. ދެވަނަ ކަމަކީ ހެޔޮ ނުބައި އެނގުމަށް ފަހު އޭގެ ތެރެއިން ބޭނުންވާ ގޮތެއް އިހުތިޔާރު ކުރުމުގެ މިނިވަންކަން ދެއްވާފައި ވުމެވެ. ތިންވަނަ ކަމަކީ އެ އިހުތިޔާރު ކުރި ގޮތަށް ކަންކަން ކުރުމުގެ ގާބިލިއްޔަތު ދެއްވާފައި ވުމެވެ. ހަތަރުވަނަ ކަމަކީ ހެޔޮގޮތް ބަޔާންކޮށްދޭން ރަސޫލުން ފޮނުއްވައި ފޮތް ބާވާލައްވާފައި ވުމެވެ. ﷲ އަންގަވަނީ އެގޮތަށް އެކަން ނިންމަވާފައި ވަނީ އިންސާނުންނަށް ގިޔާމަތް ދުވަހުން "ތިމަން މެންވީ ތިކަމުގައި އާފިލު ބައެއް ކަމުގައޭ، ނުވަތަ ތިމަންމެންގެ ކާބަފައިން ވީ ޝަރީކު ކުރާ ބަޔަކު ކަމުގައޭ، އެ މީހުން ކުރި ކަމެއްގެ ސަބަބުން ތިމަންމެން ހަލާކުވާންވީ ކީއްވެގެންހޭ؟" ބުނަން ފުރުސަތެއް ނުދެއްވުމަށް ކަމަށެވެ. (އަލްއައުރާފު 172-173).
ވީމާ އިންސާނާގެ އަމަލުތަކުގެ ތެރެއިން އޭނާ އަށް ލިބިފައިވާ އިހުތިޔާރުގެ ދަށުން ކުރާ ކަންކަމަށް އޭނާ ޒިންމާވާން ޖެހޭނެ އެވެ. އެ ކަންކަން ވުމަށް މަގުފަހިވުން އެއީ ﷲ ގެ މިންވަރުފުޅުގެ ތެރެއިން ހިނގާ ކަމަކަށް ވުމަކީ އިންސާނާ އަށް ޒިންމާ އިން ރެކެވެން އޮތް ކަމެއް ނޫނެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އިންސާނާ މިކަމަށް އުޒުރު ދައްކަނީ އެވެ. މިގޮތުން އިންސާނުން އެ މީހުންގެ ނުބައި އަމަލުތައް ގަޟާގަދަރަށް މަތިކުރާ އެއް ސަބަބަކީ އަމިއްލަ ޒިންމާ ނުނަގައި ގޯސްކޮށް އުޅެން ބޭނުންވުމެވެ. ދެވަނަ ސަބަބަކީ ގަޟާގަދަރާ ބެހޭގޮތުން ޤުރްއާނުގައި ހުރި ހުރިހާ އާޔަތްތައް އެއްކޮށްގެން ސައްހަ ގޮތުގައި ގަޟާގަދަރު ފަހުމް ކުރަން މަސައްކަތް ނުކުރުމެވެ. ތިންވަނަ ސަބަބަކީ އިންސާނާގެ ދިރިއުޅުމުގައި ހިނގާ ކަންކަމުގެ ތެރެއިން އޭނާގެ އިހުތިޔާރުގައި ހިނގާ ކަންކަމާއި އިހުތިޔާރެއް ނެތި ހިނގާ ކަންކަން މަސްހުނިކޮށް ދެބައި ފަރަގު ކުރަން ނޭނގުމެވެ. މިސާލަކަށް އަހަރެމެންގެ އިޒުނައަކާ ނުލައި އަހަރެމެންގެ ހިތްތައް ޕަންޕުވެ، އޭގެ ވަޒީފާ އަދާވަމުން ދާ ދިއުމާއި އަހަރެމެންގެ ދުލުން އަހަރެމެން ބުނަން ބޭނުންވާ ވާހަކައެއް އިހުތިޔާރުކޮށް ބުނުމާ އެއްފަދަ ވާނެ ހެއްޔެވެ؟ ނުވަތަ އަހަރެމެން ދުނިޔެ އަށް އައިއިރު އަހަރެމެންގެ ކުލަ ހުރި ގޮތާއި އަހަރެމެން މީހަކަށް މަލާމާތް ކުރުމާ އެއްފަދަވާނެ ހެއްޔެވެ؟
ވީމާ އިންސާނާ އިހުސާންތެރިއަކަށް ވާން ބޭނުން ނަމަ އިހުސާންތެރިއަކަށް ﷲ ގެ އިރާދައާ އެކު ވެވޭނެ އެވެ. ހަމަ އެފަދައިން އޭނާ ނުލަފާ ޖައްބާރަކަށް ވާން ބޭނުން ނަމަ ﷲ ގެ އިރާދައާ އެކު އެފަދަ މީހަކަށް ވެސް ވެވޭނެ އެވެ. ކީރިތި ޤުރްއާނުގެ އާޔަތްތައް މި ހަގީގަތް ކަށަވަރު ކޮށްދެ އެވެ
މިފަދަ މިސާލުތަކުން މި ފެންނަ ދެ ބާވަތުގެ ކަންކަމަކީ ތަފާތު ދެ ބާވަތެއްގެ ކަންކަމެވެ. އެއް ބާވަތަކީ އޭގައި އިންސާނާ ޒިންމާވާން ޖެހޭ ކަންކަމެއް ނޫނެވެ. ފަހަރެއްގައި އެހެން އިންސާނެއްގެ ޒިންމާވުން އޭގައި އޮތް ނަމަވެސް މެ އެވެ. އަނެއް ބާވަތަކީ އިންސާނާ އަށް އޭގައި އިހުތިޔާރު އޮންނާތީ އެ އިހުތިޔާރާއި އަދި އެކަމަށް ކުރިމަތިލައި އެކަން ކުރިއަށް ގެންދާތީ އިންސާނާ އޭގެ ޒިންމާ ނަގަން ޖެހޭ ކަންކަމެވެ. މި ދެ ބާވަތުގެ ކަންކަން ވެސް އޮންނާނީ ﷲ ގެ މިންވަރުފުޅާއި އަދި އެކަލާނގެ އަޒަލީ އިލްމުފުޅާ އެއްގޮތަށެވެ. މީގެ ތެރެއިން ދެވަނަ އަށް މި ބަޔާންކުރި ބާވަތުގެ ކަންކަމުގެ ޖަޒާ އިންސާނާ އަށް ލިބުން ބިނާވެފައި ވަނީ ﷲ ގެ މިންވަރުފުޅުން އެކަންކަން ހިނގާތީ އެއް ނޫނެވެ. ނުވަތަ އެކަލާނގެ އަޒަލީ އިލްމުފުޅުގައި އެކަންކަން އޮންނާތީއެއް ވެސް ނޫނެވެ. އެކަމަކު އެކަންކަން ކުރަން އިންސާނާ އިހުތިޔާރުކޮށް އެ ކަމަށް މަސައްކަތް ކުރާތީ އެވެ.
މިސާލެއް ނަގަމާ ހިނގާށެވެ! އަހަރެމެން ގޭގައި ބޮކި ދިއްލުމަށާއި އެކިއެކި މެޝިންތަކާއި އާލަތްތައް ހިންގުމަށް ކަރަންޓު ބޭނުން ކުރަމެވެ. މިގޮތަށް ކަރަންޓު ބޭނުން ކުރުމަށް ފަހު ކަރަންޓު ބިލު އައީމާ ތިޔަ ކަރަންޓު ލިބުނީ ކަރަންޓު ކުންފުނިން ވައިރުތައް މެދުވެރިކޮށް ކަރަންޓު ފޮނުވާފައި ހުރީމައޭ، އެ ނުފޮނުވާ ނަމަ ދުވަހަކު ވެސް ތިމަންމޭ ގޭގެ ބޮކިތައް ދިއްލަން އެ ކަރަންޓެއް ހޭދައެއް ނުވާނެއޭ، އެހެންވީމާ ތިޔަ ބިލަށް ތިމަން ފައިސާ ދައްކާކަށް ނުޖެހޭނެއޭ ބުނެވިދާނެ ހެއްޔެވެ؟ ނުވަތަ ދަނޑުވެރިޔަކު އަފިހުން ނުވަތަ ހަޝިޝް އިންދީމާ އެކަމުގެ ތުހުމަތުގައި ދައުވާ ކުރީމާ އެކަމުން ރެކެން ވެގެން، ތިމަންނާ އަށް ތިކަމުން އުގޫބާތެއް ލިބިގެން ނުވާނެއޭ، އެ ގަސްތައް ހެއްދެވި ފަރާތަކީ ﷲ އޭ، ﷲ ވަނީ އެކަން ޤުރްއާނުގައި ވެސް ބަޔާންކޮށްފައޭ (އަލްވާގިއަތު 63-64) ބުނެވިދާނެ ހެއްޔެވެ؟
އަހަރެމެންގެ ތެރެއިން މީހަކު މިސްކިތަށް ނަމާދަށް ދާން ނިޔަތް ގަތަސް ނުވަތަ ބަނގުރާ ބޯން ތަނަކަށް ދާން ނިޔަތް ގަތަސް ﷲ ގެ މިންވަރުފުޅާ އެކު އޭނާގެ ހިތް ހަމަ ހިނގަހިނގާ ހުރެދެ އެވެ. ﷲ ގެ ކުޅަދުންވަންތަކަމާ އެކު އޭނާގެ ނާރުތަކުގެ ނިޒާމުން ގުނަވަންތަކަށް އަމުރުތައް ފޮނުވައި ގުނަވަންތައް ހަރަކާތް ކުރުވަ އެވެ. އޭނާ ދާން ބޭނުންވި ތަނަކަށް ދާން ނުކުޅެދޭނެ ގޮތަށް އެއްވެސް ކަމެއް ﷲ ގެ ވާގިފުޅާއެކު ނުހިނގައި އޮވެދެ އެވެ. މިހެން ގޮސް އެ މީހާ އެ ނިޔަތް ގަތް ތަނަކަށް ގޮސް އޭނާ ބޭނުންވާ ކަމެއް ކުރުމަށް ހުރިހާ ކަމެއް ﷲ ފަހިކޮށްދެއްވުން އެއީ އެ ތަނަކަށް ދާން އަދި އެ ނިޔަތްގަތް ކަމެއް ކުރަން ﷲ އޭނާ އަށް މަޖުބޫރު ކުރުވުން ކަމަށް ވާނެ ހެއްޔެވެ؟
ޔަގީންކަމާ އެކު ބުނެވޭނީ، މީހަކު ވަކި ތަނަކަށް ދާން އިހުތިޔާރުކޮށް އެ ތަނަށް ގޮސް އެކަމަކާ ކުރިމަތިލީ ކަމެއް ކުރުމަށް ﷲ މަގުފަހި ކުރެއްވުން ނުވަތަ މީހަކު ބިމުގައި އޮށެއް އިންދުމުން އެއިން ގަސްފަޅައި ގަސްހެދި އޭގެ މޭވާ ލިބުމަށް ﷲ މިންވަރު ކުރެއްވުން ނުވަތަ މީހަކު ކަރަންޓުގެ ބޭނުންކުރަން އެ ކަރަންޓު ލިބޭނެ ގޮތްތައް ﷲ މެދުވެރިކުރެއްވުން އެއީ އިންސާނާގެ އިހުތިޔާރު އޭނާ އަށް މަޖުބޫރު ކުރުވާ ކަމެއް ނޫން ކަމަށެވެ. އެހެނީ އޭނާގެ ކުރިމަތީގައި އެތައް އިހުތިޔާރެއް އޮތްވައި އޭގެ ތެރެއިން ވަކި ގޮތެއް އިހުތިޔާރު ކުރަނީ (ﷲ ގެ ވާގިފުޅާ އެކުގައި ކަމަށް ވިއަސް) އޭނާ އަމިއްލަ އަށެވެ. އޭނާގެ ދިރިއުޅުމުގެ އިމްތިހާނު ބިނާވެފައިވަނީ އޭނާގެ މި އިހުތިޔާރު ކުރުމާއި އެ އިހުތިޔާރު ތަންފީޒު ކުރަން އޭނާ ކުރާ މަސައްކަތުގެ މައްޗަށެވެ. އޭނާ އަށް ދުނިޔެމަތީގައި ވިއަސް އަދި އާހިރަތުގައި ވިއަސް ޖަޒާ ލިބުން ބިނާވެފައި ވަނީ ވެސް ހަމަ މި އިހުތިޔާރާ ކުރިމަތިލުމަށް އެކަންޏެވެ. އެ ކަންކަން ތަންފީޒުވުމަށް ﷲ މެދުވެރި ކުރައްވާ ކަންކަމުގެ މައްޗަކަށް ނޫނެވެ. އިންސާނާ އަށް ލިބިފައި މިވާ އިހުތިޔާރަކީ އޭނާ އެހެން މަހުލޫގުންނާ ތަފާތު ވާ އެންމެ މުހިންމު ސިފައެވެ.
ވީމާ އިންސާނާ އިހުސާންތެރިއަކަށް ވާން ބޭނުން ނަމަ އިހުސާންތެރިއަކަށް ﷲ ގެ އިރާދައާ އެކު ވެވޭނެ އެވެ. ހަމަ އެފަދައިން އޭނާ ނުލަފާ ޖައްބާރަކަށް ވާން ބޭނުން ނަމަ ﷲ ގެ އިރާދައާ އެކު އެފަދަ މީހަކަށް ވެސް ވެވޭނެ އެވެ. ކީރިތި ޤުރްއާނުގެ އާޔަތްތައް މި ހަގީގަތް ކަށަވަރު ކޮށްދެ އެވެ. މި ހަގީގަތް ސައްހަ ގޮތުގައި ފަހުމު ވާނީ ގުޅުން ހުރި ހުރިހާ އާޔަތްތައް އެއްކޮށްގެން މައުލޫއު ފަހުމް ކުރަން މަސައްކަތް ކުރުމުންނެވެ. މިގޮތުން މި އާޔަތްތަކުގެ އަލީގައި މިކަން ފަހުމް ކުރާނެ ގޮތާ މެދު އެހެން ލިޔުމެއްގައި ﷲ ގެ ވާގިފުޅާ އެކު އަލިއަޅުވާލާނަމެވެ. (ނުނިމޭ)
ނަފްސު ތަޒުކިޔާ ކުރުމުގެ ތަމްރީނުގެ އައު ބުރެއް ފެށުން
މުއުމިނުން އެކަނިވެރިކަން އިހުސާސް ކުރާކަށް ނުޖެހޭނެ
ނަމާދުގެ ހަރަކާތްތަކުން ރަމްޒު ކޮށްދެނީ ކޮން ކަމެއް؟
އިސްރާ އާއި މިއުރާޖުގެ މަތިވެރި މުއުޖިޒާތްތައް
މުޖުތަމައުގައި ދަމަހައްޓަންޖެހޭ މުހިންމު ސިފަތަކެއް
އުހުރަވީ ހަޔާތުގެ ޖަޒާ އަކީ މާއްދީ އަދި ރޫހީ ޖަޒާއެއް
ސަމާވީ ރިސާލަތްތަކަށް އީމާންވުން
އުހުރަވީ ހަޔާތެއް އަންނަންޖެހޭ، އިސްލާހަށް ފުރުސަތެއް
އިސްލާމްކަން ފަސްކަމެއްގެ މައްޗަށް ބިނާވަނީ ކީއްވެ؟
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 1