Roadha Mihaaru
ހުޅުޖަހަން ގޮވި މައްސަލަ މާރިޔާ ކުށްވެރި ކުރައްވައިފި

އެމްބަސީގައި ހުޅުޖަހަން ގޮވި މައްސަަލަ މާރިޔާ ކުށްވެރިކުރައްވައިފި

24 ޑިސެމްބަރ 2022

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި، ހިނގި ހަމަނުޖެހުންތަކުގައި އައްޑޫގައި ހުޅު ޖެހީ އިންޑިއާގެ އޯޑަރަކަށް ކަމަށް ބުނެ އެކަމުގެ ބަދަލު ހިފަން އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ހިތްވަރު ދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަން ބަލައިނުގަނެވޭނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި، ހިނގި ހަމަނުޖެހުންތަކުގައި އައްޑޫގައި ހުޅު ޖެހީ އިންޑިއާގެ އޯޑަރަކަށް ކަމަށް ބުނެ އެކަމުގެ ބަދަލު ހިފަން އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ހިތްވަރު ދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަން ބަލައިނުގަނެވޭނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ހުޅު ޖެހި މައްސަލައިގެ ބަދަލު އަދި ނުހިފޭ ކަމަށް ބުނެ އެކަމުގެ ބަދަލު ހިފަން "އިންޑިއާ އެމްބަސީން" ފަށަން ކިހިނެއްވާނެތޯ ސުވާލު ކުރީ ސަރުކާރުތަކުގެ އިސް މަގާމުތަކެއް ފުރާފައިވާ އައްބާސް އާދިލް ރިޒާގެ ޓުވިޓާ އެކައުންޓުންނެވެ. މި މައްސަލަ އެމްޑީޕީ އާއި އެމްއާރުއެމް އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޓީޑީން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިސް މަގާމެއް އަދާކުރެއްވި އައްބާސްގެ ޓްވީޓާ ގުޅިގެން މާރިޔާ ވިދާޅުވީ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ޓެރަރިޒަމަށް ޒީރޯ ޓޮލަރެންސް ދަމަހައްޓާނެ ސަރުކާރެކެވެ. އަދި އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ ގާތް ބައިވެރިއަކަށްވާއިރު ދިވެހިންގެ ތަރައްގީއަށް ހުރަސް އެޅުމަށް މަސައްކަތްކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން ވެސް އައްބާސްގެ ޓްވީޓްގެ މައްސަލަ ކުށްވެރިކޮށް އެކަން ބަލައި ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެ ޓްވީޓާ ގުޅޭ އެއްވެސް މައްސަލައެއް މިހާތަނަށް ލޮގް ކުރެވިފައި ނުވާ ކަމަށެވެ. އެކަމަކު އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން އައްބާސް ބުނެފައި ވަނީ އެ އެކައުންޓަކީ އޭނާގެ އެކައުންޓެއް ނޫން ކަމަށެވެ. ސޯޝަލް މީޑިއާ ވެސް ބޭނުންނުކުރާ ކަމަށް އޭނާ ބުނެ އެވެ. އެކަމަކު "މިހާރު" އިން ބެލިބެލުމުން ބޮޑަށް ބުރަވެވެނީ އެއީ އޭނާގެ އެކައުންޓެއް ކަމަށެވެ. މީގެ ކުރިން އެ އެކައުންޓުން ކޮށްފައިވާ ޓްވީޓުތަކުން ހަބަރުތައް ހެދިޔަސް އޭނާ އެކަން ދޮގެއް ނުކުރެ އެވެ.