ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މުނިކާފަ އެހެން ކުއްޖެއްގެ ކައިރީގައި ޖިންސީ އަމަލު ހިންގަން އެދުނު މައްސަލައެއްގައި ދޮޅު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
25 ޑިސެމްބަރ 2022
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މުނިކާފަ އެހެން ކުއްޖެއްގެ ކައިރީގައި ޖިންސީ އަމަލު ހިންގަން އެދުނު މައްސަލައެއްގައި ދޮޅު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖެނުއަރީ، 2020 ގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ކުއްޖާގެ މުނިކާފަ އާއި ކާފަގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރިން އޮތީ އިއްވައިފަ އެވެ. އެއީ މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު ބޮޑު މައްސަލަ އެކެވެ.
މުނިކާފަ ހަސަން ދީދީގެ މައްޗަށް އިތުރު ހުކުމެއް މިިދިޔަ ހަފުތާގައި އިއްވީ ޑިސެމްބަރު، 2019 ގައި ކުއްޖެއް ކައިރީގައި ޖިންސީ އަމަލެއް ހިންގަން އެދުނު މައްސަލާގަ އެވެ. އެ ކުއްޖާ މަގުމަތީގައި ކުޅެން ހުއްޓާ ފައިސާ ދޭން މަސައްކަތްކޮށް، ހަސަން ދީދީގެ ކޮޓަރިއަށް ދިއުމަށާއި އަދި ޖިންސީ މުއާމަލާތެއް ހިންގަން އެދުނެވެ.
އުމުރުން 82 އަހަރުގެ ހަސަން ދީދީގެ މައްޗަށް އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކުރީ ގާނޫނުލް އުގޫބާތުގެ ދަށުން، ޖިންސީ މުއާމަލާތެއް ހިންގަން އެދުނުކަމުގެ ދައުވާ ސާބިތުވުމުންނެވެ.
ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް، ދެން ތަންފީޒު ކުރަން ޖެހޭނީ 22 އަހަރުގެ ޖަލު ހުކުމެކެވެ.
ކަނޑުހުޅުދޫ ރޭޕް: ކާފަ، މުނިކާފަ އުމުރަށް ޖަލަށް
ހަކުދިންނާ ބެހުމުގެ ތުހުމަތުވި މީހާ ކޯޓުން ދޫކޮށްލައިފި
ޚާއްސައެހީ ބޭނުންވާ ކުއްޖަކާ ބެހުނު މީހަކު ސަލާމަތްނުވި
އަވަށްޓެރިން ބިރެއްގައި: ކުދިންނަށް ބަހަނީ ފައިސާ!
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!
ނުރައްކާ އޮތް އާއިލާތަައް މޮނިޓާކުރަން އަންގަނީ
"ގައިގައި އަތެއް ނުލައެއްނު! އެވަރުގެ ކަމެއްތަ"؟
ރޭޕާ ގުޅިގެން ކަނޑުހުޅުދޫ މުދިމު ސަސްޕެންޑްކޮށްފި
15 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަނީ
ކުއްޖާގެ މަންމަ އަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތު!