Roadha Mihaaru
ކަނޑުހުޅުދޫ ރޭޕް: ކާފަ، މުނިކާފަ އުމުރަށް ޖަލަށް

ކަނޑުހުޅުދޫގައި ކުއްޖަކާ ބެހުނު ކާފަ އާއި މުނިކާފަ 25 އަހަރަށް ޖަލަށް

06 ޖުލައި 2022

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

2020 ވަނަ އަހަރުގެ ކުރީކޮޅު ކަނޑުހުޅުދޫގައި ފެންމަތިވި އެ މައްސަލައަކީ މުޅި ރާއްޖެ ސިއްސުވާލި ބޮޑު މައްސަލަ އެކެވެ. އެ ކުއްޖާގެ ކާފަ އިބްރާހިމް ދީދީ އާއި މުނިކާފަ ހަސަން ދީދީގެ މައްޗަށް ކުރީ އާއިލާގެ މެމްބަރެއްގެ ގޮތުގައި ހުރެ އާއިލާގެ ކުއްޖާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ.

އެ ދައުވާ ސާބިތުވެ، އެ ދެ މީހުން 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ އާންމުކޮށް ހުޅުވާނުލާ ސިއްރުން ކުރިއަށް ގެންދިޔަ ޝަރީއަތެއްގަ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި 25 އަހަރުގެ ޖަލު ހުކުމަކީ ދެވޭ އެންމެ ބޮޑު އަދަބެވެ.

ޖިންސީ ގޯނާކުރި ކާފަ

ޖިންސީ ގޯނާކުރި ކާފަ

ޖިންސީ ގޯނާގެ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ އަބަދުވެސް ސިއްރުކޮށްގެންނެވެ.

އެ ދެ މީހުން 25 އަހަރަށް ޖަލަށްލާން ހުކުމްކުރިޔަސް، އެ މީހުން ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އެ ދެ މީހުން ދެން ޖަލުގައި ހޭދަކުރަން ޖެހޭނީ 22 އަހަރާއި ހަ މަސް ދުވަހެވެ.

މުނިކާފަގެ މައްޗަށް ޖިންސީ ގޯނާގެ އެހެން ތުހުމަތެއްގައި އެހެން ދައުވާތަކެއް ވެސް ދައުލަތުން ކުރެ އެވެ.